އެމްއެމްޕީއާރުސީ ހިޔާނާތުން 14 މިލިއަން ބޭނުންކުރި މީހުން ހެއްކާއެކު ހޯދިއްޖެ: ނާޒިމް

ދިއްގަރު ދާއިރާ މެންބަރު އަހުމަދު ނާޒިމް: ކުރީ ސަރުކާރުތަކުގެ ކޮރަޕްޝަންތަކާ ދެކޮޅަށް ގިނައިން ވާހަކަދައްކަވާ -- ފޮޓޯ: އަދަދު

ދިއްގަރު ދާއިރާ މެންބަރު އަހުމަދު ނާޒިމް: ކުރީ ސަރުކާރުތަކުގެ ކޮރަޕްޝަންތަކާ ދެކޮޅަށް ގިނައިން ވާހަކަދައްކަވާ -- ފޮޓޯ: އަދަދު

ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު ނާޅާ ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

"އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ވަނީ ފާހަގަކުރެވިފައި، އޮޑިޓު ތެރެއިން. އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާ އާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައި،" ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް، އެއީ ކޮން ބައެއްކަން އަދި އިތުރު އެހެން އެއްވެސް ތަފްސީލެއް ނާޒިމް ހާމައެއް ނުކުރައްވަ އެވެ. އެހެންވީމާ ހޯދިފައި އެވަނީ ގެއްލުނު ފައިސާގެ ތެރެއިން އެއް ޕަސެންޓު ބޭނުންކުރި މީހުންނެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ. އެ މައްސަލައިގައި އަދީބު 20 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް އޭނާގެ އަދަބު ލުއިކޮށް ކުރީގެ ސަރުކާރުން ވަނީ އަދީބު މިނިވަންކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދެ ފަހަރަކު ޖިނާއީ ހުކުމެއް އިއްވި އެވެ. އެއީ ފަސް އަހަރުގެ ހުކުމަކާއި 11 އަހަރުގެ ހުކުމެކެވެ. ނަމަވެސް އެ ދެ ހުކުމް ވެސް މަތީ ކޯޓުތަކުން ވަނީ ބާތިލުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުލައި 7، ގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ވައްކަމުގައި ބައިވެރިވި އެންމެނަށް އަދަބު ދީ، "ރައްޔިތުންނަށްޓަކައި އެ ފައިސާ" ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަތައް ބަލައި ފައިސާތައް ހޯދާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއިރު އެމަނިކުފާނުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅުން އެބަތިއްބެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގީ ޔާމީންގެ ވެރިކަމުގައި، ރާއްޖޭގެ ރަށްތައް އެމްއެމްޕީއާރުސީން ނު އަގުގައި ވިއްކައި، އެއިން އިންވެސްޓަރުންގެ އަތުން ފައިސާ ނަގައިގެންނެވެ. އަދި ނުއަގުގައި ވިއްކިއިރު، ދައުލަތަށް ވަންނަންޖެހޭ ގިނަ ފައިސާ ވެސް ނުވައްދައި، އެ ޗެކްތައް އެހެން އެކައުންޓުތަކަށް ބަދަލުކޮށް ގިނަ ފައިސާތަކެއް ނެގި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކޮށް 2019 ގައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެމްއެމްޕީއާރުސީން ދޫކުރި 57 ތަންތަން (ރަށްތަކާއި ފަޅުތަކަށް) ދައުލަތަށް ލިބެންޖެހޭ 77.4 މިލިއަން ޑޮލަރުގެ ތެރެއިން ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދަން އެސެޓް ރިކަވަރީ ކޮމިޝަނެއް ހަދައިގެން މަސައްކަތް ފެށި އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތައް ހަމައަގުގައި ހިސާބުކުރުމުން 220 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހްމަދު އައްސަދު ވިދާޅުވެފައިވެ އެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް ފައިސާއެއް ނުހޯދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox