ތުހުމަތުވާވަރަށް ހެކި ހުށަހެޅި، އެކަމަކު ތިން މީހުން ވެސް ކުރީ އިންކާރު

ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން: އެމީހުން ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފައި - ފޮޓޯ: އަހުމަދު އިހުސާން \ އަދަދު

ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން: އެމީހުން ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފައި - ފޮޓޯ: އަހުމަދު އިހުސާން \ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުތަކަށް އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުން ވެސް ކްރިމިނަލް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.

ރައީސް ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވިތަނާ، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ހައްޔަރުކުރީ މުޖާޒް އަހުމަދު، 21، އާއި ތަހުމީން އަހުމަދު، 32، ގެ އިތުރުން އަހުމަދު އަދުހަމް ރަޝީދު، 25، އެވެ.

މީގެތެރެއިން އަދުހަމަކީ ރިމޯޓަކުން އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތުވާ މީހާ އެވެ. އެ ގޮއްވާލުމަށް ފަހު އަދުހަމް ގޮސް ބައްދަލުކުރީ މުޖާޒްއާ ކަމަށް ފުލުހުން، މިއަދު ސީސީޓީވީ ފުޓޭޖްތައް އާއްމުކުރުމަށް ފަހު ބުނެފައިވެ އެވެ. ތަހުމީނަކީ، ގޮއްވާލި ސައިކަލްގެ ވެރިމީހާ އެވެ.

Advertisement

މި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ބަންދު މަޖިލީހުގައި ނެރުނު ކޯޓު އަމުރުތައް "އަދަދު"އަށް ލިބިފައިވާއިރު، އޭގެން އެނގޭ ގޮތުގައި ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވަނީ އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިވުމުން އެކަމަށް ރިއާޔަތްކޮށެވެ.

ނަމަވެސް، ބަންދު މަޖިލީހުގައި ތިން މީހުން ވެސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެގޮތުން، މަޖިލީހުގައި އަދުހަމް ހަމައެކަނި ބުނެފައިވަނީ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ތަހުމީން ބުނެފައިވަނީ އޭނާގެ ނަމުގައި ސައިކަލެއް ރަޖިސްޓާކޮށްފައި ނޯންނާނެ ކަމަށެވެ. އެކަމަކު، ކޯޓު އަމުރުގައި ބުނެފައިވަނީ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމުގައި އޭނާގެ ސައިކަލް ރަޖިސްޓްރީކޮށްފައިވާކަން އެނގޭ ކަމަށް ވިދާޅުވި އެވެ.

ބަންދު މަޖިލީހުގައި މުޖާޒު ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ. އޭނާގެ ވަކީލް ބުނެފައިވަނީ މުޖާޒުއާ ބައްދަލުވެފައިނުވާތީ މާބޮޑު މައުލޫމާތެއް ނެތް ކަމަށެވެ.

ނަމަވެސް، ކޯޓު އަމުރުގައި ކަނޑައެޅީ، ފުލުހުން ހުށަހަޅާފައިވާ ހެއްކަށް ބަލާއިރު ތިން މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ މިންވަރުވާ ކަމަށެވެ. އަދި، އެ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ބައެއްކަން ފުލުހަށް ކޯޓުގައި ވުޖޫދުކޮށްދެވިފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ. ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖެހީ އެކަމަށް ރިޔާއަތްކޮށެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި އާއްމުކުރި ގޮތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރުމުގެ މީހުން ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް މިހާތަނަށް ޓެރަރިސްޓު އެއްވެސް ނެޓުވޯކަކާ ހައްޔަރު ކުރި މީހުންނާ ގުޅުމެއް އޮތްކަން ތަހުގީގަށް އެނގިފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ. ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށް އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox