ކުރިން ވެސް ކެތްތެރިވީ، ދެން ވެސް ކެތްތެރިވާނަން: ނަޝީދުގެ ބައްޕަ

ރައީސް ނަޝީދުގެ އާއިލާ (ކ-ވ) ކޮއްކޮ ނަޝާތު، ބޭބެ ނާޝިދު، މަންމަ އާބިދާ، ބައްޕަ ސައްތާރު އަދި ކޮއްކޮ ނާޒިމް.

ރައީސް ނަޝީދުގެ އާއިލާ (ކ-ވ) ކޮއްކޮ ނަޝާތު، ބޭބެ ނާޝިދު، މަންމަ އާބިދާ، ބައްޕަ ސައްތާރު އަދި ކޮއްކޮ ނާޒިމް.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެރޭ ދިން ހަމަލާގެ ކަންބޮޑުވުމާއި ހިތާމަ އަށް ނިމުމެއް ނެތް ކަމަށާއި އެކަމަކު މީގެ ކުރިން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ހިތާމަ ތަހައްމަލުކުރި ގޮތަށް މި ފަހަރު ކެތްތެރިވާނެ ކަމަށް އެމަނިކުފާނުގެ ބައްޕަ ކެނެރީ އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އެމަނިކުފާނަށް އަދިވެސް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ދަރިކަލުންގެ އަރިހަށް މިއަދު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށް ފަހު އަދަދުއާ ވާހަކަދައްކަވަމުން ސައްތާރު ވިދާޅުވީ ކަންބޮޑުވުން ނުފިލިޔަސް ނަޝީދުގެ ހާލު ރަނގަޅުވަމުން އަންނާތީ ހިތްހަމަޖެހޭ ކަމަށެވެ

"މިއަދު ވެސް ވަރަށް ރަނގަޅު، އިރާދަކުރެއްވީތީ ރީއްޗަށް ވާހަކަދެއްކެވި. އެކަމަކު އެހާ ގަދައަކަށް ނޫން. އެހެންވިޔަސް އިއްޔެ އާއި މިއަދުގެ ހާލަތަށް ބަލާއިރު މިއަދު ވަރަށް ރަނގަޅު،" ސައްތާރު ވިދާޅުވި އެވެ.

Advertisement

ސައްތާރު ވިދާޅުވީ މީގެ ކުރިން ސިޔާސީ ގޮތުން ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކާ މި ފަހަރުގެ ހާލަތު ނުބައްދަލު ކަމަށާއި މި ފަހަރުގެ މި ހަމަލާގެ ފަހަތުގައި އޮތީ ކޮން ސަބަބެއްކަން ވެސް އަދި ނޭގޭ ކަމަށެވެ.

"ސިޔާސީ ކަމެއްކަމެއް އެހެން ކަމެއް ކަމެއް އަދި ނޭގޭތާ. މިކަމުގެ މޯޓިވޭޝަނެއް ނޭގޭ." ސައްތާރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ އެންމެ ފަހުން ނަޝީދު ސްރީ ލަންކާގައި ހުންނެވިއިރު ވެސް ނުރައްކާ އޮވެގެން އެ ގައުމުގެ މިލިޓަރީން ރައްކާތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެގޮތުން ސައްތާރު ހުންނެވި ގެޔަށް ނަޝީދު ޒިޔާރަތްކުރެއްވުމުގެ ކުރިން މިލިޓަރީން އައިސް ގެ ބަލައި ފާސްކޮށް ހެދި ކަމަށް ސައްތާރު ވިދާޅުވި އެވެ.

"އޭނާ މަރާލަން އުޅޭތާ ކިތަންމެ ދުވަހެއް،" ސައްްތާރު ވިދާޅުވި އެވެ. "އަބަދުވެސް އަނިޔާ ލިބެމުން އައީ. އެކަމަކު ކުރިން ވެސް ކެތްކުރީތާ. މިއަދު ވެސް ކެތްތެރިވާނަން އަޅުގަނޑާއި އާބިދާ."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox