ބޮޑު ހިޔާނާތުގެ މައްސަލަތައް ވީ ހިސާބެއް ހޯދަން މަޖިލީހުން އިސްނަގައިފި

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި ޝާމިލުވާ ދައުލަތުގެ އެކި މުއައްސަސާތަކުގައި އޭރާއި މިހާރު ތިބި މީހުންގެ ނަންތައް ހޯދަން ރައްޔިތުންގެ މަޖިލީހުން އިސްނަގައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނޭ މީހުންގެ ތަފްސީލުތަކާއި އެ މައްސަލަ ގޮސްފައިވާ ހިސާބެއް ހޯދައި ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ސިޓީއަކުން މިދިޔަ މާޗު މަހު ރިޔާސަތުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އެ ސިޓީގައި ހަސަން ލަތީފު ލިސްޓު ކުރައްވާފައިވަނީ ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ ބޭފުޅުންނެވެ.

ނަޝީދު ވިދާޅުވީ އެ ސިޓީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާގުޅޭ ކޮމިޓީއަށް ފޮނުއްވި ކަމަށެވެ.

އެ މައުލޫމާތު ހޯދަން އެންމެ އައުލާކަންބޮޑީ މަޖިލީހުގެ 241 ކޮމިޓީއަށް ކަމަށް ވިދާޅުވެ ކޮމިޓީގެ މުގައްރިރު ޖަވާބު ދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހިޔާނާތާގުޅޭ ހަގީގަތަކީ ރައްޔިތުންގެ ނަޒަރު ހުއްޓިވާފައިވާ މައްސަލައަކަށްވާތީ، އެ މައުލޫމާތު ހޯދަން އިއްޔެ އެދިފައިވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެދިއްޖައިން ޕްރޮސެކިޔުޓާ ޖެނެރަލް އަރިހުގަ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި ފުލުހުންގެ ކިބައިން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެ އެދިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް ދިނުމަށް،" އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެ މައުލޫމާތު ލިބުމުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ރައްޔިތުންނާ ވެސް ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު މިއަދު ދެއްވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ އަދަދު 300 އަށް ވުރެ އިތުރުވެފައިވާކަމަށް ހިޔާނާތްބަލާ ރިޔާސީ ކޮމިޝަނުން ދާދި ފަހުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގައި ތިއްބެވި މިހާރު އަދި ކުރީގެ މަޖިލީހުގެ މެމްބަރުންތަކަކާއި އަދި މިހާރު ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންތަކަކަށް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ބޮޑު މައްސަލަތަކެއް ކޯޓަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރިޔާސީ ކޮމިޝަނުން އެންމެ ފަހުން ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

ނަމަވެސް، އޭގެ ފަހުން އެކަމާ ގުޅޭ އެއްވެސް ދައުވާއެއް އުފުލައިފައެއް ނުވެ އެވެ. އެ ހިޔާނާތާ ގުޅިގެން ދައުވާކޮށް އަދި މިހާތަނަށް ހުކުމެއް އިއްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އެ ހިޔާނާތުގެ މޭސްތިރިކަމަށް ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށެވެ.

ނަމަވެސް ތަހުގީގަށް މައުލޫމާތު ފޯރުކޮށްދޭން ދައުލަތުން އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، އަދީބާއި ޒިޔަތު ވެސް މިހާރު ތިބީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ރިޔާސީ ކޮމިޝަނު ހެދީ ހަމައެކަނި ޔާމީނަށް ހުކުމްކޮށް ޖަލަށްލުމަށް ކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox