އޮލިމްޕިކްސް ބޭއްވޭނެ ކަމާ މެދު ޖަޕާންގެ އެތުލީޓުންނަށް ވެސް ޝައްކު

May 12, 2021, 10:29 AM
އޮލިމްޕިކްސްއާ ދެކޮޅަށް ޖަޕާނުގެ ކުއްޖަކު ޝުއޫރުފާޅުކުރަނީ.-

އޮލިމްޕިކްސްއާ ދެކޮޅަށް ޖަޕާނުގެ ކުއްޖަކު ޝުއޫރުފާޅުކުރަނީ.-

ޓޯކިޔޯ (މެއި 12) - މި އަހަރު ޖަޕާނުގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ "ޓޯކިޔޯ އޮލިމްޕިކްސް 2020" އެ ތާރީހުގައި ކުރިއަށްދާނެ ކަމާ މެދު ޖަޕާނުގެ މަޝްހޫރު ގިނަ އެތުލީޓުން ސުވާލު އުފައްދައިފި އެވެ.

ކޮވިޑް-19ގެ ކޭސްތައް ގިނަވަމުންދާތީ ޖަޕާނުގައި ފާއިތުވި ތިން މަހެއްހާ ދުވަސްތެރޭ ސްޓޭޓް އޮފް އިމަޖެންސީ ވަނީ އެކި ފަހަރު މަތިން އިއުލާނުކޮށްފަ އެވެ. އަދި މީގެ ފަސް ދުވަސް ކުރިން ޖަޕާނުގައި ސްޓޭޓް އޮފް އިމަޖެންސީ ދަމަހައްޓަަން ނިންމިއިރު، އަންނަ ޖުލައި މަހު 23 ވަަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އޮލިމްޕިކްސް އަށް މާ ގިނަ ދުވަހެއް ނެތެވެ.

މިދިޔަ ހުކުރު ދުވަހު ޖަޕާނުގެ އޮންލައިން ޕެޓިޝަނެއްގައި 23،000 އަށް ވުރެން ގިނަ މީހުން ސޮއިކޮށް ވަނީ އޮލިމްޕިކްސް ފަސްކުރަން ގޮވާލައިފަ އެވެ. އޭގެ ފަހުން އެކި ވެބްސައިޓްތަކުގައި ނެގުނު ޕޯލްތަކުގައި 59 ޕަސެންޓަށް ވުރެ ބޮޑުކޮށް އުޅެނީ އޮލިމްޕިކްސް ބޭއްވުމާ ދެކޮޅު ވިސްނުމުގެ މީހުންް ކުރީގަ އެވެ.

އެކަމަކު ޖަޕާނުގެ ސަރުކާރުގެ ވިސްނުމަކީ ސަލާމަތީ ފިޔަވަޅުތައް ހުރިހާ ގޮތަކުން ވަރުގަދަ ކޮށްގެން ވިޔަސް އޮލިމްޕިކްސް ކުރިއަށް ގެންދިއުމެވެ. އެކަން ސަރުކާރުގެ އިސް އޮފިޝަލުން އަންނަނީ އެ ގައުމުގެ މީޑިއާ އަށް ކަށަވަރު ކޮށްދެމުންނެވެ. ސަބަބަކީ މިދިޔަ އަހަރު ގޭމްސް ފަސްކުރުމުން ވެސް ބޮޑު މާލީ ގެއްލުމެއް ވެފައިވާއިރު، އަނެއްކާ ވެސް ގޭމްސް ފަސްކުރަން ޖެހިއްޖެނަމަ ފޫނުބެއްދޭވަރުގެ ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭ މީހުންގެ ނިސްބަތް ގިނަވުމެވެ.

ފަހަކަށް އައިސް ޖަޕާނުގެ ގިނަ ކުޅުންތެރިން އަންނަނީ ކޮވިޑްގެ ހާލަތު އެ ގައުމުގައި އޮތް ގޮތުން އޮލިމްޕިކްސް ނުބޭއްވޭނެ ކަމަށް ބުނަމުންނެވެ. އޭގެތެރޭގައި ފުޓްބޯޅަ ކުޅުންތެރިންނާއި މަޝްހޫރު ޓެނިސް ކުޅުންތެރިންގެ އިތުރުން އެހެން ކުޅިވަރުތަކުގައި ވެސް ފާހަގަކޮށްލެވޭ އެތުލީޓުން ވެސް ހިމެނެ އެވެ. އެންމެ ބޮޑަށް އޮލިމްޕިކްސް ބޭއްވޭނެ ކަމާ މެދު ސުވާލު އުފެއްދި ދެ ކުޅުންތެރިންނަކީ ޓެނިހުގެ ދުނިޔޭގައި ވިދަމުން އަންނަ ޖަޕާނުގެ ކެއި ނިޝިކޯރީ އާއި ނައޯމީ އޮސާކާ އެވެ.

"އޮލިމްޕިކްސް އަކީ 100 މީހުން ބައިވެރިވެލައިގެން ކުޅޭ ކުޅިވަރު މުބާރާތެއް ނޫން. ވިލޭޖެއްގައި 10،000 އަށް ވުރެ ގިނަ މީހުން ތިބެެގެން ކުރިއަށްދާ ކުޅިވަރެއް. އެހެންވީމަ ކޮވިޑް ފަދަ ބަލިމަޑުކަމެއްގެ ނުރައްކާ މުޖުތަމައުއެއްގައި އޮއްވައި ކިހިނެއް މުބާރާތް ކުރިއަށްދާނީ. އަހަންނަށް ޔަގީނެއް ނޫން ޝެޑިއުލްގައި އެވާ ގޮތަށް ކުރިއަށްދާނެ ކަމަށް،" ޖަޕާނުގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނިޝިކޯރީ ބުންޏެވެ.

ޖަޕާނުގެ ނައޯމީ އޮސާކާ މެޗެއްގެ ތެރެއިން.-- ފޮޓޯ: ގެޓީ އިމޭޖަސް

ދާދި ފަހުން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޖަޕާނުގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަދި ޓެނިހުގެ ދުނިޔޭގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ނައޯމީ ބުނީ އޭނާގެ ނަޒަރުގައި އަދިވެސް އޮލިމްޕިކްސް ބޭއްވިދާނެ ކަމުގެ ޔަގީންކަން އެއްވެސް ބަޔަކަށް ނުދެވޭނެ ކަމަށެވެ.

"އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑު. ކުޅިވަރު ކުރިއަށްދާނީ ސަޕޯޓަރުންނާ އެކު. ދެން އަނެއްހެން ބަލާއިރު ކޮވިޑްގެ ކޭސްތައް ވެސް އިތުރުވާއިރު އަހަންނަށް ނުވިސްނޭ އޮލިމްޕިކްސް ބޭއްވޭނެ ގޮތެއް،" ނައޯމީ ބުންޏެވެ.

ޖަޕާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓޯކިޔޯ އޮލިމްޕިކްސްގެ އޮގަނައިޒިން ކޮމިޓީން އަންނަނީ އޮލިމްޕިކްސް އާއި ޕެރަލިމްޕިކްސް އަށް އަމާޒުކޮށް ސިއްހީ އެހީތެރިންގެ ގޮތުގައި 10،000 ޕްރޮފެޝަނަލުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދަން މަސައްކަތް ކުރަމުންނެވެ. އެކަމުގެ އެހީ އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގައި ވެސް ޖަޕާނުން އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު މިހާތަނަށް އޮގަނައިޒިން ކޮމިޓީން ބޭނުންވާ އަދަދާ ގާތަށް ވެސް މެޑިކަލް ޕްރޮފެޝަނަލުން ހަމަޖެހިފައިނުވާ އެންމެ ބޮޑު ސަބަބަކީ އެއްވެސް ގައުމަކަށް އެއްކޮށް ކޮވިޑްގެ ހާލަތުން އަރައިގަނެވިފައިނުވާތީ ގައުމު ދޫކޮށް ދާން ގިނަ ސިއްހީ ފަރާތްތަކުން ބޭނުންނުވުމެެވެ. މިއީ ވެސް މިހާރު އޮތް ތާރީހުގައި އޮލިމްޕިކްސް ބޭއްވުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ޖަޕާނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox