އަޕްޑޭޓް: ރައީސް ނަޝީދުގެ ގެކޮޅު ހުންނަ މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދަން އެމްއެންޑީއެފުން އެދުނު!

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި ރޭ ދިން ހަމަލާއަށްފަހު އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި ރޭ ދިން ހަމަލާއަށްފަހު އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގަކީ ހަނި ގޯޅިއަކަށްވެފައި، އެ މަގުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ، އެމަނިކުފާނަށް ސެކިޔުރިޓީ ފޯރުކޮށްދެން ދަތިކަމަށް އެމްއެންޑީއެފުން ބުނެފައިވާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ރޭ ކާރަށް އަރާވަޑައިގެންނެވި ވަގުތުކޮޅާ ދިމާކޮށް ނީލޯފަރުމަގުގައި ރޭ އެއްޗެއް ގޮއްވާލައިގެން ހަމަލާ ދީފައިވަނިކޮށެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި ނީލޯފަރު މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދައި ދިނުމަށް އެދި އެމްއެންޑީފުން އެދިފައިވަނީ މާލޭ ސިޓީ ކައުންސިލްގަ އެވެ.

އަދި އެކަން ކުރުމަށްޓަކައި، އެ މަގުގައި ޕާކު ކުރާ ސައިކަލުތަކަށް ބިއްލޫރުގެއިން ޕާކިން ޒޯނެއް ހަދައި ދިނުމަށް ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީ ގައި އެދި މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް "އަދަދު"އަށް ލިބިފައިވާއިރު އެ ސިޓީގެ ސައްހަކަން ވެސް ވަނީ ކަށަވަރުވެފަ އެވެ.

އެމްއެންޑީއެފުން އެގޮތަށް އެދިފައިވަނީ، ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ ސީދާ މައުލޫމާތެއް ލިބިގެން ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް، އެ ހަމަލާއާ ގުޅިގެން މިއަދު މެންދުރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންޓެލިޖެންސް މައުލޫމާތެއް އެއްވެސް ފަރާތަކުން ލިބިފައިނުވާ ކަމަށެވެ.

އެ ހަމަލާދިން ފަހުން މިހާރު 24 ގަޑިއިރަށް ވުރެ ގިނައިރުވެފައިވާއިރު، އެކަމާ ގުޅޭ އެއްވެސް ތަފްސީލީ މައުލޫމާތެއް އެމްއެންޑީއެފުން ދީފައިނުވާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިޒަމް ހަމަލާއެއް ކަމަށް ފުލުހުން ވެސް މިހާރު ބުނެފައިވާއިރު، އެމްއެންޑީއެފްގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭއަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

އެ ހަމަލާދިން މީހުން ކަމަށް ޝަައްކު ކުރެވޭ ހަތަރު މީހަކު މިހާރު ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ރޭގެ ހަމަލާގައި ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމަނިކުފާނުގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި، އޮންނެވީ އައިސީޔޫގައި ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox