އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ފެންނަ ބޭނުންފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވީ ތިން ނަމެކެވެ.
ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަމްބަރު: 5،843
އާހިދު ރަޝީދު
މަރިޔަމް އަލީމް ގ. ދާސްތާން

އެންމެ ފަހުން އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވީ ހުސެއިން ފިޔާޒް މޫސާ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަހުލުވެރިކޮށް، ދައުލަތުގެ މުއައްސަސާތަކުގައި ހުރި ރައްޔިތުންނަށް އެނގެން ޖެހޭ ގިނަ މައުލޫމާތު އާއްމުންނާ ހަމައަށް ފޯރުކޮށްދެއްވުމުގެ މަގު ހުޅުވައިދިނުމުގެ މަސައްކަތްތަކަކަށް ފަހު އޭނާ މަގާމް ދޫކޮށްލެއްވީ "އަދަދު" އުފެއްދެވުމަށެވެ.
ފިޔާޒް އިސްތިއުފާ ދެއްވިއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބެލުމުގެ ބާރު ދީފައި ވަނީ ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާއިލަށެވެ.












