އޯވާޑްރާފްޓު ހުއްދައިގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ ސަރުކާރުން އެދިފައިވާއިރު، އެކަމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާ ކުރުމަށް މިދިޔަ އަހަރު ސަރުކާރުން އެދުނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް އަސަރުކުރުމުން، މަރުކަޒީ ބޭންކުން ދަރަނި ނެގޭ ލިމިޓު ބޮޑުކޮށް ދިނުމަށެވެ.

ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ އޭގެ ކުރީ ތިން އަހަރުގެ ދައުލަތު އާމްދަނީގެ 20 ޕަސަންޓަށްވާ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ.

އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

އެއާއެކު ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އެ ހުއްދަ އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، ކޮވިޑުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަދި އަރައިގަނެވިފައިނުވާތީ، އެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

އެކަމާމެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ކޮމިޓީއަކުން އެ މައްސަލަ ދިރާސާކުރަން ހުށަހެޅި ހުށަހެޅުން ފާސްނުވެ، އެކަމަށް މަޖިލީހުން ގޮތެއް ނުނިންމުނެވެ.

އޭގެ ފަހުން، ރިޔާސަތުން ވަނީ އެ މައްސަލަ އަލުން ތަޅުމަށް ހުށަހަޅައި، މެމްބަރުންގެ ތާއީދާއެކު ކޮމިޓީއަކުން އެކަން އިތުރަށް ދިރާސާކުރަން ފާސްކޮށްފަ އެވެ.

އެއާއެކު އެ ހުއްދަ ދިނުމުގެ ކުރިން، ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތު ދެނެގަތުމަށް މަޖިލީހުން ވަނީ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނަގައިފަ އެވެ.

ކަންބޮޑުވުންތައް ހުއްޓަސް ކޮމިޓީން ނިންމީ މުއްދަތު އިތުރުކޮށްދޭން

ކޮމިޓީން މިދިޔަ ބުދަ ދުވަހު ވަނީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށްފަ އެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ގަވަރުނަރު ގިނަ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާއިރު، އޭނާ ވިދާޅުވި ގޮތުގައި، ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް އެކްސްޗޭންޖު ރޭޓާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، މަނިޓަރީ ފައިނޭންސިންގެ (ސަރުކާރުގެ ހަރަދަށް ސީދާ މަރުކަޒީ ބޭންކުން ފައިސާ ދިނުން) ސަބަބުން އިންފްލޭޝަން ރޭޓު ހިފެހެއްޓުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އިގުތިސޯދީ ހާލަތު މިހާރު އޮތް ގޮތުން އެކަން ކުރަންޖެހިފައިވީ ނަމަވެސް، މަދުވެގެން އަހަރަކު ދެ ފަހަރު، ދަރަންޏަށް ނެގި ފައިސާ ސަރުކާރު ބޭނުންކުރަމުންދާ ގޮތް މުރާޖައާ ކުރަންޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

އޯވާޑްރާފްޓާ ގުޅޭގޮތުން އެމްއެމްއޭއިން ގިނަ ކަންބޮޑުވުންތައް ފާހަގަކުރި ނަމަވެސް، ހުއްދަ އިތުރުކޮށް ދިނުމުގެ ޝަރުތެއްގެ ގޮތުގައި ކޮމިޓީން ފާސްކުރި ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

އެމްއެމްއޭގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާޅުކުރި ކަންބޮޑުވުންތައް ވެސް ރިޕޯޓުގައި ހިމަނާފައިވަނީ ކޮމިޓީން ކުރި ދިރާސާތަކުން ހޯދުނު މައުލޫމާތުތަކުގެ ގޮތުގަ އެވެ.

އެއާއެކު ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ސަރުކާރުން އެދުނު ގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށް ދިނުމަށެވެ.

ހޯމަ ދުވަހުގެ ކުރިން އެ ހުއްދަ ފާސްނުކޮށްފި ނަމަ ދައުލަތުގެ ހަރަދުތައް ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއިރު، މިދިޔަ ބުރާސްފަތި ދުވަހު ޖަލްސާއެއް ބޭއްވުމަށް ރިޔާސަތުން މަސައްކަތް ކުރި އެވެ.

އާއްމުކޮށް މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ ދުވަހަކު ހާއްސަ ޖަލްސާއެއް ބާއްވަން މަޖިލިސް ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ރުހުން ލިބެންޖެހެ އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ޖަލްސާއެއް ނުބޭއްވުނީ ހުއްދަ އިތުރުކުރުމުގެ މައްސަލަ ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެގެންނެވެ.

ޕާޓީތަކުގެ ރުހުން ލިބިގެން، މާދަމާ ޖަލްސާއެއް މިހާރު ތަވާލުކޮށްފައިވާއިރު، އެޖެންޑާގައި ހިމަނާފައިވަނީ އޯވާޑްރާފްޓުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ އެކަންޏެވެ.

މަޖިލީހުގައި އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނައިރު މާދަމާގެ ޖަލްސާގައި އެ މައްސަލަ ވޯޓަށް އަހައި، ފާސްކުރާނެކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox