އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ސައްހަކަމާ މެދު އާދަމް ޝަރީފް ސުވާލު އުފައްދަވައިފި

އާދަމް ޝަރީފް: އޭނާ ވަނީ ކޮމިޝަންގެ ލިސްޓާމެދު ސުވާލު އުފައްދާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އާދަމް ޝަރީފް: އޭނާ ވަނީ ކޮމިޝަންގެ ލިސްޓާމެދު ސުވާލު އުފައްދާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ހިޔާނާތުން މަންފާވި ކަމަށް ބުނާ ލިސްޓުގެ ސައްހަ ކަމާ މެދު މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ސުވާލު އުފައްދަވައިފި އެވެ.

ހިޔާނާތުގެ ލިސްޓު އާއްމުކުރަން ކުރިއަށް ގެންދާ ކޮމިޓީގައި އިދިކޮޅު މެމްބަރު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަން ނަޒާހަތްތެރިކަމަށް ބަލައިގަނެވެން ނެތް ކަމަށެވެ. އެ ކޮމިޝަނުގެ މަސައްކަތް، ދެ އަހަރާ ބައި ވި އިރު ވެސް އެކަށީގެންވާ ގޮތެއްގައި ނުހިނގާ އޮތުމަށް ފަހު މަޖިލީހަށް ފޮނުވީ ރަނގަޅު ލިސްޓެއް ކަމާ މެދު އޭނާ ޝައްކު އުފެއްދެވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހިޔާނާތް ތަހުގީގުކުރުމުގެ ނަމުގައި އެ ކޮމިޝަނަށް ދައުލަތުގެ ބަޖެޓުންކުރީ ބޭކާރު ހަރަދުތަކެކެވެ.

އާދަމް ޝަރީފް ވަނީ މިއަދު ލިސްޓު އާއްމުކުރިއަސް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާނެތޯ ވެސް ސުވާލު އުފައްދައި ފާޑުކިއުން އަމާޒުކޮށްފަ އެވެ. ހިޔާނާތުގައި ހިމެނޭ މީހުންނަށް ލުއިތަކެއް ދީފައި ވަނީ މި ސަރުކާރުން ކަަމަށް ވިދާޅުވެ އިޝާރާތް ކުރެއްވީ އެކަމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކުރި މައްސަލައަށެވެ.

އޭނާ ވިދާޅުވީ ހިޔާނާތުގެ ފައިސާ ބޭނުންކުރި މީހުންނަށް އަދަބު ލިބި ގެއްލުނު ފައިސާ ހޯދުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށެވެ. އެކަމަކު ކޮމިޓީން އާއްމުކުރި ލިސްޓުގައި ދައުލަތުގެ އެކި މަގާމްތަކުގައި ތިބި 116 ފަރާތެއް ހިމެނުނަސް އެކަމާ މެދު ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ފެނުނީ އެމްއެމްޕީއާރުސީއާ ގުޅޭ ކަންކަން މި ސަރުކާރުގައި ދޯހަޅިކޮށް ދިޔަ ތަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ހިޔާނާތުގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ 70،000 ޓެކްޓް މެސެޖް އޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި އެ މަސައްކަތް ދޫކޮށްލެއްވީތޯ ވެސް އާދަމް ޝަރީފް ވަނީ ކޮމިޓީގައި އައްސަވައިފަ އެވެ.

އާދަމް ޝަރީފްގެ ސުވާލުތަކާއި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި ކޮމިޓީގެ ލިސްޓާ ގުޅިގެން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ކޮމިޓީން އަދި މަޖިލީހުން ވެސް މަސައްކަތް ކުރިއަށް ގެންދާނީ ހިޔާނާތުން މަންފާވި މީހުންނާއި ދައުލަތަށް ގެއްލުނު ފައިސާ އަވަހަށް ހޯދޭނެ މިސްރާބަކާ ދިމާލަށް ކަމަށް ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އާއްމުކުރަން ނިންމީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިންނެވެ. ދައުލަތުގެ މަގާމްތަކުގައި ތިބި 119 މީހެއްގެ ނަން ލިސްޓުގައި އެބައޮތެވެ. މި މީހުންގެ މައްސަލަތަކަށް އިސްކަންދީގެން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox