ކުޑަކުދިން މާގިނައިން ބޭރުގައި ގެންގުޅޭތީ ފުލުހުންގެ ކަންބޮޑުވުން

ކުޑަ ކުއްޖަކު ގޮވައިގެން މީހަކު މަޑި އަރުވަނީ: މި ދުވަސްވަރު ކުޑަކުދިން ގޮވައިގެން ގުޑިއަރުވަން ދާނީ ފުލުހުން ކަންބޮޑުވޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކުޑަ ކުއްޖަކު ގޮވައިގެން މީހަކު މަޑި އަރުވަނީ: މި ދުވަސްވަރު ކުޑަކުދިން ގޮވައިގެން ގުޑިއަރުވަން ދާނީ ފުލުހުން ކަންބޮޑުވޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ހާލަތުގައި މާލެ ސަރަހައްދުގެ ހުސް ބިންތަކަށް ގިނަ އަދަދެއްގެ ކުޑަކުދިން އެއްވެ މަޑި އެރުވުން ފަދަ ކަންކަން ކުރާތީ، އެކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑަންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ޕާކްތަކާއި މައިދާންތައް ބަންދު ކޮށްފައިވީ ނަމަވެސް، ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބިދޭސީންގެ އިތުރުން އާއްމުން ވެސް އެ ސަރަހައްދުތަކަށް އެއްވާ ކަމަށެވެ. އެގޮތަށް އެއްވާ މީހުންނަށް ކޮންމެ ދުވަހަކު ވެސް ނަސޭހަތްތެރިވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ކަންބޮޑުވާ އެއްކަމަކީ ކުޑަކުދިން ހަވީރު ގަޑީގައި ވަރަށް ބޮޑަށް މަގުމައްޗަށް ނުކުންނަކަން ފާހަގަ ކުރެވޭ. ބެލެނިވެރިން އެ ކުދިން ގޮވައިގެން މަޑިއެރުވުމުގައި ގިނަ ވަގުތުތަކެއް ހުސްބިންތަކުގައި ހޭދަ ކުރާތަން އަޅުގަނޑުމެންނަށް ފެނޭ،" ޝަރީފް ވިދާޅުވި އެވެ.

ސުޕްރިޑަންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް: އާއްމު ތަންތަނަށް ގިނަ ބަޔަކު އެއްވާތީ ކަންބޮޑުވުން ފާޅުކުރެއްވި-- ފޮޓޯ: އެޗްއީއޯސީ
ސުޕްރިޑަންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް: އާއްމު ތަންތަނަށް ގިނަ ބަޔަކު އެއްވާތީ ކަންބޮޑުވުން ފާޅުކުރެއްވި-- ފޮޓޯ: އެޗްއީއޯސީ

ސުޕްރިޑަންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް: އާއްމު ތަންތަނަށް ގިނަ ބަޔަކު އެއްވާތީ ކަންބޮޑުވުން ފާޅުކުރެއްވި-- ފޮޓޯ: އެޗްއީއޯސީ

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަކަށް އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ކުޅިވަރު ކުޅޭ މައިދާންތަކާއި ޕާކްފަދަ ތަންތަނުގެ އިތުރުން ސިނަމާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

އޭނާ ވިދާޅުވީ މާލޭގައި އެންމެ ގިނަ މީހުން އުޅޭ ބާޒާރު މަތީގައި ގައިދުރުކަމެއް ނެތި އުޅެމުން ދާ ކަމަށެވެ. އަދި ގިނަ އަދަދަކަށް ބިދޭސީންނާއި ދިވެހިން ވެސް ބާޒާރު މަތީގައި މާސްކް ނާޅާ އުޅޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް އެޓެންޑް ކުރަން ޖެހޭ ކަންކަން މިއީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ މީހުން ހޯދައި ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ 590 މީހުންނެވެ. އިއްޔެ އެ އަދަދު ހުރީ 600 އިން މަތީގަ އެވެ. މިވަގުތު ހޮސްޕިޓަލުގައި 230 މީހުންނަށް ފަރުވާ ދެމުން އަންނައިރު ބަލީގައި 83 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox