ބަހުސް ބޮޑުވެ، ސިއްހީ ކުއްލި ހާލަތު ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ނުނަގަން ފާސްކޮށްފި

ރައީސް ސޯލިހު އެޗްއީއޯސީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އެޗްއީއޯސީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީ އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ، އެ ބާރު މަޖިލީހަށް ނުލިބޭ ގޮތަށް ހުށަހެޅުނު އިސްލާހަކާއެކު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އާއްމު ސިއްހަތުގެ ގާނޫނު މިހާރު ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައަޅަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން ހެލްތު މިނިސްޓަރެވެ. އަދި މިހާރު ގާނޫނު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސް ކުރާކަށް ނުޖެހެ އެވެ.

ރައީސް އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން ފާސްކުރަން ޖެހޭއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފާސް ކުރަން ނުޖެހޭތީ އޭރު ވެސް މަޖިލީހުގެ މެމްބަރުން ގެންދެވީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރާއްޖެ އޮތީ އެފަދަ ހާލަތެއްގައި ނޫން ކަމަށް ބުނެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންވެ އާއްމު ސިއްހަތުގެ ގާނޫނަށް މިދިޔަ އަހަރުގެ ޖުލައި މަހު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ. އިސްލާހުތަކެއް އެ ގާނޫނަށް ގެންނަން ޖުޑީޝަރީ ކޮމެޓީން ފާސްކޮށް މިދިޔަ ބުދަ ދުވަހު ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

އެކަމާ މެދު ގޮތެއް ނިންމުމަށް ރޭ ބޭއްވުނު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ ގޮތެއް ނިންމިފައިނުވާއިރު، މިއަދު އެ ރިޕޯޓަށް ކުރި ބަހުސްގައި ވެސް އެ ހިޔާލުތަފާތުވުން ވަނީ ފެނިގެންގޮސްފަ އެވެ.

ގާނޫނުއަސާސީއާ ހިލާފު

އެގޮތުން، ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނު އަސާސީއާ މުޅީން ހިލާފު ކަމަކަށް މަޖިލީހުގައި ވޯޓަށް އެހޭނެކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑަކަށް ނުބުނެވޭނެ އަޅުގަނޑު އަންހެނުން ގާތު މިތަނަށް [މަޖިލީހަށް] އައިސް މި މަސައްކަތް ކުރާކަށް. އެއީ އަޅުގަނޑުގެ ޒިންމާއެއް. އެ މަސައްކަތް ކުރަންޖެހޭނީ ސީދާ އަޅުގަނޑު،" އަފީފް ވިދާޅުވި އެވެ.

ފުނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ދިން އިސްތިރާޝީ ލަފާގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީއަށް ބަދަލުގެނައުން މަނާކޮށްފައިވާ ހާލަތެއް ކަމަށް ބެލެވެން ނެތް ކަމަށް ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ.

ff
ff

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

އެހެންކަމުން އެއީ ގާނޫނު އަސާސީގައި ބަޔާންކުރާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ކަން އެނގޭކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މިހާރު އޮތް ގޮތަށް ބާއްވަން މިއީ މި ވަގުތަށް އަދި އަބަދުވެސް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އެކަން ހުށަހެޅުމެއްގެ ގޮތުގައި ޝާހިދު ވިދާޅުވި އެވެ.

އާއްމު އުސޫލުގެ ދަށުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަހުސްގައި ނުސީދާ ގޮތުން ބައިވެރިވެވަޑައިގެން ވިދާޅުވީ މިފަދަ ކަންކަން މާނަކުރެވޭނެ އޮންނާނީ ދެ ގޮތެއް ކަމަށެވެ.

"އެއް ގޮތަކީ ފަންނީ ގޮތެއްގައި ނަންބަރު ދިމާވޭތޯ ބެލުން. ނަންބަރު ދިމާވީމަ ހުޅުވޭނެ. އަނެއް ކަމަކީ ހަމަ ބުއްދީގަ ވިސްނޭ ވިސްނުމުގައި މިއީ ރަނގަޅު ގޮތެއްތޯއޭ. އެމަގަށް ވިސްނާފައި ހެޔޮ ލަފާ ގޮތް ނޫން ނަމަ އެއީ ޝައްކެވެސްނެތް ގާނޫނު އަސާސީ އާ ހިލާފުކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ބާރު ދޭން ބޭނުންނުވަނީ މަޖިލީހަށް

ރޭ އެމްޑީޕީ ޕީޖީ ގުރޫޕުގައި ކަން ހިނގި ގޮތަށް، މިއަދު ތަޅުމުގައި ވެސް އެ ހިޔާލުތަފާތުވުން ވަނީ ވަރަށް ސާފުކޮށް ފެނިގެންގޮސްފަ އެވެ.

އެ ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ގައުމުގައި އިއުލާނުކުރެވޭ ކުއްލި ނުރައްކަލުގެ ހާލަތްތަކުގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅެވޭނެ ކަމަށެވެ.

އިންތި ވިދާޅުވި ގޮތުގައި މި ބިލަށް މަޝްވަރާ ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުން ވަރަށް ކަންބޮޑުވާންޖެހޭ ފަދަ ވާހަކައެއް ކޮމިޓީގައި ވިދާޅުވި ކަމަށެވެ.

އެގޮތުން، ސިއްހީ ކުއްލި ހާލަތު އިއުލާނު ކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމުގައި މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް އެކަން މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ހެދުމަށް އިއުތިރާޒުކުރައްވާކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާކަމަށް އިންތި ހާމަކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ގެންނަ ގޮތަށް ނޫން ގޮތަކަށް ވަކާލާތު ކުރެއްވުމަކީ ގާނޫނު އަސާސީގެ ތަރުތީބާއި އުސޫލުތަކާ ސީދާ ހިލާފު ގޮތަކަށް ނުހެދޭނެ،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާކަމެއް އެއްގޮތް ކުރުމުގެ ގޮތުން ކޮމިޓީގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއްގެ އަސްލު ގެއްލޭ ގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވެސް ވިދާޅުވީ ހުރިހާ ދިވެހި ރައްޔިތުންނަށް އަސަރުކުރާ ފަދަ ބޮޑު ނިންމުމެއް ރައީސުލްޖުމްހޫރިއްޔާ ނޫން އެއްވެސް މީހަކަށް ނިންމިގެން ނުވާނެ ކަމަށެވެ.

"ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާކަންކަން ހަމަ ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާށޭ،" ހަސަން ލަތީފު އެދިވަޑައިގެންނެވި އެވެ.

މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާކަމުން ޖަލްސާގެ ވަގުތު އިތުރުކޮށްފައިވާއިރު، އެ ރިޕޯޓަށް ޝާހިދު ވަނީ ދެ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އޭގެ ތެރެއިން އެންމެ މުހިއްމު އިސްލާހަކީ ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ކޮމިޓީން ގެނައި އިސްލާހު އުނިކުރުމެވެ.

އެ އިސްލާހު ފާސްވީ 37 މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް 31 މެމްބަރުން ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ.

އެއާއެކު ޝާހިދު ހުށަހަޅުއްވި އިސްލާހުތަކާއެކު އެ ބިލު ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ގޮތަށް ބިލު ފާސްކުރަން ނުފެންނަކަމަށް 29 މެމްބަރުން ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.

މަޖިލީހުން ފާސް ކުރަން ޖެހޭ ކުއްލި ނުރައްކަލުގެ ހާލަތުތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިމަނަން މަސައްކަތް ފެށުމުން ސިއްހީ ތަޖުރިބާކާރުން އޭރުވެސް ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ފަންނީ ކަމެއްގެ ތެރެއަށް މަޖިލީހުން ވަނުން ކަމަށް ސިއްހީ ބައެއް ތަޖުރިބާކާރުން ގަބާލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox