ބޮޑު ހިޔާނާތް ބަލަން މަޖިލީހުގެ ކޮމިޓީތަކަށް އީވާގެ އިތުބާރެއް ނެތް

މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މިއަދު އަލުން ހިލިފައިވާއިރު، އެ މައްސަލަ ރަނގަޅަށް ބެލުމަށް މަޖިލީހުގެ ކޮމިޓީތަކަށް އިތުބާރު ނުކުރައްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނޭ މީހުންގެ ތަފްސީލުތަކާއި އެ މައްސަލަ ގޮސްފައިވާ ހިސާބެއް ހޯދައި ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ސިޓީއަކުން މިދިޔަ މާޗު މަހު ރިޔާސަތުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އެ މައުލޫމާތު ހޯދަން ކަމާގުޅޭ މުއައްސަސާތަކުގައި އެދިވަޑައިގެންފައިވާ ކަމަށާއި، އެ މައުލޫމާތު ލިބުމުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ރައްޔިތުންނާ ވެސް ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު މިއަދު ދެއްވި އެވެ.

ނަޝީދު އެހެން ވިދާޅުވުމަށްފަހު ހުޅުވާލެއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސަށެވެ.

ނަމަވެސް، ގިނަ މެމްބަރުން ބަހުސްކުރެއްވީ އެ ބިލަކަށް ނޫނެވެ. ކޮންމެ މެމްބަރަކުވެސް ވާހަކަ އަނބުރާލެއްވީ ބޮޑު ހިޔާނާތަށެވެ.

އެގޮތުން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އަދި އެ ވާހަކައިގެ ތެރެއިން ޝަރީފް ވަނީ ރިޔާސަތުގައި އިންނެވި ނަޝީދަށް ވެސް ތުހުމަތުތަކެއް އަމާޒު ކުރައްވައިފަ އެވެ.

އެ ބަހުސްގެ ތެރެއިން އީވާ ވިދާޅުވި ގޮތުގައި ހާއްސަކޮށް މަޖިލީހުގެ ތަޅުމުގައި އެއް މެމްބަރަކު އަނެއް މެމްބަރަކު ބޮޑެތި ތުހުމަތުތައް އަމާޒުކުރަމުންދާއިރު، އެ ހިޔާނާތުގެ ހަގީގަތް ހޯދަންޖެހޭ އެންމެ ބޮޑު މަގުސަދަކީ އެއީ އެވެ.

އަދި އެފަދަ ތުހުމަތުތެއް ކުރެވެންޖެހޭނީ ހިޔާނާތް ބަލާ ރިޔާސީ ކޮމިޝަނާއި، ފުލުހުންގެ އިތުރުން އޭސީސީން އެ މައްސަލަ ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މަޖިލީހުގައި އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް ނަމަވެސް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލަން މަސައްކަތެއް ކުރާ ތަނެއް ނުފެންނަ ކަމަށް އީވާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ރިޔާސަތުން އިސްނަގައިގެން އެ މައްސަލަ ބަލަން ކޮމިޓީތައް ހަދައިގެން ކޮމިޓީތަކަށް ފޮނުވައިގެން ބޭނުންވާ މިންވަރުގެ ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި ހަސަން ލަތީފު އެ މައްސަލަ ބަލަން ހުށަހެޅުއްވީ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އައި ބަޔަކު ދައުލަތާ ހަވާލުވެ ތިބިއިރު، އެފަދަ ބޮޑު ހިޔާނާތެއްގައި ހިމެނޭތޯ ބެލުމަކީ މުހިއްމުކަމެއްވާތީ ކަމަށެވެ.

އަދި ނަޝީދު މިހާރު އެދިވަޑައިގެންފައިވާ މައުލޫމާތު ލިބުމުން، އެކަން މުޅި މަޖިލީހުގެ ކޮމިޓީއަކުން ބެލުމަށް އީވާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑަކަށް މިހާރު އިތުބާރެއް ނުކުރެވޭ މަޖިލީހުގައި މި އޮންނަ ކޮމިޓީތަކަށް ފޮނުވައިގެން ދެން މި މައްސަލަ ބެލޭނެ ކަމަކަށް. އަޅުގަނޑު މިހާރު އިތުބާރު ކުރަނީ ހުދު މަނިކުފާނަށް. އެހެންވީމާ އަޅުގަނޑު އެދެނީ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން މި ތަޅުމުގައި ހާމަކަން ބޮޑު ގޮތެއްގައި ބައްލަވައި ދެއްވުމަށް،" އީވާ ވިދާޅުވި އެވެ.

އީވާ އެހެން ވިދާޅުވިއިރު، މަޖިލީހުގެ ހުރިހާ ކޮމިޓީތަކެއްގެ ވެސް ތަނަވަސް އަގުލަބިއްޔަތު އޮންނަނީ އެމްޑީޕީ އަށެވެ. އަދި ގަވައިދު ކޮމިޓީ ފިޔަވައި އެހެން ހުރިހާ ދާއިމީ ކޮމިޓީތަކެއް މުގައްރިރުންނަކީ ވެސް އެމްޑީޕީ މެމްބަރުންނެވެ.

އީވާގެ ވާހަކަފުޅާ ގުޅިގެން ނަޝީދު ވިދާޅުވީ ހިޔާނާތާ ގުޅިގެން ހޯދިފައިވާ 70،000 ޓެކްސްޓު މެސެޖު ހިމެނޭ ޕެން ޑްރައިވެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި، އެ ޕެންޑްރައިވް ސަލާމަތީ ހިދުމަތްތަކާގުޅޭ ކޮމިޓީއަށް ފޮނުވުމުގެ އިތުރުން މަޖިލީހުގައި އެ އަރުޝީފު ވެސް ކުރެވިފައިވާނެ ކަމަށެވެ.

"އެހެންވީމާ އެ މައުލޫމާތު މި ތަނުގައި މިހާރު ހުންނާނެ. ދެން މެމްބަރުން ބައިނަލްއަގުވާމީ މާހިރުން ބޭނުން ކުރައްވައިގެން މިކަން ހޯއްދަވަން ބޭނުންވެވަޑައިގަންނަވަންޏާ އެކަން ކުރެވޭނެ،" ފޮރެންސިކް އެކައުންޓަޓުން މި ބާވަތުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކީ ކުރާކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެމްއެޕީއާރުސީ ހިޔާނާތުގެ މައްސަލަ މަޖިލީހުގައި ހޫނުވެފައިވާއިރު، އެކަމުގައި ތުހުމަތުވާ އެއްވެސް މީހަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ފާސްްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox