މަންމަ އާއި ބައްޕަ ގާތު ނަޝީދު ވިދާޅުވީ، "މަ ރަނގަޅޭ"!

ރައީސް ނަޝީދުގެ މަންމާފުޅު މިއަދު އޭޑީކޭ ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވަނީ: ރައީސް ނަޝީދު ވިދާޅުވީ ހާލު ރަނގަޅު ކަމަށް. -- ފޮޓޯ/އަހްމަދު އަންވަރު

ރައީސް ނަޝީދުގެ މަންމާފުޅު މިއަދު އޭޑީކޭ ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވަނީ: ރައީސް ނަޝީދު ވިދާޅުވީ ހާލު ރަނގަޅު ކަމަށް. -- ފޮޓޯ/އަހްމަދު އަންވަރު

"މަ ރަނގަޅޭ!!"

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައި ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް ދިން ފަހުން މި ވޭތުވެދިޔަ 40 ގަޑިއިރަކީ އާއިލާ އަށް ވަރަށް ހިތްދަތި ވަގުތު ކޮޅެކެވެ.

ބޮން ގޮއްވާލުމާ އެކު ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒާ ފުއްތަށް ވަދެ ލިބުނު ފުން ޒަހަމްތަކުން ފުރާނަ ސަލާމަތް ކުރަން ގިނަ ސާޖަރީތަކެއް ހެދި އެވެ. ކާމިޔާބު ސާޖަރީތަކަށްފަހު، އެމަނިކުފާނު އޮންނެވީ މިއަދު ހެނދުނާ ހަމައަށް އޮންނެވީ ވެންޓިލޭޓަރުގަ އެވެ.

Advertisement

ވެންޓިލޭޓަރުން ނެގުމާ އެކު އެމަނިކުފާނާ ބައްދަލު ކުރެއްވީ މަންމާފުޅު އާބިދާ މުހައްމަދާއި ބައްޕާފުޅު އަބްދުއްސަތާރެވެ. އެމަނިކުފާނުގެ ހާލުކޮޅު ފެނިވަޑައިގެން ހެދި އެންމެ ހިތްދަތިވެފައި ތިބޭނީ އެ ދެ ބޭފުޅުން ކަން އެނގިވަޑައިގަންނަވާތީ ފުރަތަމަ ވެސް ދެއްވީ ހިތްވަރެވެ. ހޮސްޕިޓަލުން އެނބުރި ވަޑައިގަންނަވާނީ ކުރިއަށް ވުރެން ވެސް މާ ވަރުގަދަކޮށް ކަމެވެ.

ދެ ބޭފުޅުންގެ ގާތު، ރައީސް ނަޝީދު ވިދާޅުވީ "މަ ރަނގަޅޭ،" ކަމަށެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޝިދާ އަބްދުއްސައްތާރު ވިދާޅުވީ ރިކަވަރީއާ މެދު ޑޮކްޓަރުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި ވެންޓިލޭޓަރުގެ އެހީއާ ނުލައި، އަމިއްލަފުޅަށް ނޭވާލައްވަމުން ގެންދަވާ ކަމަށެވެ.

"ވާހަކަ ދެކެވުނު، ޔަގީންކަން ދިނީ ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނެކަން،" ނާޝިދާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސިއްހީހާލުކޮޅާ ގުޅޭ އެންމެ ފަހު ތަފްސީލް އޭޑީކޭ ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލީ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ސައިކަލުގެ މަޑިދަށުގައި ބާއްވައިގެންނެވެ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން އެމަނިކުފާނު ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް 8:27 ގައި ފޯރުމާ އެކު އައިއީޑީ ގޮއްވާލުމުން ލިބުނު ޒަހަމްތަކާ އެކު ބިންމައްޗަށް ވެއްޓިވަޑައިގަތީ އެވެ. އެކުގައި ތިއްބެވި ސެކިއުރިޓީންނަށް ވެސް އަނިޔާވި އެވެ.

އެމްއެންޑީއެފުން ބުނީ އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ސެކިއުރިޓީން ހާލު އެއްސެވުމުން "މެއާ ދިމާލަށް ތަދުވާ" ކަމަށް ވިދާޅުވި ކަމަށެވެ.

އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން "އަދަދު"އަށް އެނގިފައިވާ ގޮތުގައި، އައިއީޑީ ގޮއްވާލުމާ އެކު ހަށިކޮޅު ތޮރުފާލައި، ފުންކޮށް 11 ދިމާއަކަށް އެ ރޭޒަރުފުއްތައް ވަދެފައި ހުއްޓެވެ.

އެމަނިކުފާނު ހޭނައްތައިގެން ސާޖަރީތައް ކުރަން ޖެހުނީ މި ރޭޒަފުއްތަށް ނަގާށެވެ. މި ޒަހަމުތަކުގެ ސަބަބުން ނަޝީދުގެ ސިއްހީ ހާލަތަށް ކުރާނޭ އަސަރެއް އަދި ސާފެއް ނުވެ އެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނުގެ ހާލުކޮޅު މިހާރު 'ސްޓޭބަލް' ކަމަށާއި ދެން އޮތީ ރިކަވަރީ އެވެ.

އައިއީޑީއަށް މޮހޮރާއި ރޭޒަފުއްތައް އަދި ތޫނު އެތިކޮޅުތައް ލަނީ އެ ހަމަލާ އަމާޒުކުރާ މީހާ ނުވަތަ ބަޔަކަށް ލިބޭ ގެއްލުން ބޮޑު ކުރަން ކަން "އަދަދު"އާ ވާހަކަ ދެއްކެވި ތަޖުރިބާކާރަކު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox