ހިޔާނާތުގެ ލިސްޓު ސިއްރުކުރީ ތަހުގީގަށް ހުރަސްއެޅިދާނެތީ އިދާރާތަކުން އެދިގެން: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި ތުހުމަތުކުރޭ މީހުންގެ ތެރެއިން އޭރާއި މިހާރު ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތަފްސީލުތައް ތަހުގީގީ އިދާރާތަކުން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވިޔަސް އެ މައުލޫމާތުތައް ސިއްރު ކުރަން ނިންމީ ތަހުގީގަށް ހުރަސް އެޅިދާނެތީ ސިއްރު ހިފަހައްޓައިދޭން އެދިފައިވާތީ ކަމަށް އެ މައުލޫމާތުތައް ދިރާސާ ކުރަމުންދާ މަޖިލީހުގެ ޖޮއިންޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ތަހުގީގީ އިދާރާތަކުން ފޮނުވި ލިސްޓު ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ.

މަޖިލީހުން ކަމާބެހޭ އިދާރާތަކުގައި އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމްތަކުގައި މިހާރު ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ލިސްޓު ފޮނުވައިދޭށެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 281 އަށް އަރައިފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަކީ އަދިވެސް ކުރިއަށްދާ ތަހުގީގަކަށް ވާތީ އެ ލިސްޓާއި ކަމާގުޅިގެން ކޮމިޓީއާ ހިއްސާކުރެވިފައިވާ މައުލޫމާތުގެ ސިއްރު ހިފަހައްޓައި ދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެދިފައިވާތީ އެ ގޮތަށް ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

އެ މައުލޫމާތު ދިރާސާކުރާއިރު، އެ ލިސްޓުގެ ވެސް ސިއްރު ހިފެހެއްޓުމަށް ކޮމިޓީން ނިންމި ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރޭ އެގޮތަށް ނިންމާފައިވަނީ ތަހުގީގީ އިދާރާތަކުގެ އެދުމުގެ މަތިން ކަމަށެވެ.

ހިޔާނާތުގެ ތަހުގީގަކީ އަދިވެސް ކުރިއަށްދާ ތަހުގީގެއް ކަމަށްވެފައި، އެ މައުލޫމާތުތައް ހާމަވެގެން ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް އިދާރާތަކުން ބުނެފައިވާއިރު، އެ އެދުމަށް އިހުތިރާމްކޮށް މަޖިލީހުން ވެސް އަމަލުކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް އިންތި ފާހަގަކުރެއްވި އެވެ.

ތަހުގީގު ނިމޭ ގޮތަކުން އޭގެ ތެރެއިން ނަމަކަށް ދައުވާ ކުރެވޭ މިންވަރަށް ނުގެންދެވުމުގެ ފުރުސަތު އޮތް އިރު، އޭގެން ނަމެއް ހާމަވެގެން އެ ފަރާތެއްގެ ހައްގުތަކަށް އުނިކަން އައިސްދާނެކަމީ އިދާރާތަކުގެ އިތުރު ކަންބޮޑުވުމެއް ކަމަށް އިންތި ވިދާޅުވި އެވެ.

"އިދާރާތަކުން އެގޮތަށް އެދިފައި އޮއްވާ، މަޖިލީހުން ވެސް އަމަލު ކުރަންޖެހޭނީ ޒިންމާދާރުކޮށް. ހާމަވާ މައުލޫމާތެއްގެ ސަބަބުން ތަހުގީގަށް ހުރަސްއެޅި، ފަހުން ދައުވާ ކުރުމަށް ދައްޗެއް ކުރިމަތިވާ ގޮތަކަށް އަޅުގަނޑުމެންނަށް ވެސް މަސައްކަތެއް ނުކުރެވޭނެ،" މިވަގުތަށް ލިސްޓު ސިއްރު ކުރަން ނިންމި ނިންމުން ސާފުކޮށް ދެއްވަމުން އިންތި ވިދާޅުވި އެވެ.

ނަމަވެސް، އޭނާ ވިދާޅުވީ ގޮތުގައި، ރޭގެ ބައްދަލުވުމަކީ އެ ލިސްޓު ލިބިގެން ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށާއި، ސިއްރު ހިފަހައްޓަން ނިންމި ނިންމުމަކީ ހަމައެކަނި އިދާރާތަކުގެ އެދުމުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި ޖޮއިންޓް ކޮމިޓީގެ އިތުރުން އެ ކޮމިޓީން މި މައްސަލަ ދިރާސާކުރަން ނަގާފައިވާ ސަބް ކޮމިޓީން ވެސް އެ މައުލޫމާތުތައް ދިރާސާކޮށް ބައިވަރު ނިންމުންތަކެއް ނިންމާނެ ކަމަށް އިންތި ފާހަގަކުރެއްވި އެވެ.

މިގޮތުން، އެ މައުލޫމާތު ދިރާސާކުރުމުގެ ތެރޭގައި އިދާރާތަކުން އެދިފައިވީ ނަމަވެސް، އެ ލިސްޓުގައި ހިމެނޭ މައުލޫމާތެއް ހާމަކޮށްގެން ތަހުގީގަށް ހުރަސްނޭޅޭނެ ކަމަށް ކޮމިޓީއަށް ފެނިއްޖެ ނަމަ އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީން ބޭރަށް މައުލޫމާތު ނުގެންދެވޭނެ

ރޭގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މީގެ ކުރިން ވެސް ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުގެ ތެރެއިން ސިއްރު މައުލޫމާތުތައް ހަމައެކަނި ކޮމިޓީގައި ދިރާސާ ކުރަން ކުރިން ނިންމާފައިވާ ނިންމުމެއް އޮންނާނެ ކަމަށެވެ.

އެހެންކަމުން ބޮޑު ހިޔާނާތުގައި ތުހުމަތުވާ މީހުންގެ ލިސްޓު ވެސް އެ އުސޫލުން ދިރާސާ ކުރަން އޭނާ ހުށަހެޅުއްވި ހުށަހެޅުން ރޭ ވަނީ ފާސްކޮށްފަ އެވެ.

އެ ނިންމުން އިތުރަށް ސާފުކޮށް ދެއްވަމުން އިންތި ވިދާޅުވީ ހަސަން ލަތީފް ރޭ އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ކޮމިޓީއަށް ލިބިފައިވާ 70،000 އަށް ވުރެ ގިނަ ޓެކްސްޓު މެސެޖު ދިރާސާކުރާއިރު، އޭގެ އެއްވެސް މައުލޫމާތެއް ކޮމިޓީން ބޭރަށް ނުގެންދެވޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ކަމަށެވެ.

މިގޮތުން، އިންތި ވިދާޅުވީ އިދާރީ ގޮތުން އޮންނަ އުސޫލުގެ ތެރެއިން ރޭ ލިބުނު މައުލޫމާތުތައް ވެސް ދިރާސާ ކުރާނީ ކޮމިޓީން ބޭރަށް ނުގެންގޮސް ކަމަށެވެ.

ނަމަވެސް، ކޮމިޓީގެ ކޮންމެ މެމްބަރަކަށް ވެސް ކޮންމެ ވަގުތެއްގައި ވެސް އެ މައުލޫމާތު ދިރާސާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox