ނަޝީދުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަމާ އެކު ޖަލްސާ ނިންމާލައިފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބޭއްވި ހާއްސަ ޖަލްސާގެ ރިޔާސަތު އީވާ ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބޭއްވި ހާއްސަ ޖަލްސާގެ ރިޔާސަތު އީވާ ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވެންދެން އެމަނިކުފާނު މަޖިލީހުގައި ކުރައްވަމުން ގެންދެވި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެމުން ރޭ ފެށި މަޖިލީހުގެ ޖަލްސާ މިއަދު ނިންމާލައިފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ރޭ ދިން ހަމަލާއަށް ފަހު، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާބެހޭ ގޮތުން ސީދާ އެއްޗެއް ސާފު ވަންދެން މަޖިލީހުން ރޭ 10.45 ގައި ކުއްލި ގޮތަކަށް ބޭއްވި ހާއްސަ ޖަލްސާ ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ.

އޭގެ ފަހުން މެދުކަނޑާލުމަށްފަހު ރޭ މެންދަމު ވެސް ޖަލްސާ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރޭ މެންދަމު ޖަލްސާ ދެ ވަނަ ފަހަރަށް މެދުކަނޑައިލީ، ނަޝީދުގެ ހާލުކޮޅު ސާފުކުރަން މިއަދު ޖަލްސާ ކުރިއަށް ގެންދަވާނެކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިއުލަނުކުރެއްވުމަށްފަހު އެވެ.

މިއަދު ހަވީރު އެ ޖަލްސާ ފެށުމާ އެކު އީވާ ވަނީ ނަޝީދުގެ މިވަގުތު ހާލުކޮޅާބެހޭ ގޮތުން ޑޮކްޓަރުން ދެއްވާފައިވާ މައުލޫމާތު މެމްބަރުންނާ ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން، އޭގެ އިރުކޮޅެއް ކުރުން އޭޑީކޭ ހޮސްޕިޓަލުން ކުރި ޓްވީޓާ ހަވާލާދެއްވައި އީވާ ވިދާޅުވީ ފާއިތުވި 16 ގަޑިއިރުގެ ތެރޭގައި ރައީސް ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް އެމަނިކުފާނުގެ ބޮލަށާއި، މެޔަށް، ބަނޑަށް އަދި އަތަށާއި ފަޔަށް ލިބިފައިވާ ޒަހަމްތަކަށް ސާޖަރީތައް ހެދި ކަމަށެވެ.

"ރައީސް ނަޝީދުގެ ހާލު އަދިވެސް ކްރިޓިކަލް، އެމަނިކުފާނު އޮންނެވީ އިންޓެންސިވް ކެއާ ޔުނިޓްގައި،" އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ޝުކުރު އަދާކުރައްވަމުން އީވާ ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވި ބުރަ އަދި އިހުލާސްތެރި މަސައްކަތް މަޖިލީހުން ބާރުއަޅައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އީވާ ދެއްވި އެވެ.

"އެމަނިކުފާނަށް އަލުން އަނބުރައި މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވެންދެން އަޅުގަނޑު ހަމަގައިމުވެސް އަޅުގަނޑުގެ ހުރި ހިތްވަރަކާއެކު މި މަސައްކަތް ކުރިއަށް ގެންދާނަން،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށާއި އެ ހަމަލާގައި ޒަހަމްވި އެހެން ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެމުން އީވާ ވަނީ ރޭ ފެއްޓެވި ޖަލްސާ މިއަދު ނިންމަވާލައްވައިފަ އެވެ.

އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށް ނީލޯފަރުމަގުގައި ހަމަލާ ދިނީ ސައިކަލްގައި އެއްޗެއް ގޮއްވާލައިގެންނެވެ.

އެއީ ރައީސް ނަޝީދު އަވަހާރަކޮށްލަން ހިންގި ޓެރަރިސްޓު ހަމަލާއެއް ކަމަށް ފުލުހުން ވެސް މިހާރު ވަނީ ބުނެފަ އެވެ.

އެ ހަމަލާދިން މީހުން ކަމަށް ޝަައްކު ކުރެވޭ ހަތަރު މީހަކު މިހާރު ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox