ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ބައެއް މެޗުތައް ވިލިމާލޭ ދަނޑުގައި ކުޅެވޭތޯ މަސައްކަތްކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ އައިސަމް (ކ) ޔުނައިޓެޑް ވިކްޓްރީގެ ލަކީ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ އައިސަމް (ކ) ޔުނައިޓެޑް ވިކްޓްރީގެ ލަކީ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުުރުގެ ބައެއް މެޗުތައް ވިލިމާލޭ ޓާފް ދަނޑުގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން ކްލަބްތަކަށް ހިއްސާކުރި ތިން ވަނަ ބުުރުގެ ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން ލީގުގެ ތިން ވަނަ ބުުރު ފަށަން ނިންމާފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު ތިން ވަނަ ބުރުގެ މެޗުތައް ފަށައިގެން ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް އެ ބުރުގެ ކުޅުން ނިންމާލާއިރު، މެޗު އޮންނަ ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭނެ އެވެ. އޭގެ ތެރެއިން ދެ މެޗެއް ކުޅެން ޝެޑިއުލްކޮށްފައިވަނީ ވިލިމާލޭ ދަނޑުގަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "އަދަދު" އަށް ވިދާޅުވީ ވިލިމާލޭ ޓާފް ދަނޑުގައި މެޗުތައް ކުޅެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެހާތަނަށް އެ ދަނޑުގެ މަސައްކަތް ނިމިއްޖެނަމަ ލީގުގެ ތިން ވަނަ ބުރުގެ ޝެޑިއުލް މިހާރު އޮތްގޮތަށް ދެ ދަނޑެއްގައި މެޗު ކުޅެވޭނެ ކަމަށެވެ.

Advertisement

"ކޮންޓްރެކްޓަރު އަންގާފައިވަނީ މަހެއްގެ ތެރޭގައި ނިމޭނެ ކަމަށް. އެހާތަނަށް އެ ދަނޑުގެ މަސައްކަތް ނިމިއްޖެނަމަ ލީގުގެ މެޗުތައް ދެ ދަނޑެއްގައި (ގަލޮޅު ދަނޑާއި ވިލިމާލޭ ޓާފް ދަނޑު) ކުޅެވޭނެ،" ޖަވާ ވިދާޅުވި އެވެ.

ވިލިމާލޭ ދަނޑު އަޅަން ހަވާލުކޮށްފައިވަނީ ދެކުނު ކޮރެއާގެ ސްކައިވިންޑް ގްލޯބަލްއާ އެވެ.

މީގެ އިތުރުން އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ވިލިމާލޭގައި ޓްރެއިނިން ސެންޓަރެއް ގާއިމްކުރާނެ އެވެ. އޭގެ ހިމެނެނީ އެކޮމަޑޭޝަން ބިލްޑިން އަކާއި ފެސިލިޓީ ބިލްޑިން އެކެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ހާއްސަކޮށް ހަދާ އެކޮމަޑޭޝަން ބިލްޑިންގައި ދެ ކޮޓަރި ހިމެނޭ އަށް އެޕާޓްމެންޓެއް ހުންނާނެ އެވެ. ފެސިލިޓީ ބިލްޑިންގައި ހިމެނެނީ ދެ ޗޭންޖިން ރޫމާއި ފާހަނައިގެ އިތުރުން ރެފްރީންނަށް ހާއްސަ ކޮޓަރި އަކާއި އަކާއި މެޗު ކޮމިޝަނަރަށް ހާއްސަ ކޮޓަރިއެކެވެ.

ލީގުގެ ތިން ވަނަ ބުރުގެ މެޗުތައް އަވަސްކޮށް ނިންމާލަން އެފްއޭއެމުން ބޭނުންވާ އެއް ސަބަބަކީ ސީޒަންގެ ހުރިހާ މުބާރާތެއް މި ފަހަރު ފުރިހަމަކުރުމުގެ އަމާޒުގަ އެވެ. މިދިޔަ ދެ ސީޒަނުގައި ވެސް ފުރަތަމަ ޑިވިޝަނަށް ބޭއްވުނީ ލީގު އެކަންޏެވެ. އެކި ސަބަބުތަކާ ހުރެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފުރިހަމަކުރެވޭ ގޮތެއްނުވި އެވެ.

މި ފަހަރުގެ ސީޒަން ކަލަންޑަރާ އެއްގޮތަށް މެޗުތައް ކުރިއަށް ނުގެންދެވުނީ މިދިޔަ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ލީގު ހުއްޓާލަން ޖެހުމުންނެވެ. ލީގު ހުއްޓާލަން ޖެހުނީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގި އެންގުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުންނެވެ.

ލީގުގެ ތިން ވަނަ ބުރުގެ މެޗުތައް ވިލިމާލޭ ދަނޑުގައި ކުޅެވޭގޮތްވެއްޖެނަމަ މި ވެގެންދާނީ މާލެ އިން ބޭރުގައި ދިވެހި ލީގު ކުޅެވޭ ފުރަތަމަ ފަަހަރަށެވެ.

މީގެ ކުރިން ގަލޮޅު ދަނޑު ނޫން ދަނޑެއްގައި ދިވެހި ލީގުގެ ކުޅުން ކުރިއަށްދިޔައީ މާފަންނު ޓާފް ސްޓޭޑިއަމްގަ އެވެ. އެއީ 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި އެޅި ރަބަރުގަނޑުގެ ސަބަބުން ވިނަގަނޑު ހަލާކުވެ، އެ ދަނޑުގައި މެޗުތައް ކުޅެވޭ ގޮތް ނުވުމުންނެވެ. އެ ފަހަރު ސީޒަން ފުރިހަމަަ ކުރަން ވެގެން ޕްރެޒިޑެންޓްސް ކަޕް ބޭއްވީ ހދ. ކުޅުދުއްފުއްޓާއި އައްޑޫގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީޑިއާ އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވަނީ މި ސީޒަނުގެ މެދުތައް ދެ ދަނޑެއްގައި ކުޅެވޭތޯ މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ފަހަރު ގަލޮޅު ދަނޑުގެ އިތުރުން ދެން މެޗުތައް ކުޅެން ވާހަކަ ދެކެވުނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އޮންނަ ވިނަގަނޑު ތަރައްގީ ކޮށްގެން އެ ތަނުގަ އެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން އެކަން ކުރެވޭ ގޮތެއްނުވީ އެވެ.

މި ވަގުތު ލީގުގެ ދެ ވަނަ ބުރުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ މާދަމާރޭ ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުގެ އިތުރުން އަންނަ މަހުގެ ދެ ވަނަ ދުވަހު އީގަލްސް އާއި މާޒިޔާ ކުޅޭ މެޗެވެ. މި ދެ މެޗު ފަސްކުރަން ޖެހުނީ އީގަލްސް އިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާތީ އެ ޓީމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ލީގުގެ ތިން ވަނަ ބުރު ދޮޅު މަހެއްހާ ދުވަސް ފަހުން ފަށަން ޖެހޭ ގޮތަށް ޝެޑިއުލް ރާވަން ޖެހުނީ އޭއެފްސީ ކަޕާއި ގައުމީ ޓީމުގެ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ފުރުސަތު ދޭން ޖެހޭތީ އެވެ. މި މަހުގެ 14 އިން 21 އަށް މާލޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ކުރިއަށްދާނެ އެވެ. އޭގެ ފަހުން އަންނަ މަހު 30 އިން ޖޫން މަހުގެ 15 އަށް ޗައިނާގައި ސެންޓްރަލައިޒްކޮށް ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މެޗުތައް ކުޅޭނެ އެެވެ. އެ މެޗުތަކަށް ގައުމީ ޓީމުން އަންނަ މަހު 23 ނޫނީ 24 ހިސާބުގައި ޗައިނާ އަށް ފުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox