އިންޓަނެޓުގެ އަގު ހެޔޮކުރާނެ، އަގުތައް އަދި ފައިނަލް ނުވޭ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: އިންޓަނެޓްގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއެކު މަޝްވަރާ ކުރިއަށްދާ ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: އިންޓަނެޓްގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއެކު މަޝްވަރާ ކުރިއަށްދާ ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިންޓަނެޓުގެ އަގު ހެޔޮ ކުރަން މަޝްވަރާތައް ކުރަމުން އައި ނަމަވެސް އަގުތަކަށް ގެންނާނެ ބަދަލު އަދި ފައިނަލް ނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރަން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުކުރި ވާހަކަތަކާ ގުޅިގެން މިނިސްޓަރު ފައްޔާޒު "އަދަދު"އަށް ވިދާޅުވީ، "ދައުރު ވަމުން ދަނީ މުޅިން ރަނގަޅު މައުލޫމާތެއް ނޫން" ކަމަށެވެ.

އިންޓަނެޓުގެ އަގު ގަބޫލުކުރެވޭ މިންވަރަކަށް ގެނައުމާ އަދި އިންޓަނެޓުގެ ހިދުމަތަށް އިންވެސްޓްކުރާ ފަރާތްތައް ވެސް ރާއްޖޭގައި އިންވެސްޓްމަންޓުގެ ޔަގީންކަން ލިބޭ ގޮތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރެވެމުންދާތާ ދެ މަސް. ރަނގަޅު ބަދަލު އަންނާނެ. އަދި ވަކި ގޮތަކަށް ނުނިމޭ. -- ފައްޔާޒް

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް މާޗު 1 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަގާމުން ދުރުކުރުމާ އެކު އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ފައްޔާޒު ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރާ މިންވަރު ފައިނަލްކުރާނެ ކަމަށެވެ.

"މަޝްވަރާތައް ކުރިއަށް ގޮސް ވަރަށް އަވަހަށް ނިންމާނެ. މިރޭ (ހޮނިހިރު ދުވަހުގެ ރޭ) ޓެކް އިންޓަސްޓްރީގެ ބޭފުޅުންނާއެކު އިތުރަށް މަޝްވަރާކުރެވުނު. މިހާރު ސަރުކާރުން ވިސްނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އެ ބޭފުޅުން ދެކޭ ގޮތް ވެސް ވަރަށް ރަނގަޅު،" ފައްޔާޒު ވިދާޅުވި އެވެ.

ރިޔާސީ ވައުދެއް، ޝަކުވާ ބޮޑުވެފައި

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ވިޔަފާރި އާއި އާންމު ދިރިއުޅުމުގެ ގިނަ ކަންތައްތަކާއި މުނިފޫހިފިލުވުން ވެސް އިންޓަނެޓާ ގުޅިލާމެހިފައި ވާއިރު، ރިޔާސީ ވައުދާ އެއްގޮތަށް އިންޓަނެޓްގެ އަގުތައް ހެޔޮކުރުން ލަސްވަމުންދާތީ ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އިންޓަނެޓްގެ އަގު ހެޔޮ ކުރާނެ ގޮތަކާއި މިންވަރެއް އަދި އަގު ހެޔޮ ރޭޓް ތަންފީޒުކުރަން ފަށާނެ ދުވަހެއް ވެސް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ފެބްރުއަރީ 10 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ދުރު ރާސްތާ ވިސްނުމުގެ ތެރެއިން އިންޓަނެޓްގެ އަގު ހެޔޮ ކުރެވޭނެ ކަަމަށެވެ. އެކަމުގެ ތަފުސީލެއް ނުދެއްވަ އެވެ.

ސަރުކާރުން އަގަށް ބަދަލު ގެންނަން ހުށަހަޅާ ގޮތް

  • 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ
  • 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ
  • 25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 750ރ. އަށް 200 ޖީބީ

މިއީ ފިކްސް ބްރޯޑްބޭންޑަށް ހުށަހަޅާފައިވާ އަގުތަކެވެ. މި ބަދަލު ގެނައުމުން ގޭގޭގަ އާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ އެވެ. ޑޭޓާ ހުސްވުމުން، މިހާރު އިންޓަނެޓް އެއްކޮށް ކެނޑު ނަމަވެސް، އާ ބަދަލު ތަންފީޒުކުރަން ފެށުމާއެކު ގޭގޭގައި ހުންނަ ފިކްސް ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ކެނޑިގެން ދިއުމުގެ ބަދަލުގައި ސްޕީޑް ދަށްކޮށްލަ އެވެ. އެގޮތުން 250ރ. ގެ ޕެކޭޖަށް ހުށަހަޅާފައިވާ ޑޭޓާ ހުސްވި ނަމަވެސް، އިންޓަނެޓްގެ ސްޕީޑް ދަށްވާނީ 2 އެމްބީޕީއެސް އަށެވެ. އަލަށް ހުށަހަޅާފައިވާ އެހެން ޕެކޭޖްގެތަކުގެ ޑޭޓާ ހުސްވުމުން ސްޕީޑް ދަށް ވާނީ 5 އެމްބީޕީއެސްއަށެވެ.

އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ އުރޫދީ މޯލްޑިވްސްގެ ޕެކޭޖާއި ދިރާގުގެ ޕެކޭޖުގެ އަގުތަކަށް ބަލާއިރު، މަޝްވަރާގެ މޭޒުގައި މިހާރު އޮތް ސަރުކާރުގެ ހުށަހެޅުމުގައި ހިމެނޭ އިންޓަނެޓްގެ އަގުތައް ވަރަށް ބޮޑުތަން ކުޑަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox