ދައުވާ ކުރެވޭ މިންވަރަށް ހެކި ހޯދިދާނެ ކަމަށް ބެލެވޭ: ޕީޖީ

ހުސެއިން ޝަމީމް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި: މައްސަލައިގެ ސީރިއަސްކަމުން ސީދާ ތަހުގީގުގައި ޕީޖީ ބައިވެރިވެވަޑައިގަންނަވާ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހުސެއިން ޝަމީމް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި: މައްސަލައިގެ ސީރިއަސްކަމުން ސީދާ ތަހުގީގުގައި ޕީޖީ ބައިވެރިވެވަޑައިގަންނަވާ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ބޮމެއް ގޮއްވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި މިހާތަނަށް ހޯދާފައިވާ ހޯދުންތަކުން ވެސް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ހޯދޭނެ ކަމުގެ އިތުބާރު އޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަން އުޅުއްވަނިކޮށެވެ. ރިމޯޓު ބޭނުންކޮށްގެން އައިއީޑީ ގޮއްވާލާފައި ވަނީ އެ ހަރުކޮށްފައި އިން ސައިކަލާ ނަޝީދު އަރާ ހަމަވިތަނާ އެވެ.

ފުލުހުންގެ އިސް ވެރިންނާއެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މިހާތަނަށް ފުލުހުން ހޯދާފައިވާ ހޯދުންތަކުން ތަހުގީގު ކުރިއަށްގެންދަންވީ ގޮތް ސާފުވެއްޖެ ކަމަށެވެ.

"ފުލުހުން ހޯއްދަވާފައި ހުރި މައުލޫމާތުތަކުން އަޅުގަނޑުމެންނަށް މިހާރު ހޯދަންވީ މައުލޫމާތާއި ދާންވީ ދިމާލާއި ވަރަށް ސާފުކޮށް އެބަ އެނގޭ،" ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ހޯދޭނެ ކަމުގެ އިތުބާރު އެބަ އޮތް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތަހުގީގުން ބަޔާންތަކާ އެއްޗެހި ނެގި އަދި އިތުރަށް ހޯދަންޖެހޭ ކަންތައް ހޯދުނީމަ އެނގޭނީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯ. މިހާތަނަށް ފެންނަ ފެނުމަށް އަޅުގަނޑުމެންނަށް ދައުވާއެއް ކުރެވޭނެ ކަމުގެ ހެކި ހޯދިދާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ބޮން ގޮއްވާލި މައްސަލައިގެ ތަހުގީގުގައި ސީދާ ޝަމީމް ބައިވެރިވެވަޑައިގަންނަވަ އެވެ. ތަހުގީގުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ރޯލަކީ ލަފަޔާއި އިރުޝާދު ދިނުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މި މައްސަލައިގެ ތަހުގީގަށް އަޅުގަނޑުމެންގެ ދައުރަކީ ފުލުހުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން. އަޅުގަނޑުމެން އާންމުކޮށް އެހެން މައްސަލަތަކުގައި ވެސް ފުލުހުންގެ ތަހުގީގުގައި އަޅުގަނޑުމެން ބައިވެރިވެގެން މަސައްކަތް ކުރަން. މި މައްސަލައިގައި ބާވަތުންނާއި މި މައްސަލައިގެ ސީރިއަސްކަމުން ސީދާ އަޅުގަނޑު މިކަމުގައި އިންވޯލްވެގެން، ބައިވެރިވެގެން މަސައްކަތް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑާ އެކު މަސައްކަތް ކުރާ އެހެން ޓީމެއް އޮވޭ."

ފުލުހުންގެ ތަހުގީގުން މިހާރު ހޯދަމުންދާ ހެކިތަކަކީ ކޯޓުގައި ބޭނުން ކުރެވޭނެ ހެކިތަކެއްކަން ޔަގީން ކުރައްވަމުންދާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިހާތަނަށް ހޯދޭ ހެކިތައް ވެސް އެއީ އަޅުގަނޑުމެންނަށް ކޯޓަށް ހުށަހެޅޭ އަދި މި މައްސަލައިގައި ދައުވާ ކުރާ ހިސާބުން ކުށް ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ ހެކިތަކެއްކަން ކަށަވަރު ކުރަން. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ މިހާތަނަށް ފުލުހުން މަސައްކަތް ގެންދަވާފައިވާ ގޮތާ ދޭތެރޭ،" ޕީޖީ ވިދާޅުވި އެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ. ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށް އަނިޔާވި އެވެ.

މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި ބޮން ގޮއްވާފައި ވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަން މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox