ހަމަލާއަށް ފަހު ޕްރޮޓޮކޯލަށް އަމަލު ކުރިކަމާމެދު ސުވާލުތަކެއް

ރޭގެ ހަމަލާއަށްފަހު ފުލުހުން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަނީ:

ރޭގެ ހަމަލާއަށްފަހު ފުލުހުން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަނީ:

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ބޮމުގެ ހަމަލާއަށް ފަހު ސިފައިންނާއި ފުލުހުން ސެކިއުރިޓީ ޕްރޮޓޮކޯލްތަކާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ސަލާމަތީ ހިދުމަތްތަކުގެ ތަޖުރިބާކާރަކު ތުހުމަތުކޮށްފި އެވެ.

ބޮން ގޮއްވާލި ގޮތާއި ގޮވުމަށްފަހު އެތަނުގައި ސިފައިންނާއި ފުލުހުން އަމަލު ކުރި ގޮތް އިލްމީ ނަރަޒަކުން ބެލި ސަލާމަތީ ހިދުމަތުގައި ކުރިން މަސައްކަތް ކުރި އޮފިސަރަކު "އަދަދު" އާ ވާހަކަ ދައްކަމުން ވިދާޅުވީ ޖުމްލަ ގޮތެއްގައި އޭނާއަށް ފާހަގަވީ "އެންމެ އާދައިގެ ކަންކަމަށް" ވެސް ދޭންޖެހޭ ސަމާލުކަން ދީފައިނުވުން ކަމަށެވެ.

އޭނާ ވިދާޅުވީ ހާދިސާ ހިނގުމާ އެކު އެންމެ ފުރަތަމަ ކަމަކަށް، ބޮން ގޮވުމުން މުޅި ސަރަހައްދު ބަންދުކޮށް ބަލައި ފާސް ކުރުމަކީ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އެކަމަކު ފެނިގެންދިޔައީ ވަރަށް ގިނަ އާންމުން ވެސް އެ ސަރަހައްދަށް އެއްވެ، ސީދާ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު އުސޫލެއްގެ ދަށުން، ސަސްޕިޝަސް ޑިވައިސްއެއް ފެނިއްޖެޔާ ވެސް އެވަކުއޭޓް ކުރަންޖެހޭ. އަދި ޑިވައިސްއެއް ގޮވީމަ ސެކަންޑްރީ ޑިވައިސްއެއް ގޮވުމުގެ ބިރު ވެސް އެބަ އޮތް. އެހެންވީމަ އެވަކުއޭޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން އޮފިސަރު ވިދާޅުވި އެވެ.

"ވަގުތުން ޖެހޭނެ އެ ސަރަހައްދު އެއްކޮށް ސާޗު ކުރަން. ތަންކޮޅެއް ސޮފިސްޓިކޭޓަޑް އެޓޭކެއް ނަމަ އެއް ޕްލޭން ފޭލްވެއްޖެ ނަމަ އިތުރު އެޓޭކެއް ވެސް އެބަ ދޭ. އެހެންވީމަ އެތަނަށް އެޓެންޑުވި މީހުން ހަމަޖެހިލައިގެން ނުވަތަ ޕެނިކުގަ ވިޔަސް ވަގުތުން ޖެހޭނެ މުޅި ސަރަހައްދު ބަލަން،" ހާދިސާ ހިނގިތަން ބަލައި ފާސް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އޮފިސަރު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަން ކައިރިވެފައި ހުއްޓައި، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއް ގޮއްވާލުމުގެ ސަބަބުން ޒަހަމްވި ނަޝީދުގެ ބޮޑީގާޑުންނާ މެދު އަމަލުކޮށްފައި ވަނީ ވެސް ރަނގަޅަށް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ބޮޑީގާޑަކީ ވިކްޓިމެއް އަސްލު. އަދި މިކަމުގެ ތަހުގީގެއް ނުނިމޭ. އެންމެން ވެސް މި ބަލަނީ ރައީސް ނަޝީދަށް އަމާޒުކޮށްފައޭ ހަމަލާ ދިނީ. އެކަމަކު އަސްލު އެކަން ދަނެގަންނަންޖެހޭނީ ތަހުގީގުން. އެހެންވީމަ އަނިޔާވި ސިފައިންގެ މީހުންނަށް ތިބެންޖެހޭނީ ސަލާމަތްތެރިކަން ފޯރުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

ހަމަލާގައި އަނިޔާވި ސިފައިންނަކީ ހަމައެކަނި ނަޝީދުގެ ބޮޑީގާޑުންގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެމީހުން ބަލަންޖެހޭނީ މައްސަލައިގެ މުހިންމު ހެކިންގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނިޔާވި މީހުންގެ މެމޮރީ ވީހާ ވެސް ފްރެޝްކޮށް ހުއްޓާ ޖެހޭނެ ތަހުގީގަށް އިންޓަވިއު ނެގެން. އޭނާއަކީ އެ ސީން ފެނުނު މީހާ. އޭނަ ހުންނާނީ ޓްރޯމާއެއްގަ. އެކަމަކު މިއީ ވަރަށް ކީ ވިޓްނަސްއެއް. އެ މީހުންގެ ޖެހޭނީ އިނިޝަލް ބަޔާނެއް ނަގާފަ ފަހުން ވެސް އިތުރު ބަޔާންތައް ނަގަމުން ނަގަމުން ދާންޖެހޭނީ،" އޮފިސަރު ވިދާޅުވި އެވެ.

"އެ މީހުން ދޫކޮށްލެވިގެން ނުވާނެ އާންމުންގެ ތެރެއަށް. އެކަމުގެ ސަބަބުން ތަހުގީގަށް އަދި އޭނާއަށް ވެސް ނުރައްކާ އެބަ އޮތް."

އެ މީހުންގެ ބަޔާން ނުނަގާ ކަމެއް ނުވަތަ ނެގި ކަމެއް "އަދަދު" އަށް ކަށަވަރުކުރެވިފައެއް ނުވެ އެވެ.

އެމްއެންޑީއެފްގެ ކުރީގެ އޮފިސަރު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް "ފަސޭހައިން" ހަމަލާދެވުމުން އޭގެ ނުރަނގަޅު ނަތީޖާ ފެންނާނެ އެވެ.

"ރައީސް ނަޝީދަކީ ކުރީގެ ރައީސެއް. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް. އަދި ދުނިޔޭގެ ވެސް މަގްބޫލް ބޭފުޅެއް. އެހެންވީމަ ވަރަށް ވަރުގަދައަށް ޕްރޮޓެކްޓްކޮށްފައި ހުންނަ ފިގާއެއް މިއީ. މިހާ ފަސޭހައިން ރައީސް ނަޝީދަށް އެޓޭކެއް ދެވިގެން ނުވާނެ. ހަގީގަތުގައި އެއީ ނަޝީދު އަވަހާރަކޮށްލެވޭވަރުގެ އެޓޭކެއް. އޭގެން އެނގެނީ މިފަދަ ކަމަކަށް ތައްޔާރުވެފަ އޮތް ލެވެލް،" އޭނާ ވިދާޅުވި އެވެ.

އެހާ ނުރައްކާތެރި ހަމަލާއަކަށް އެ މީހުންނަށް ތައްޔާރުވެވި، ސީދާ އަމާޒުކޮށް ހަމަލާ ދެވުމުގެ އިތުރުން އެ ހަމަލާގައި ބޭނުންކޮށްފައި ގޮވާ އެއްޗާ މެދު ވެސް އޭނާ ވަނީ އިލްމީ ނަޒަރަކުން ވާހަކަ ދައްކައިފަ އެވެ. އޭނާ ވިދާޅުވީ ރޭގެ ގޮވުން ގޮއްވާލާފައި ވަނީ ރިމޯޓް ޑެޓޮނޭޝަނެއް ބޭނުންކޮށްގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އެ ގޮއްވާލެވޭނެ އެއްގޮތަކީ ޓައިމަރެއްލުން. ވަކި ވަގުތެއް ވީމަ ގޮވާ ގޮތަށް. އެކަމަކު މިކަމުގެ އަންލައިކްލީ. އެއީ މީހަކަށް ނޭނގޭނެތާ އަރާ ހަމަވާއިރެއް. އެހެންވީމަ މީގަ ބޮޑަށް ހީވަނީ ރިމޯޓް ޑެޓޮނޭޝަނެއްހެން،" އޭނާ ވިދާޅުވި އެވެ.

ރިމޯޓް ޑެޓޮނޭޝަނަކުން ބޮމެއް ގޮއްވާލެވިދާނެ ދެ ތިން ގޮތެއް އޮންނަ ކަން އޭނާ ފާހަގަކުރެއްވެވި އެވެ.

"ރިމޯޓް އެއްޗެއް ވެއްޖެއްޔާ ގޮއްވާ މީހާ ނުވަތަ ބައިވެރިއަކު ހުންނާނެ ވިތިން ދަ ވިސިނިޓީ. ނޫނީ މީހަކު އެތަނުގައި ފާރައަށް ބަހައްޓާފައި ވަގުތުޖެހުނީމަ ގުޅާފަ ގޮއްވާލުން ކޯލުގެ ވައިބްރޭޝަން ބޭނުންކޮށްގެން. ނޫން ނަމަ މޯބައިލް ޑިވައިސް ނޫން އެހެން ކަހަލަ ޑިވައިސްތައް ވެސް ބޭނުން ކުރެވިދާނެ. ރިމޯޓް ކޮންޓްރޯލް ކާރުގެ ޓެކްނޮލޮޖީއަކީ ވެސް ބޭނުން ކުރެވިދާނެ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޭގެ ހަމަލާގައި ބޮޑަށް ގެއްލުން ދިނުމަށް ބޮމުގެ ތެރެއަށް މޮހޮރު ނޫން ނަމަ ކުދި ދަގަނޑުކޮޅު އަޅާފައި ހުރި ކަން ޒަހަމްވި މީހުންގެ ފޮޓޯތަކުން ފެނެ އެވެ.

"އޭގެ ބޭނުންކޮށްފައި ހުރީ ޝްރެޕެނަލްސް. އެއީ އިންޖަރީ ބޮޑު ކުރުމަށް އަޅާ އެއްޗެއް. ބޮޑަށް ގެއްލުންވާނީ އޭގެން. އެއީ ހަށިގަނޑުގެ ގުނަވަންތަކުގެ ވަރަށް އެތެރެއަށް ވަދެގެންދާނެ މި ޝްރެޕަނަލްސް. ގޮވުމުގެ ބޮޑު މިނަށް އޭތި ޑިޕެންޑު ވާނީ،" އޭނާ ވިދާޅުވި އެވެ.

"އަދި ފޮރެންސިކް ތަހުލީލުކޮށް ބެލީމަ އެނގޭނީ ބޮމުގެ އަސްލު ވެސް."

މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ރޭ އެއްޗެއް ގޮއްވާލާފައި ވަނީ މަޖީދީ މަގާއި ނީލޯފަރު މަގާވީ ކަންމަތީގައި ރައީސް ނަޝީދުގެ ކާރުކޮޅު އޮއްވާ އެއަށް އެމަނިކުފާނު އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާފައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާވެ އޭޑީކޭގައި ގިނަ ސާޖަރީތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

ރައީސް ނަޝީދުގެ އިތުރުން އެ މަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އާންމުންގެ މީހަކަށާއި އިނގިރޭވި ސިލާތުގެ ރައްޔިތަކު އެ ހަމާލާގައި ވަނީ ޒަހަމްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox