ޕަޓީނާ މޯލްޑިވްސްގެ ފަރި ރިސޯޓް މެއި މަހު ހުޅުވަނީ

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް: މިއީ ކ. ރަށްފަޅުހުރާ ފަޅު ތެރޭގައި ތަރައްގީކޮށްފައިވާ މަތީ ފަންތީގެ ތިން ރިސޯޓުގެ ތެރެއިން އެއް ރިސޯޓު -- ފޮޓޯ

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް: މިއީ ކ. ރަށްފަޅުހުރާ ފަޅު ތެރޭގައި ތަރައްގީކޮށްފައިވާ މަތީ ފަންތީގެ ތިން ރިސޯޓުގެ ތެރެއިން އެއް ރިސޯޓު -- ފޮޓޯ

ޕަޓީނާ މޯލްޑިވްސްގެ ފަރި އައިލެންޑް މެއި، 18 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

މިއީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ކޮންސެޕްޓަށް ކ. ރަށްފަޅުހުރާ ފަޅު ތެރޭގައި ތަރައްގީކޮށްފައިވާ މަތީ ފަންތީގެ ތިން ރިސޯޓުގެ ތެރެއިން އެއް ރިސޯޓެވެ. އެއާޕޯޓުން ސްޕީޑްބޯޓުގައި މި ރިސޯޓަށް 45 މިނިޓުން ދެވެ އެވެ.

މި ރިސޯޓުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ 90 ބީޗް އަދި ވޯޓާ ޕޫލް ވިލާ ހުރެ އެވެ. ހުރިހާ ވިލާއެއްގައި ވެސް ޕޫލާއި މިހާރުގެ މަތީފަންތީގެ ރިސޯޓުތަކުގެ ރޫމުތަކުގައި ހުންނަ ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ލިބެ އެވެ.

ރިސޯޓުގެ ހުރިހާ ވިލާއެއް ފަރުމާކުރީ ތިމާވެއްޓާ ރައްޓެހި އަދި ރަށުގެ ވަށައިގެންވާ ވެއްޓާ ގުޅޭ ކުލަތައް ބޭނުންކޮށްގެންނެވެ. މި "ރަސްޓިކް" ޑިޒައިންގައި ގިނައިން ބޭނުން ކޮށްފައި ވަނީ ވަކަރާއި ބިއްލޫރި އެވެ.

ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގެ ސަންސްޓް ބީޗް ޕޫލް ވިލާއެއް
ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގެ ސަންސްޓް ބީޗް ޕޫލް ވިލާއެއް

ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގެ ސަންސްޓް ބީޗް ޕޫލް ވިލާއެއް

ޕަޓީނާ ފަރި އައިލެންޑުގެ އެންމެ ބޮޑު ވިލާއަށް ކިޔަނީ "ދަ ބީޗް ހައުސް" އެވެ. ދެ ފަންގިފިލާގެ މި ވިލާގެ ޖާގައަކީ އެއްފަހަރާ 6 މީހުންނާއި ތިން ކުޑަކުދިންނެވެ.

މިއީ ބޮޑެތި އާއިލާތަކަށާއި ގްރޫޕްތަކަށް ހާއްސަ ވިލާއެކެވެ. ބޭނުން ނަމަ ކައިރީގައި ހުންނަ އެއް ކޮޓަރީގެ ހަ ބީޗް ޕޫލް ވިލާ އެއްކޮށްލައިގެން، ކުޑަކުދިން ހިމެނޭ ހެން 27 މީހުންނަށް ތިބެވޭނެ އެވެ.

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްގެ ބީޗް ހައުސް
ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްގެ ބީޗް ހައުސް

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްގެ ބީޗް ހައުސް

ޕަޓީނާ މޯލްޑިވްސްގައި "ފަރި ސްޓޫޑިއޯސް" ކިޔާ، ސްޓޫޑިއޯ އެޕާޓްމަންޓް ސްޓައިލަށް ޑިޒައިން ކުރެވިފައިވާ 20 ސްޓޫޑިއޯ ހުރެ އެވެ. ފަރި ސްޓޫޑިއޯތައް ޑިޒައިން ކުރީ ބްރެޒިލްގެ މަޝްހޫރު އާކިޓެކްޓެއް ކަމުގައިވާ ސްޓޫޑިއޯ އެމްކޭ27ގެ މާސިއޯ ކޯގަން އެވެ.

މި ސްޓޫޑިއޯތައް ހުންނަނީ ބީޗާ ތަންކޮޅެއް ދުރުގައި، ރަށުގެ މެދު ތެރޭގަ އެވެ. މިއީ ރަށުގެ ފެހިކަން ގަދަ ސަރަހައްދުގައި، ވަށައިގެންވާ ވެށީގެ ރީތިކަން ދައްކައި ދޭން ހާއްސަ ސަމާލުކަމެއް ދީގެން ޑިޒައިން ކުރި ސްޓޫޑިއޯތަކެކެވެ.

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްގެ ފަރި ސްޓޫޑިއޯ
ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްގެ ފަރި ސްޓޫޑިއޯ

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސްގެ ފަރި ސްޓޫޑިއޯ

މި ރިސޯޓުން އޭޝިއާ އާއި ގްރީކް ރަހަތަކަށް ހާއްސަ ރެސްޓޯރަންޓަކާއި އިންޓަނޭޝަނަލް ކުޒީންއަށް ހާއްްސަ ރެސްޓޯރަންޓްތަކެއް ހުރެ އެވެ. ރެކްރިިއޭޝަނަލް ވަސީލަތްތަކުގެ ތެރޭގައި އަކުއަޓިކް ތެރަޕީއަށް ހާއްސަ ވަޓްސޫ ޕޫލެއް، ވޯޓާ ސްޕޯޓްސް ސެންޓަރެއް، ޓެނިސް ކޯޓެއް އަދި ޔޯގާ ޕެވިލިއަންއެއް ހިމެނެ އެވެ.

ކ. ރަށްފަޅުހުރާ ފަޅު ތެރޭގައި ތިން ރިސޯޓުގެ ތެރެއިން ކަޕެލާ ރިސޯޓަކީ ވެސް ޕަޓީނާ މޯލްޑިވްސް ހިންގާ ޕޭރެންޓު ކުންފުނީގެ ރިސޯޓެކެވެ. ދެން އޮތް ރިސޯޓަކީ މަޝްހޫރު ރިޒް-ކާލްޓަންގެ ރިސޯޓެކެވެ. މި އަހަރުގެ ތެރޭގައި މި ހުރިހާ ރިސޯޓެއް ހުޅުވާނެ އެވެ.

މިއީ ރާއްޖޭގައި މި އަހަރު ހުޅުވަން ހަމަޖެހިފައިވާ 15 ރިސޯޓުގެ ތެރެއިން ރިސޯޓުތަކެކެވެ. މި އަހަރު ހުޅުވަން ހަމަޖެހިފައިވާ އިތުރު ރިސޯޓުތަކުގެ ތެރޭގައި އެޑްރެސް މަޑިވަރު މޯލްޑިވްސް ރިސޯޓާއި، އަވާނީ ފަރެސް ރިސޯޓުގެ އިތުރުން ލެ މެރެޑިއާން މޯލްޑިވްސް އާއި ދަ ޗެޓީ ކުޑަވިލިގިނލި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox