ރާއްޖޭގައި އޭއެފްސީ ކަޕް މެޗުތައް ކުޅެން އެޗްޕީއޭ އިން ހާއްސަ ހުއްދައެއް ދީފި

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ނާއިމް އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ނާއިމް އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި މަހު ރާއްޖޭގައި އޭއެެފްސީ ކަޕްގެ މެޗުތައް ކުޅެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވި އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމާ މެދު ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން މަޝްވަރާކުރަމުން އަންނަ ކަމަށާއި އެހެންވެ އޭރު އެކަމާ ބެހޭގޮތުން ސީދާ ޖަވާބެއް ދެވެން ނެތް ކަމަށެެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެޗްޕީއޭ އާއި ޔޫތު މިނިސްޓްރީން ބޭއްވި މަޝްވަރާތަކަށް ފަހު މިހާރު ނިންމާފައިވަނީ އެޗްޕީއޭ އާއި އޭއެފްސީން ހަދާފައިވާ ގައިޑްލައިންތަކެއްގެ ތެރެއިން އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށެވެ.

"މިހާތަނަށް އެޗްޕީއޭ އާއި ޔޫތު މިނިސްޓްރީއާ ދެކެވުނު ވާހަކަތަކުގައި އެއްބަސްވެވިފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުން މިއީ ބައިނަލްއަގުވާމީ މުބާރާތަކަށްވާތީ އެ މެޗުތައް ކުޅުމަށް ޖާގަ ދޭން. ދެން އެކަން ކުރުމުގައި އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިނަކާ އޭއެފްސީގެ ކޮވިޑް ސިޓުއޭޝަނާ ގުޅިގެން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާން ޖެހޭނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި މި މަހު 11 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު މާލޭގައި ކުޅޭނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް ބާއްވާނީ މި މަހު 14 އިން 21 އަށް މާލޭގަ އެވެ. ރާއްޖޭން އެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

އޭއެފްސީން ވަނީ އެ ފެޑެރޭޝަނުން ބާއްވާ މުބާރާތްތަކަށް ހަރުކަށި ގައިޑްލައިންތަކެއް ހަދައިފަ އެވެ. އެ ގޮތުން އެ ގައިޑްލައިންތަކަށް އޭއެފްސީ ކަޕްގައި ވެސް އަމަލުކުރާނެ އެވެ. އެ ގައިޑްލައިންގައި ހުރި ބައެއް ކަންތައްތަކަށް ބަލާއިރު، ޓީމުތަކަށް ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހު އެވެ.

އަދި ހޯސްޓް ކުރާ ގައުމެއްގައި ތިބެން ޖެހޭނީ ބަބްލް އެއްގެ ތެރެއިން ހާއްސަ ކުރެވިފައިވާ ވަކި އެކޮމަޑޭޝަނެއްގަ އެވެ. ހަމައެކަނި ނުކުމެވޭނީ މެޗު ކުޅުމުގެ އިތުރުން ޕްރެކްޓިހަށް އެކަންޏެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ނެގުން ފަދަ ކަންކަމާއި ކޮންމެ ދުވަހަކު އެއް ފަހަރު ހޫނުމިން ޗެކް ކުރުން ފަދަ ކަންކަން ގަވާއިދުން ކުރަން ޖެހެ އެވެ. އޭއެފްސީ ކަޕްގައި ވާދަކުރަން އަންނަ އިންޑިއާގެ ބެންގަލޫރާއި މޯހަން ބަގާން ބަބްލް އެއްގެ ތެރޭގައި އުޅެމުން އަންނަތާ އަށް މަސް ވެއްޖެ އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ރާއްޖެ އަންނަ ޓީމެއް ވެއްޖިއްޔާ މާލެ އަންނަން ޖެހެނީ އެންމެންގެ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮވެގެން. އަދި އައިސްފައި ތިބޭނީ ވަކިން ހާއްސަކޮށް ތިބޭ އެކޮމަޑޭޝަން ފެސިލިޓީއެއްގައި. އެތަނުން އެހެން ތަނަކަށް ދިއުމުގެ ހުއްދައެއް ނޯންނާނެ. ހަމައެކަނި އެތަނުން ދަނޑަށް. ދަނޑުން އެކޮމަޑޭޝަން ފެސިލިޓީ އަށް. މި ގޮތަށް ދަތުރުކުރުމުގެ ފުރުސަތު އެ ޓީމުތަކަށް އޮންނާނީ،" މަބްރޫކް ވިދާޅުވި އެވެ.

އޭއެފްސީ ގައިޑްލައިންގައިވާ ގޮތުން ހޯސްޓްކުރާ ގައުމުގެ ޓީމުތަކަށް ވެސް ވަކި ތަފާތެއް ނެތެވެ. އެ ޓީމުތަކުން ވެސް ހަމަ ވަކިން ކޭމްޕް ކުރަން ޖެހޭނެ އެވެ. އެ ގޮތުން ކުރިއަށް އޮތް ދެ ތިން ދުވަސް ތެރޭގައި ގްރޫޕް ސްޓޭޖުގައި ވާދަކުރާ މާޒިޔާ ކޭމްޕް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އީގަލްސް އިން މިދިޔަ މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ކުޅުނު މެޗުގެ ކުރިން ވަނީ ހޮޓެލް ޖެންގައި ކޭމްޕް ކޮށްފަ އެވެ. ޖެން އަށް އީގަލްސް ޓީމު ޗެކިން ކުރީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓް ކޮށްފަ އެވެ. އަދި އެ ޓީމުން ޕްލޭއޮފްގައި ބެންގަލޫރު މެޗަށް ވެސް ވަރަށް އަވަހަށް ކޭމްޕްކުރާނެ އެވެ.

"އިންޑިއާ ޓީމުތައް ފުރާއިރުގައި އެ ބޭފުޅުން ޑިޕާޗާ ސާމްޕަލް ހައްދަވަން ޖެހޭ ކަމަށް އަދި ރާއްޖޭގައި މި މެޗުތައް ކުޅޭ ދިވެހި ޓީމުތައް އިންޑިއާ ޓީމާ އެކު މެޗުތައް ކުޅުމަށް ފަހުގައި ވަކިން އައިސޮލޭޓްވެ 14 ދުވަހުގެ ކަރަންޓީނެއް އެކޮމަޑޭޝަން ފެސިލިޓީއެއްގައި ޓީމު އެކީގައި ކަރަންޓީނު ވާން ޖެހޭ،" މެޗުތަކަށް ފަހު މަޝްވަރާކުރެވިފައިވާ ގޮތްތައް މަބްރޫކް ހިއްސާކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގައިޑްލައިންތަކާ ބެހޭގޮތުން އިތުރު ކަންތައްތައް ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ގައިޑްލައިންތައް ކަރުދާހާ ހަަމައަށް އަންނައިރު އިތުރު ބަދަލުތަކެއް ހުރެއްޖެނަމަ އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އެޗްޕީއޭ އިން ކުރިއަށް އޮތް 10 ދުވަހަށް އަމާޒުކޮށް ރޭ އިއުލާނުކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެފްއޭއެމުން މިއަދު ވަނީ މިހާރު ކުރިއަށްގެންދާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މެދުކަނލަން ނިންމައިފަ އެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މި ވަގުތު ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނީ ހަމައެކަނި އޭއެފްސީ ކަޕްގައި ކުޅޭ ޓީމުތައް ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox