ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅު ސާފު ވަންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާބެހޭ ފުރިހަމަ މައުލޫމާތު ލިބެންދެން ޖަލްސާ ކުރިއަށް ގެންދަން ވަނީ ނިންމާފަ. -ފޮޓޯ: މަޖިލިސް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާބެހޭ ފުރިހަމަ މައުލޫމާތު ލިބެންދެން ޖަލްސާ ކުރިއަށް ގެންދަން ވަނީ ނިންމާފަ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބި ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާބެހޭ ގޮތުން ސީދާ އެއްޗެއް ސާފު ވަންދެން މަޖިލީހުން މިރޭ ކުއްލި ގޮތަކަށް ބޭއްވި ހާއްސަ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

ރައީސް ނަޝީދުގެ ގެކޮޅު. ގ. ކެނެރީގެއިން ނުކުމެވަޑައިގެން އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ދިން ހަމަލާއާ ގުޅިގެން މިވަގުތު ޗުއްޓީގައި އޮތް މަޖިލީހުން ވަނީ ހާއްސަ ޖަލްސާއެއް ތާވަލުކޮށްފަ އެވެ.

އެ ޖަލްސާ ފެށުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާ ހުށަހަޅުއްވައިފަ އެވެ.

Advertisement

އީވާ ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ދީފައިވަނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި، އެކަން މަޖިލީހުގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

"މި ފިނޑި ޓެރަރިސްޓް ހަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރަން،" އީވާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެ ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ފަރުވާދެމުން އަންނަ ކަމަށާއި، އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ބެހޭގޮތުން ޑޮކްޓަރުންގެ ޓީމުން މައުލޫމާތު ހިއްސާކުރާ މިންވަރަކުން މެމްބަރުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި އެ ހަމަލާ ފުލުހުންގެ އިތުރުން އެމްއެންޑީއެފުން ތަހުގީގުކުރަމުން ގެންދާ ކަމަށާއި، ތަހުގީގާގުޅޭ މައުލޫމާތުތައް ވެސް ލިބުނު މިންވަރަކުން މެމްބަރުންނާ ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އަދި ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާބެހޭ ފުރިހަމަ މައުލޫމާތު ލިބެންދެން، ޖަލްސާ ނިންމާނުލައި ކުރިއަށް ގެންދަން ގަސްދުކުރައްވާ ކަމަށް އީވާ އިއުލާނުކުރެއްވި އެވެ.

"އަޅުގަނޑު ގަސްދެއް ނުކުރަން މި ވަގުތު އެއްވެސް ކަހަލަ ބަހުސެއް ކުރިއަށް ގެންދާކަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ތަހުގީގުންނާއި އަދި ރައީސް ނަޝީދު ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ލިބުނު މިންވަރަކުން އަޅުގަނޑު ހިއްސާކުރަމުން ގެންދާނަން. އަދި ފަހުގެ ވަގުތެއްގައި ވިޔަސް އެ މައުލޫމާތު އަޅުގަނޑު ހިއްސާ ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

މި ވަގުތަށް ޖަލްސާ މެދުކަނޑާލި ނަމަވެސް، އެ މައުލޫމާތު ލިބެންދެން މެމްބަރުން ޖަލްސާގައި ތިއްބެވުމަށް އީވާ އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ޖަލްސާ ނިންމާ ނުލައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ ރައީސް ނަޝީދު އެ ހޮސްޕިޓަލަށް ގެނައީ އެކި ޒަހަމްތަކާއެކު ކަމަށާއި ނަމަވެސް މިހާރު އެމަނިކުފާނުގެ ހާލުކޮޅު ސްޓޭބަލް ކަމަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ހަށިކޮޅަށް އެކި ވަރުގެ ޒަހަމްތައް ލިބައިވީ ނަމަވެސް، އެއް އަތުގަ ފުންކޮށް އިން ޒަހަމެއް ފިޔަވައި މާ ސީރިއަސް ޒަހަމެއް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް، ޒަހަމްތައް ގިނަ ކަމުން ރައީސް ނަޝީދަށް ފަރުވާ ދީފައިވަނީ އެނެސްތީޒިއާ ދީގެން ކަމަށާއި، އަދި އެތެރެ ހައްޓަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޑޮކްޓަރު ވިދާޅުވިކަން "އަދަދު"އަށް ވަނީ އެނގިފައި އެވެ.

ނަޝީދަށް އަމާޒުކޮށް މިރޭ ގޮއްވާލި ޑިވައިސް ހަރުކޮށްފައިވަނީ ސައިކަލެއްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އަދި ސައިކަލްގައި ވަނީ ސައްހަ ނަމްބަރު ޕްލޭޓެއް ނޫން ކަން "އަދަދު"އަށް ވަނީ ކަށަވަރުވެފަ އެވެ.

އެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނު ދެ ބޮޑީގާޑަކަށާއި ޑްރައިވަރުގެ އިތުރުން އާއްމުންގެ މީހަކު ވެސް ވަނީ ޒަހަމްވެފަ އެވެ.

ޒަހަމްވި މީހުންގެ ތެރެއިން ދެ މީހަކު މިހާރު ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލެވިފައިވާކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އެ ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox