އަތޮޅުތެރޭގެ އެންމެ އުސް ހޮޓާ މާފުށީގައި ހުޅުވަނީ

އައިކޮމް ގްރޭންޑް ހޮޓާ: މިއީ 35 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަޅާ ހޮޓަލެއް -- ފޮޓޯ: އައިކޮމް

އައިކޮމް ގްރޭންޑް ހޮޓާ: މިއީ 35 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަޅާ ހޮޓަލެއް -- ފޮޓޯ: އައިކޮމް

ލޯކަލް ޓޫރިޒަމުގައި ރަސްކަން ކުރަމުން އަންނަ ކ. މާފުށީގައި ރާއްޖޭގެ އެންމެ އުސް ހޮޓާ، "އައިކޮމް ގްރޭންޑް ހޮޓެލް" ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ބާރަ ފަންގިފިލާއަށް ހަދާފައިވާ މި ހޮޓަލުގައި ބިމު އަޑިން ހަދާފައިވާ ބިންގަރާހެއް ވެސް ހުރެ އެވެ. ބިމު އަޑިއަށް ހަދާފައި ހުންނަ ބައި ހިމަނައިގެން މި 13 ބުރީގެ ހޮޓަލުގެ މަސައްކަތް ނިމުމުން ވެގެން ދާނީ މާލޭން ބޭރުގައި ހުރި އެންމެ އުސް އިމާރާތަށެވެ.

ހޮޓެލް މުޅިން ތަފާތު، ވަށައިގެން ހުސް ބިއްލޫރި

މި ހޮޓަލަކީ މާފުށީގައި ފުޅާ ދާއިރާއެއްގައި ދަތުރުފަތުރާއި އިންޓަނެޓުގެ ހިދުމަތްދޭ "އައިކޮމް"ގެ ހޮޓެލެކެވެ.

Advertisement

މި ހޮޓެލު އަޅަން ހިޔާލު އައި ގޮތް ހިއްސާ ކުރައްވަމުން އައިކޮމްގެ ބާނީ އަލީ ރަމީޒު "އަދަދު"އަށް ވިދާޅުވީ ހޮޓެލު އަޅަން ނިންމީ ވިޔަފާރި ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ބޭނުންވީ ހޮޓާ އެޅުމުގެ ޕްރޮޖެކްޓަކީ ވެސް ތަފާތު ޕްރޮޖެކްޓަކަށް ހަދަން،" ރަމީޒު ވިދާޅުވި އެވެ.

އައިކޮމް ގްރޭންޑް ހޮޓެލުގެ ކުރެހުމެއް
އައިކޮމް ގްރޭންޑް ހޮޓެލުގެ ކުރެހުމެއް

އައިކޮމް ގްރޭންޑް ހޮޓެލުގެ ކުރެހުމެއް

"މި ޕްރޮޖެކްޓުގެ އަޅުގަނޑުމެންނަށް ޑިޒައިން ހަދައިދިނީ ޔެޗް ޕްރައިވެޓް ލިމިޓެޑުން، ދެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބެލްކަނީތައް ހަދާފައި ހުންނާނީ،" ހޮޓެލުގެ ތަފާތު ފަރުމާއާ ގުޅޭ ގޮތުން ރަޒީމު ވިދާޅުވި އެވެ.

ހޮޓެލުގެ ސްޓްރަކްޗާ ވަށައިގެން މައިގަނޑު ގޮތެއްގައި ބިއްލޫރި ބޭނުންކޮށްފައިވާއިރު، އެއީ އެތަނުގެ ކޮޓަރިތަކަށް ވިއު، ތަފާތުވެފައި ހިތްގައިމު ކުރުމުގެ ގޮތުންނެވެ.

ހޮޓެލުގައި ހުންނަ ފަސް ކެޓެގަރީގެ ރޫމްތަކުގެ ތެރޭގައި ސީވިއު ރޫމްތައް ހިމެނެ އެވެ.

ފުރަތަމަ ފަހަރަށް ގެސްޓްހައުސްއެއްގައި ސްމާޓް ރޫމްސް

މި ހޮޓެލުގައި 130 އެނދުގެ 50 ކޮޓަރި ހުރިއިރު، އެންމެ ތިރީ، ތިން ފްލޯގައި އެއްވެސް ކޮޓަރިއެއް ނުހުރެ އެވެ. އެންމެ ތިރީ ބޭސްމަންޓު ފްލޯގައި ހުންނަނީ ބަދިގެ އެވެ. އެއްވަނަ ބުރީގައި ލޮބީ އަދި ރިސެޕްޝަން އޭރިއާއަށް ހާއްސަކުރިއިރު، ދެ ވަނަ ބުރީގައި ހުންނަނީ ރެސްޓޯރަންޓަކާއި ސްޕާއެކެވެ. އެންމަ މަތީ ފްލޯގައި ހުންނަނީ 180 ޑިގްރީ ވިއުގެ އިންފިނިޓީ ޕޫލަކާއި 360 ޑިގްރީ ވިއުގެ ރޫފްޓޮޕް ރެސްޓޯރަންޓެކެވެ.

އައިކޮމް ގްރޭންޑްގެ ރޫފްޓޮޕް ރެސްޓޯރަންޓް އަދި އިންފިނިޓީ ޕޫލް ހުންނާނީ އެންމެ މަތީ ބުރީގައި
އައިކޮމް ގްރޭންޑްގެ ރޫފްޓޮޕް ރެސްޓޯރަންޓް އަދި އިންފިނިޓީ ޕޫލް ހުންނާނީ އެންމެ މަތީ ބުރީގައި

އައިކޮމް ގްރޭންޑްގެ ރޫފްޓޮޕް ރެސްޓޯރަންޓް އަދި އިންފިނިޓީ ޕޫލް ހުންނާނީ އެންމެ މަތީ ބުރީގައި

ހޮޓަލްގެ ކޮޓަރިތަކުގެ ތެރެއިން ދިހަ ކޮޓަރިއަކީ "ސްމާޓް ރޫމްސް" އެވެ. އެ ކޮޓަރިތައް ހުންނާނީ ގޫގްލް ހޯމް ނުވަތަ އެލެކްސާ ބޭނުން ކޮށްގެން "ވޮއިސް ކޮމާންޑްސް" އެކްޓިވޭޓްކޮށްފަ އެވެ. މިއީ ރާއްޖޭގައި މިފަދަ ފުރަތަމަ ކޮޓަރިތަކެވެ.

މި ހޮޓަލް ހިންގަނީ ކްލަބް ސްޓައިލަށް، ހޮޓަލުގެ ތެރެއިން ކެއިންބުއިމާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ލިބޭ ގޮތަށެވެ.

35 މިލިއަން ރުފިޔާ އިންވެސްޓުމަންޓެއް، ފައިދާގެ ޔަގީންކަން އެބައޮތް

މި ހޮޓަލް އެޅުމުގެ މަސައްކަތް އައިކޮމުން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭރު އަމާޒު ހިފީ މި އަހަރުގެ ފަހުކޮޅަށް ހުޅުވުމަށް ކަމަށްވީ ނަމަވެސް، ކޮވިޑުގެ ސަބަބުން ކޮންސްޓްރަކްޝަން ހުއްޓި މަސައްކަތް ލަސްވީ ކަމަށް ރަމީޒު މައުލޫމާތު ދެއްވި އެވެ.

މިހާތަނަށް މި ޕްރޮޖެކްޓަށް 10 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފިނިޝިން މަސައްކަތާއެކު 35 މިލިއަން ރުފިޔާ ހޭދާ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މާފުށީގެ މަލަމަތި: އެންމެ ގިނަ ގެސްޓްހައުސް ހުންނަނީ މާފުށީގައި
މާފުށީގެ މަލަމަތި: އެންމެ ގިނަ ގެސްޓްހައުސް ހުންނަނީ މާފުށީގައި

މާފުށީގެ މަލަމަތި: އެންމެ ގިނަ ގެސްޓްހައުސް ހުންނަނީ މާފުށީގައި

މި ވަރުގަދަ ހޮޓެލް ކާމިޔާބުވެގެންދާނެ ކަމާއެކު ރަމީޒުގެ ޔަގީންކަން އެބަ އޮތެވެ. އޭނާގެ އެހާ ބޮޑު ޔަގީން ކަމެއް ހޯދީ މާފުއްޓަށެވެ.

"މޯލްޑިވްސް ނޭނގުނަސް ގެސްޓުންނަށް މިހާރު މާފުށި އެނގޭނެ،" ރަމީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ހޮޓަލް ހުޅުވިޔަސް، 50 ޕަސެންޓާ ހަމައަށް އޮކިއުޕަންސީ ގެންދެވޭނެ އެވެ.

ރަމީޒު މިހާރު އުއްމީދުކޮށްގެން ހުރީ އަންނަ އަހަރުގެ ފަހުކޮޅަށް "އައިކޮމް ގްރޭންޑް ހޮޓެލް" ގެސްޓުންނަށް ހުޅުވާލެވޭނެ ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox