ހިޔާނާތުގައި ބައިވެރިވުމެއް ނޯންނާނެ، ބޭނުމަކީ ބަދުނާމްކުރުން: ސަލީމް

ސަލީމް، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ތުހުމަތުތަކެއް އުފަންކުރުވައިގެން އުޅޭ ކަމަށް. -- ފޮޓޯ / މަޖިލިސް

ސަލީމް، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ތުހުމަތުތަކެއް އުފަންކުރުވައިގެން އުޅޭ ކަމަށް. -- ފޮޓޯ / މަޖިލިސް

ރިޔާސީ ކޮމިޝަނަށް ހާޒިރުކުރީ އޭނާއާ ދެކޮޅަށް ތުހުމަތުތަކެއް އުފައްދައިގެން ކަަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

ސަލީމް ކޮމިޝަނަށް ހާޒިރުކުރީ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާ ތަހުގީގަށެވެ. ސަލީމަށް ކުރާ ތުހުމަތު ސާފުކޮށްދީފައި އޭނާ އަށް ވަކީލަކު އައްޔަންކުރަން ފަސް ދުވަހުގެ މުއްދަތެއް ކޮމިޝަނުން ވަނީ ދީފަ އެވެ.

ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި މައްސަލައިގައި ސަލީމް "އަދަދު"އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އިދިކޮޅުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މަގާމުގައި އޭނާ ހުންނެވީތީ ބަދުނާމުކުރަން ކުރާ ކަންކަން ކަމަށެވެ. އޭނާއާ ހިޔާނާތަކާ ގުޅުވޭނެ ގޮތެއް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.

"އެ ހިޔާނާތުގައި ނޯންނާނެ ބައިވެރިވުމެއް، އަދި އެހެން ހިޔާނާތެއްގައި ވެސް ނުދެއްކޭނެ،" މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ޑޮލަރު ގަންނަން ފައިސާދިނީ 2013ގެ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. އޭރު އެއްފަހަރަކު 500،000 ޑޮލަރު އަދި އޭގެ ފަހުން 300،000 ޑޮލަރު ގަތުމަށް ފައިސާ ދެއްވި ކަމަށް ވިދާޅުވި އެވެ.

އެ މުއްދަތުގައި އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގަ އެވެ.

"އެޑްވާންސްކޮށް އަޅުގަނޑު ފައިސާ ދިނީ، އަނބުރާދޭ ގޮތަށް އޭރު ޕީޕީއެމްގެ ހަރަކާތްތަކަށް ވެސް ފައިސާ ބޭނުންވެގެން އުޅުނީމަ،" ސަލީމް ވިދާޅުވި އެވެ.

މި ފައިސާ އަދީބާ ހަވާލުކުރި ހެކިން ވެސް އެބަތިބި ކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް އެކަން އެންގެވި ކަމަށް ވިދާޅުވި އެވެ. ހިޔާނާތުގައި އޭނާ ބައިވެރިވި ކަމަށް ދެއްކޭނެ ހެއްކެއް ނޯންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ އިތުރުން ވެސް ބައެއް ބޭފުޅުން ތަހުގީގަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި އެވެ. އޭގެތޭރޭގައި ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ހިމެނިވަޑައިގަންނަ އެވެ.

ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން އޮކްޓޯބަރު، 24، 2019 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެ 267 މީހުންގެ ލިސްޓެއް އޮތް ކަން ހާމަކުރި އެވެ. އޭގެތެރެއިން އެންމެ އިސްކަންދީގެން ބަލަން ޖެހޭ މައްސަލަތަކުގެ ތަރުތީބެއް އެކުލަވާލާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ބުންޏެވެ.

ތަހުގީގީ އިދާރާތަކުގެ ލިސްޓުގައި މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި މިހާރުގެ 16 މެމްބަރުންނާއި ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ފަސް ފަނޑިޔާރުންގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނިވަޑައިގަންނަވަ އެވެ.

ހިޔާނާތުގެ ތަހުގީގު ލަސްވެފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ހިޔާނާތުން މަންފާވި ލިސްޓު ހޯދަން ވެސް ތަހުގީގީ އިދާރާތަކުގައި ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox