އިންތިހާބީ ހަ ޝަކުވާއެއް، މާދަމާ ފަށަނީ

May 10, 2021, 4:37 PM
ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން: އިންތިހާބީ ހަ ޝަކުވާއެއް ހައިކޯޓުން ވަނީ ބަލައިގެންފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން: އިންތިހާބީ ހަ ޝަކުވާއެއް ހައިކޯޓުން ވަނީ ބަލައިގެންފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ހަ ޝަކުވާއެއް ހައިކޯޓުން ބަލައިގަނެ، މާދަމާ ޝަރީއަތްތައް ފެށުމަށް ތާވަލުކޮށްފި އެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން ޖުމްލަ 16 ޝަކުވާއެއް ހައިކޯޓަށް ހުށަހެޅިއިރު، އޭގެ ތެރެއިން އެ ކޯޓުން ބަލައިގެންފައިވަނީ ހަ މައްސަލައެކެވެ.

ބަލައިގެންފައިވަނީ ހއ. ފިއްލަދޫ، ކ. ތުލުސްދޫ، ލ. މާބައިދޫ، ގއ. ކޮނޑޭ، ށ. ބިލެއްފަހި އަދި ތ. ކަނޑޫދޫ ދާއިރާއާ ގުޅޭ އެއް އިންތިހާބީ ޝަކުވާތަކެވެ. ބަލައިނުގަނެ ބޭރުކޮށްލާފައިވަނީ، ށ. މިލަންދޫ، ޅ. ނައިފަރު، ތ. މަޑިފުށި، ލ. އިސްދޫ، ތ. ކަނޑޫދޫ އަދި މައްޗަންގޯޅި އުތުރު ދާއިރާގެ އިންތިހާބީ ޝަކުވާއެއްގެ އިތުރުން ވ. ފުލިދޫއާ ގުޅޭ ތިން ޝަކުވާއެކެވެ.

މާދަމާ ހައިކޯޓުގައި ފެށުމަށް ހަމަޖެހިފައިވަނީ، ފިއްލަދޫ، ކަނޑޫދޫ، މާބައިދޫ އަދި ތުލުސްދޫއާ ގުޅޭ އިންތިހާބީ ޝަކުވާތަކުގެ މައްސަލަ އެވެ.

ގާނޫނުގައިވާ ގޮތުން، އިންތިހާބީ ޝަކުވާތައް ހައިކޯޓާ ހަަމައަށް ދަނީ އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ގިނަ ޝަކުވާތައް އެ ކޮމިޝަނުން ބަލައިގެންފައެއް ނުވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މި މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލުން ހުވާ ކުރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox