މީހުން ކުފުރުކޮށް މަރަން ގޮވުމަކީ ކަންބޮޑުވުމެއް: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު: ހަރުކަށިވެ މީހުންނަށް އަނިޔާވެރި ކަންކަން ހިންގުމަކީ ދީނުގައި އޮންނަ ގޮތް ނޫން ކަން ހަނދާންކޮށްދެއްވި.

އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު: ހަރުކަށިވެ މީހުންނަށް އަނިޔާވެރި ކަންކަން ހިންގުމަކީ ދީނުގައި އޮންނަ ގޮތް ނޫން ކަން ހަނދާންކޮށްދެއްވި.

އިސްލާމްދީނުގެ ނަމުގައި މީހުން ކުފުރުކޮށް މަރަން ގޮވައި ސޯޝަލްމީޑިއާގައި ލިޔެ ހެދުމަކީ ކަންބޮޑުވުމެއް ކަމަށާއި އެފަދަ ކަންކަމުން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކުރަން އެންމެން ގުޅިގެން މަސައްކަތްް ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު ހަރުކަށި ފިކުރާ އެ މީހުންނާ ގުޅުން އޮންނަ ކަމަށް ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. މި ހަމަލާ އެ މީހުން އަމާޒުކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން އެކި މީހުން ކިޔައިދިން މައުލޫމާތުތަކުން ވެސް އެނގުނީ، އެއީ ދީނުުގެ ނަމުގައި ވަކި ފިކުރަކަށް ގޮސް ހުސްވެ ތިބި ބައެއް ކަމެވެ. އިސްލާމްދީނާ ބީރައްޓެހި އަމަލުތަކަކަށް އެ މީހުން ތަބާވެ ތިބި ކަމެވެ.

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ދިން މި ހަމަލާއާ ގުޅިގެން، ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރުގެ އަނެއްކާވެސް ހާމަވާން ފަށައި، ހަނގުރާމަތަކުގައި ބައިވެރިވެ ހަމަލާދޭ ވިސްނުމުގެ ބަޔަކު މުޖުތަމައުގައި އުޅޭކަން ފުލުހުންނާއި ސިފައިން ވެސް ވަނީ އާއްމުކޮށްފަ އެވެ. އާއްމުންގެ ތެރޭގައި ބޮމެއް ގޮއްވާލައި ދިން ހަމަލާއަށް ތާއީދުކޮށް ވެސް ފާޅުގައި ވާހަކަ ދައްކާ ބަޔަކު އެބަތިއްބެވެ.

މިކަމަށް އިޝާރާތްކުރައްވައި އިސްލާމިކް މިނިސްޓަރު "އަދަދު"އަށް ވިދާޅުވީ ދީނުގެ ނަމުގައި ކުރެވޭ ކަންތައްތަކެއްގެ ސަބަބުން ނުބައި ނަތީޖާތަކެެއް ނުކުންނަމުންދާ ކަމަށެވެ.

"މީހުން މަރަން ގޮވައި ފޭސްބުކާއި މީޑިއާގައި ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން އެންމެން ކަންބޮޑުވާން ޖެހޭ ކަމެއް. މިކަންކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ،" ޒާހިރު ވިދާޅުވި އެވެ.

ދީނުގައި ނޯންނާނެ މީހަކަށް ގެއްލުން ދިނުމެއް. އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ކަހަލަ ކަމެއް ކުރުމެއް. އެއްވެސް މީހެއްގެ ކާފަރު ކުރުމެއް. -- މިނިސްޓަރު

ހަރުކަށި ފިކުރު ރާއްޖޭގައި މޫލާފައި އޮތްއިރު އެ މީހުން ދަނީ ދީނުގެ ނަމުގައި މީހުން ކާފަރު ކުރުމާއި މީހުންގެ ލޭ ހުއްދަ ކުރުމާއި މުޖުތަަމުގެ ހަމަތަކާއި އުސޫލަތައް ބަލައި ނުގަތުމާއި ދައުލަތާއި ވެރިމީހާ ގަބޫލު ނުކުރުމާއި ސަރުކާރުގައި އުޅޭ މީހުންނަކީ ތާގޫތުން ކަމަށް ދެކުމާއި މިސްކިތުގައި އިމާމުންގެ ފަހަތުގައި ނަމާދު ކުރުން ހުއްދަ ނުވާނެ ކަމަށް ބުނަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިކަހަލަ ހަރުކަށި ވިސްނުންތަކަކީ ދީނީގޮތުން އޮންނަ ގޮތް ނޫން ކަމަށާއި މިއީ ދީން ނިވާފަތްގަނޑަކަށް ބޭނުންކުރުން ކަމަށެވެ. މީހުން މަރަން ގޮވައި ކުފުރުކުރުމަކީ އިސްލާމްދީނާ ބީރައްޓެހި އަމަލުތަކެއް ކަން ވެސް ހަނދާން ކޮށްދެއްވި އެވެ.

"ދީނުގައި ހަރުކަށިއެއް ނުވެވޭނެ، ދީނުގައި އޮންނަނީ ވަކި ކަހަލަ ކަންތައްތަކެއް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ފަރުދީ ގޮތުން މީހުން ކާފަރުކުރުން ފަދަ ކަންކަމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން."

މުޖުތަމައުގެ ސުލްހައަށް އެންމެން ލޯބިކުރަން ޖެހޭ ކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ އިސްލާމްދީނާ ދެކޮޅު ވާހަކަތައް ވެސް އެކި ޕްލެޓްފޯމުތަކުގައި ދެކެވޭ ކަމަށާއި ދީނަށް ބަދު ބަހެއް ބުނުމަކީ ކަންބޮޑުވުން އޮންނާނެ ކަމަށެވެ. މިކަހަލަ ކަންކަމުގައި ސުލްހަމަސަލަސްކަން ގާއިމްކުރަން ޖެހޭ ކަމަށާއި މިކަމުގައި ސަރުކާރާއި ރައްޔިތުންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަމަލުތައް ބަހައްޓަން ޖެހޭނީ އެއްބައެއްގެ ޝުއޫރު، އަނެއް ބައެއްގެ ސަބަބުން ޒަހަމްނުވާ ގޮތަށެވެ. ދީނަށް ލޯބިކުރަން ޖެހޭނެ ކަމަށާއި އެކަމަކު އޭގައި އޮންނަ މިން ފަހަނައަޅައިދާ ނަމަ އެއީ ދީނަށް ލޯބިކުރެވުނީ ނޫން ކަމަށް ވިދާޅުވި އެވެ.

އިސްލާމްދީން ދެކެ ލޯބިވާ މީހުންނަށް ފުރައްސާރަކޮށް، ޖޯކު ޖެހުމާއި ބަދުބަސްތައް ބުނުން ފަދަ ކަންކަން ނުކުރަން ވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. ހަނދާންކުރަންވީ އިސްލާމްދީނަކީ އެންމެ އޯގާތެރިކަމުގެ ދީން ކަން މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގަތެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ހަރުކަށި ވިސްކުމާ ދެކޮޅަށް މީހުންނަށް ނަސޭހަތްތެރިވުމުގެ ޕްރޮގްރާމްތަކެއް ވެސް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދެ އެވެ. ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ މީހުންގެ އެ ފިކުރު ބޮޑުވެފައި އޮތުމުން އިލްމުވެރިން ފޮނުވައިގެން ނަސޭހަތްދީ ހެދި އެވެ. ރޯދައަށް މެދުކަނޑާލާފައި އޮތް އެ ޕްރޮގްރާމް އަލުން ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަގީދާއާ ގުޅޭ ފިކުރެއް ބަދަލުކުރެވޭނީ ވާހަކަ ދައްކައިގެން އެހެން ފިކުރަކުންނެވެ. މި މަސައްކަތް ވަރަށް ބޮޑަށް ކުރަން ޖެހިފައި އޮތް ކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox