ކަނޑޫދޫގެ އިންތިހާބު ބާތިލްކުރަން ކޯޓަށް

ހައިކޯޓު ހިންގާ އިމާރާތް: ކަނޑޫދޫން އަނެއްކާވެސް ވަނީ ކޯޓަށް ގޮސްފައި. --ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ހައިކޯޓު ހިންގާ އިމާރާތް: ކަނޑޫދޫން އަނެއްކާވެސް ވަނީ ކޯޓަށް ގޮސްފައި. --ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ތ. ކަނޑޫދޫގެ ރަށު ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބަކީ ބާތިލް އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އެ ރަށު ކައުންސިލަށް މެންބަރުންނަށް ހޮވުމަށް ބޭއްވި އިންތިހާބަކީ ގާނޫނު އަސާސީއާ ހިލާފަށް ހާއްސަކޮށް، 171 ވަނަ މާއްދާއާ ހިލާފުވާ ގޮތަށް ކުރިއަށް ދިޔަ އިންތިހާބެއް ކަމަށެވެ.

އެ މާއްދާގައި ބުނަނީ، އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ނަގާނީ ސިއްރު ވޯޓެއް ކަމެވެ.

Advertisement

އަދި ކޮންމެ ވޯޓެއް ނަގައި ނިމުމާ އެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، އިލެކްޝަންސް ކޮމިޝަނުން އެ މަރުކަޒެއް ހަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތިބި ނަމަ، އެ ބައެއްގެ ހާޒިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ގާނޫނު ހުއްދަކުރާ އެ ނޫން ވެސް ބައެއްގެ ހާޒިރުގައި އެ މަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ އަދަދު ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ އަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އިއުލާން ކުރަން ވާނެ ކަމެވެ.

އެ ރަށުގެ އިންތިހާބު ކުރިއަށް ދިޔަ ގޮތް މި މައްދާއާ ހިލާފުވީ ގޮތެއް ސާފެއް ނުވެ އެވެ.

ކަނޑޫދޫގެ އިންތިހާބާ ގުޅިގެން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންނަ ހަފުތާއަށް މައްސަލާގެ އަޑުއެހުމެއް ތާވަލުކުރުމުގެ މަސައްކަަތް ދަނީ ކުރަމުންނެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ކައިރިވެފައިވަނިކޮށް ވެސް ކަނޑޫދޫގެ ރައްޔިތުންގެ ފަރާތުން ކަމަށް ބުނެ ހައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅީ، އެ ރަށު ކައުންސިލްގެ ރައީސް ހޮވުމަށް ރައްޔިތުންނަށް ފުރުސަތު ނުލިބޭތީ އެއީ ޑިމޮކްރަޓިކް އުސޫލެއް ނޫން ކަމަށް ބުނެ އެވެ.

ނަމަވެސް، އެ މައްސަލަ ހައިކޯޓުން ބަލައެއް ނުގަތެވެ.

އެ މައްސަލަ އުފަންވީ، ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑެންސީ ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، އެމްޑީޕީގެ ކެންޑިޑޭޓް އޮޓޯއިން އިންތިހާބުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox