މެމްބަރު ވަހީދު މަރަން ގޮވާލި ޓީޗަރު ސަސްޕެންޑް ކޮށްފި

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ވައްޑޭއަށް އިންޒާރުދިން ޓީޗަރު ވަނީ ސަސްޕެންޑް ކޮށްފައި-- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ވައްޑޭއަށް އިންޒާރުދިން ޓީޗަރު ވަނީ ސަސްޕެންޑް ކޮށްފައި-- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރަން ގޮވާލި، ނ. ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރު މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އިސްލާމް ކިޔަވައިދޭ މުހައްމަދު އަޝްރަފް، ވައްޑޭ މަރަން ގޮވާލީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމަށް ލީތަލް އިންޖެކްޝަން ބޭނުންކުރަން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމަށް ވައްޑޭ ފާޑުކީ މައްސަލައިގަ އެވެ.

އެ އެކަން ކުރަން އުޅުނު މީހުން ވައްޑޭ އޭރު ސިފަ ކުރެއްވީ "ސިކު" ބައެއްގެ ގޮތުގަ އެވެ.

އެކަމާ ގުޅިގެން ޓީޗަރު މުހައްމަދު އަޝްރަފް ފޭސްބުކްގައި ލިޔެފައިވަނީ ވައްޑޭ ތައުބާވާން އަންގައި އޭނާ އެކަން ނުކޮށްފިނަމަ މަރާލަން ޖެހޭ ކަމަށެވެ.

"މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަން ޖެހޭ. ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަން ބަލަން މުސްލިމް ގައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ!" އަޝްރަފް ފޭސްބުކްގައި ލިޔެފައިވެ އެވެ.

ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ހުސައިން "އަދަދު" އަށް ވިދާޅުވީ އެ މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން އަޝްރަފް 30 ދުވަހަށް މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވައްޑޭ މިއަދު ވިދާޅުވީ ދަރިންނަށް އިސްލާމް ކިޔަވައިދޭ ޓީޗަރެއްގެ ވިސްނުން އެގޮތަށް ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ކުޑަކުދިންނަށް ކިޔަވައިދޭ މީހެއްގެ ވިސްނުން އެހެރީ މީހުންނާ ދޭތެރޭގައި. ދެއްކި ވާހަކައެއް ވެސް އޮޅުން ނުފިލާ، ދޭހަވެސް ނުކޮށް، ދޭހަ ކުރަން ނުވެސް އުޅޭ،" ވައްޑޭ ވިދާޅުވި އެވެ.

މަރަން މަރުހިފުމާ ގުޅޭގޮތުން ވައްޑޭ ދެއްކެވި ވާހަކައާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައި ވަނީ އިންޒާރު ދީފަ އެވެ.

އިންޒާރުތަކުގެ ސަބަބުން ވައްޑޭ މިހާރު އުޅެމުން ދަނީ ސިފައިންގެ ސެކިއުރިޓީއާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox