އިންތިހާބާ ދިމާކޮށް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތްތަކަށް އޭސީސީގެ ބަހެއް ނެތް

Jan 29, 2026, 1:16 AM
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް -- ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް -- ފޮޓޯ: އޭސީސީ

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ބަހަމުންދާ ވަޒީފާތަކާއި ފަށާ މަޝްރޫއުތަކާ ގުޅޭ ގޮތުން ހިޔާނާތުގެ ތުހުމަތުތައް ކުރެވޭއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަހެއް ބުނަން ބޭނުން ނުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މިކަމާ ގުޅޭގޮތުން އަދަދު އިން ތަކުރާރުކޮށް އޭސީސީއަށް ގުޅައި މެސެޖުކުރުމުން ވެސް އެ ކޮމިޝަނުން އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފަ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ކައުންސިލް އިންތިހާބާ ދިމާކޮށް އެކި މިނިސްޓްރީތަކާއި އެސްއޯއީތަކަށް އަދި އެކި އިދާރާތަކަށް ގިނަ އަދަދަށް މުވައްޒަފުން އެބަ ނަގަ އެވެ.

Advertisement

މިގޮތުން ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަން އުޅޭ ކަމަށް ދާދި ފަހުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭގޮތުން އޭސީސީއާ ސުވާލުކުރުމުން ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މާލޭގައި ހިންގަމުންދާ މިނިސްޓްރީތަކުގެ މުވައްޒަފުންގެ ނަމުގައި ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި މުވައްޒަފުން ނަގާފައިވާއިރު، މަޝްރޫއެއް ނެތަސް ބައެއް ރަށްރަށުން އެސްއޯއީތަކަށް މުވައްޒަފުން އެބަ ނަގަ އެވެ.

މީގެއިތުރުން ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދަނީ ބޯހިޔާވެހިކަމުގެ އެކި މަޝްރޫއުތަކަށް ކުރިމަތިލާން ހުޅުވާލަމުންނެވެ.

ސަރުކާރުން ހުޅުވާލި ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ރަސްމާލެއިން ދޫކުރާ 15،000 ބިމާއި 7،900 ފްލެޓަށް ކުރިމަތިލާން ހުޅުވާލިއިރު، ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ.

ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ސަރުކާރުން ހުޅުވާލީ އެކަން ކައުންސިލުން ކުރިއަށް ގެންދަނިކޮށް، ކައުންސިލް އަތުން އަތުލުމަށްފަހު އެވެ.

ވޯޓު ގަންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އެ މީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ތާއީދު ހޯދުމަށް ރިޝްވަތު ދީފި ނަމަ ރިޕޯޓު ކުރުމަށް އޭސީސީން ޖެނުއަރީ 12، ގައި އެދުނެވެ.

ރިޝްވަތު ދިނުމާއި ހިފުމަކީ ގާނޫނީ ކުށެއްކަން ހަނދާން ކޮށްދީ އޭސީސީން ވަނީ އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ރިޕޯޓު ކުރުމަށް އެދިފަ އެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ނުބަލައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ވެސް އެ ކޮމިޝަނުން ވަނީ ދީފަ އެވެ.

ނަމަވެސް އިންތިހާބާ ދިމާކޮށް ސަރުކާރުން ކުރަމުންދާ ކަންކަމާ ގުޅިގެން އަދި އެ ކޮމިޝަނަށް މިހާތަނަށް އެއްވެސް ރިޕޯޓެއް ލިބިފައިވާކަން ވެސް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox