މައާފަށް އެދެން، ކުޅުންތެރިންނަށް ހަރުކަށި އަދަބު ދޭނަން: ބެންގަލޫރުގެ ސީއީއޯ

މައާފަށް އެދެން، ކުޅުންތެރިންނަށް ހަރުކަށި އަދަބު ދޭނަން: ބެންގަލޫރުގެ ސީއީއޯ

އޭއެފްސީ ކަޕް ކުޅެން މާލެ އައިސް ތިބި އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ޕްރޮޓޮކޯލާ ހިލާފުވި މައްސަލައިގައި މައާފަށް އެދޭ ކަމަށާއި އެ ކުޅުންތެރިންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކްލަބުގެ ސީއީއޯ ޕާތު ޖިންދާލް ވިދާޅުވެއްޖެ އެވެ.

މުބާރާތުގެ ޕްލޭއޮފުގައި އަންގާރަ ދުވަހު ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އަންނަން ބެންގަލޫރަށް ދިވެހި ސަރުކާރުން ހުއްދަ ދިނީ އޭއެފްސީ އާއި އެޗްޕީއޭގެ ހަރުކަށި ފިޔަވަޅުތަކަށް ތަބާވާނެ ކަމުގެ ޔަގީންކަން ހޯދުމަށް ފަހު އެވެ.

އެކަމަކު ހޮޓެލް ޖެންގައި ތިބި އެ ޓީމުގެ ބައެއް ކުޅުންތެރިން އިއްޔެ ޕްރޮޓޮކޯލާ ހިލާފުވެ މަގުމަތީގައި އުޅުނެވެ. އެއާ އެކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ އެ ޓީމު ވަގުތުން އެނބުރި ގައުމަށް ދާން ޖެހޭނެކަމަށް އަންގަވައިފަ އެވެ.

އެފްއޭއެމުން މިހާރު ވަނީ އޭއެފްސީ ކަޕުގެޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި ހޯސްޓް ކުރެވެން ނެތްކަން ކްލަބްތަކަށް އަންގައިފަ އެވެ. މެޗުތައް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ އޭއެފްސީންނެވެ.

ބެންގަލޫރުގެ ސީއީއޯ ޖިންދާލް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ކްލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކްލަބުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ.

"އެ ތިން ކުޅުންތެރިން/އޮފިޝަލުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނަން،" މިފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދެމުން އޭނާ ވިދާޅުވެފައިވެ އެވެ.

އެކަމަކު މިއީ މެނޭޖްމަންޓުގެ ފެއިލްވުމެއް ކަމަށް ނުދެކި، ހާލަތުގެ ޒިންމާ ނުނަގައި ކުޅުންތެރިންގެ ބޮލުގައި މިކަން އެޅުވުމުން އޭނާ އަށް އިންޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ. ޖިންދާލް އަކީ އިންޑިއަން ސުޕަ ލީގު ކްރިކެޓް މުބާރާތުގައި ވާދަކުރާ ދިއްލީ ކެޕިޓަލްސްގެ ވެސް ސީއީއޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox