ބާރުގަދަ އެއްޗެއް ގޮއްވާލައި ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދީފި

ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސައިކަލްތަކަށް ގެއްލުންވެފައި - ފޮޓޯ: އަދަދު

ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސައިކަލްތަކަށް ގެއްލުންވެފައި - ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ރޭ އަނިޔާވެއްޖެ އެވެ.

ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ލިބިފައިނުވާއިރު، ފަރުވާއަށް މިހާރު ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމަނިކުފާނަށް އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ދެންމެ ވަނީ ބުނެފަ އެވެ.

Advertisement

ރައީސް ނަޝީދުގެ އިތުރުން ބިދޭސީއަކަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އޭނާގެ ފައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެ މީހާއަށް ވެސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

މިރޭ އެމަނިކުފާނު ގެކޮޅު ކައިރީގައި ކާރު އޮއްވައި އެއަށް އަރާވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި ބާރުގަދަ ގޮވުމެއް ވަނީ ގޮއްވާލާފަ އެވެ. އޭގެ ސަބަބުން އެތަނުގައި ހުރި ސައިކަލްތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

އޭޑީކޭ ހޮސްޕިޓަލް ދޮށުގައި މީހުން އެއްވެ: ނަޝީދަށް ދަނީ ފަރުވާދެމުން
އޭޑީކޭ ހޮސްޕިޓަލް ދޮށުގައި މީހުން އެއްވެ: ނަޝީދަށް ދަނީ ފަރުވާދެމުން

އޭޑީކޭ ހޮސްޕިޓަލް ދޮށުގައި މީހުން އެއްވެ: ނަޝީދަށް ދަނީ ފަރުވާދެމުން

މަންޒަރު ދުށް މީހަކު އޭޑީކޭ ހޮސްޕިޓަލް ކައިރީގައި ހުރެ "އަދަދު"އަށް ކިޔައިދިން ގޮތުގައި، ގޮވާފައިވަނީ ސައިކަލެއްގައި ހަރުކޮށްފައި ހުރި އެއްޗެއް ކަމާއި ވަރަށް ބާރުގަދަ އަޑެއް އެވަގުތު އިވުނެވެ.

އެމީހާ ބުނި ގޮތުގައި، ރައީސް ނަޝީދު ހާލު، ފެންނަ ފެނުމަށް އެހާ ސީރިސްއެއް ނޫނެވެ. އެކަމަކު ލޯ ކައިރީގައި ޒަހަމެއް ހުރި ކަމަށެވެ.

އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާއިރު ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ އެއްވެފަ އެވެ.

އަލިކިލޭގެފާނުމަގުން ކެނެރީގެއާ ހަމައަށް މަޖީދީމަގު މިހާރު އޮތީ ބަންދުކޮށްފަ އެވެ. އެެއްޗެއް ގޮއްވާލި ސަރަހައްދުގައި ހަތިޔާރާއެކު ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލަށް ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަޑައިގެންފައިވާއިރު ސީޕީ ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލު ވަޑައިގެންނެވުމުން، އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އިސްތިއުފާ ގޮވާލާފަ އެވެ.

ސީޕީ ހަމީދު ހޮސްޕިޓަލްގައި
ސީޕީ ހަމީދު ހޮސްޕިޓަލްގައި

ސީޕީ ހަމީދު ހޮސްޕިޓަލްގައި

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox