ސިއްހީ އެންގުންތަކަށް އަމަލު ނުކުރަން ބުނެ ފިތުނަ އުފައްދާ އިލްމުވެރިންނަށް ފިޔަވަޅު އަޅަނީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު: ވިދާޅުވީ ފިތުނަ އުފައްދަން އެއްވެސް އިލްމުވެރިއަކަށް ފުރުސަތު ނުދެއްވާނެ ކަމަށް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު: ވިދާޅުވީ ފިތުނަ އުފައްދަން އެއްވެސް އިލްމުވެރިއަކަށް ފުރުސަތު ނުދެއްވާނެ ކަމަށް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ހައްދުން ނައްޓާފައި އޮއްވާ ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ހިލާފަށް އުޅުމަށް ބާރު އަޅައި، ފިތުނަ އުފައްދާ އިލްމުވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެ އިޝާރާތްކުރެއްވީ، މިސްކިތުގައި ސަފުހަދާއިރު، ކޮވިޑުން ރައްކާތެރިވުމަށްޓަކައި ގައިދުރުކުރަން އެޗްޕީއޭ އިން އެންގުމުން އެކަމާ ދެކޮޅަށް ބައެއް އިލްމުވެރިން ދައްކާ ވާހަކަތަކަށެވެ. މިނިސްޓަރު ޒާހިރު "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދީނީ ކަންކަމުގައި ފިޔަވަޅު އަޅާފައި ވާނީ ޑޮކްޓަރުން އަދި ރާއްޖޭގެ އިލްމުވެރިންގެ ވެސް މަޝްވަރާގެ މަތިން ކަމަށެވެ.

"ގައިދުރުކުރުމަށް އަޅުގަނޑުމެން މި ނިންމަނީ ދުނިޔޭގެ ފަތުވާ ދޭ މުއައްސަސާތަކުން ވެސް ދެއްވާފައިވާ ހުންނަ ފަތުވާ އާއި ރާއްޖޭގައި ތިއްބަވާ އިލްމުވެރިންނާ ވެސް މަޝްވަރާކޮށްފައި. މިއީ ހާލަތަށް ރިއާޔަތް ކޮށްފަ އަޅުގަނޑުމެން ކަނޑައަޅާ ކަނޑައެޅުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ހާލަތު ގޯސްވުމުން މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދުކުރަން އެންގި އެވެ. ފަހުން ލުއި ދިނުމަށް ފަހު އަލުން އެގޮތަށް އަމަލުކުރަން އެންގީ ހާލަތު އަނެއްކާ ގޯސްވުމުންނެވެ. އެގޮތުން އިއްޔެ ރާއްޖޭން ރެކޯޑު އަދަދަކަށް 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ބަލިން ބޮޑުވަރުވެފައިވާ 181 މީހަކަށް މިވަގުތު ފަރުވާ ދެނީ އެނދުމަތިކޮށްގެނެވެ. އަދި ބައްޔާއެކު 6500 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އުޅެމުންދާއިރު 74 މީހަކު މި ބަލިޖެހިގެން ވަނީ މަރުވެފަ އެވެ.

ޑރ. ޒާހިރު ވިދާޅުވީ އެއްވެސް އިލްމުވެރިއަކު ދިވެހިރާއްޖޭގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި އެގޮތަށް އުޅޭ ބައެއް މީހުން ހާޒިރުކޮށް އެމީހުންނަށް މިހާރު ވެސް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ނަސޭހަތްދީފައި ވާނެ ކަމަށެވެ.

"ބައެއް އިލްމުވެރިން ހާޒިރުކޮށް އެކަންތައްތައް އެގޮތަށް ނުކުރުމަށް އަޅުގަނޑުމެން ނަސޭހަތްދީފަ ވާނީ. މިފަހަރު ވެސް އެގޮތަށް ތަކުރާރުވާ ނަމަ ގެނެސް ވާހަކަ ދައްކާނަން. އޭރުން އެ އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ. "ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ."

ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ އިލްމުވެރިންނަށް ފިޔަވަޅު އަޅާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރަސޫލާ ސ.އ.ވ ގެ ސުންނަތާ ހިލާފުވަނީ ކަމަށް އެބޭފުޅުން ބުނަނީ. އެކަމަކު އެއީ ހަގީގަތުގައި ރަނގަޅު ވާހަކައެއް ނޫން. އެކަންތައް އެގޮތަށް އަޅުގަނޑުމެން ކުރަމުންދާއިރު ބައެއް އިލްމުވެރިން އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ނުއުޅުމަށް ވާހަކަ ދައްކައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކަމުން ދަނީ. އެކަންކަން ކުރުން ދީނީ އިލްމުވެރިންނަށް ވެސް މަނާ ގާނޫނުގެ ދަށުން. އެހެންކަމުން އެގޮތަށް ކަންތައް ކުރާ މީހުންނަށް އޮންނަ އުސޫލުން ފިޔަވަޅު އަޅާނަން،" ޑރ. ޒާހިރު ވިދާޅުވި އެވެ.

ޑރ. މުހައްމަދު އިޔާޒް: މީނާއަކީ އަންހެނުންގެ ކުރިމަތި ފަރާތް ބުރި ކުރުމާއި އަނބިން ރޭޕު ކުރުމަށް ހިތްވަރުދޭ މީހެއް --
ޑރ. މުހައްމަދު އިޔާޒް: މީނާއަކީ އަންހެނުންގެ ކުރިމަތި ފަރާތް ބުރި ކުރުމާއި އަނބިން ރޭޕު ކުރުމަށް ހިތްވަރުދޭ މީހެއް --

ޑރ. މުހައްމަދު އިޔާޒް:

މި ނޫހަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީގެ ފަރާތުން ނަސޭހަތް ދިން މީހުންގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެސިސްޓަންޓު ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު ހިމެނެ އެވެ. ސަފު ހަދާއިރު ގައިދުރުކުރުން ބެހެއްޓުން ހަރާމް ކަމަށް ބުނެ ޑރ. އިޔާޒް ދަނީ އާންމުންނަށް ނަސޭހަތް ދެމުންނެވެ. އެގޮތަށް ވާހަކަ ދައްކާތީވެ އޭނާ ވަނީ މީގެ ކުރިން އެމްއެންޔޫ އިން ސަސްޕެންޑު ވެސް ކޮށްފަ އެވެ.

"ބިރަކާ ނުލައި މަޖާ ކުރަން ރަށް ރަށަށް ގޮސް، މުޑުދާރު ވައްތަރުތައް ޖައްސާފައި، ބަލި ބޮޑުވީމަ އަޅާ ބޭސް ގަނޑަކަށް މިސްކިތުގެ ސަފުތަކާ ކުޅެން ނުހައްދަވާ،" ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅާ ވާހަކަ ދައްކަން ފެށުމުން އިޔާޒު ޓުވިޓަރުގައި ލިޔެފައިވެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މިސްކިތުގެ ސަފު ހަދާއިރު ގައިދުރުކުރުން ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މިދިޔަ މާޗު މަހު ވަނީ ބުނެފަ އެވެ. ކޮވިޑުގެ ހާލަތު ގޯސްވެފައިވާ ހުރިހާ ގައުމުތަކެއްގައި ވެސް މިސްކިތުގައި ސަފު ހަދަނީ ގައިދުރުކޮށްގެނެވެ. ސައޫދީ އަރަބިއްޔާގެ މައްކާގައި ހުންނަ ﷲ ގެ ގެފުޅުގައި ވެސް ނަމާދު ކުރަމުންދަނީ ގައިދުރުކޮށްގެނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox