ކ. ދިއްފުށި ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ކައުންސިލްގެ ރައީސް މިކަން ކަށަވަރުކޮށްދެއްވައި ވިދާޅުވީ ތަފްސީލް ދޭނީ ފުލުހުން ކަަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިއްފުށީގައި މަރުވީ 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ ހެލްތު ސެންޓަރުގަ އެވެ.
އޭނާ މަރުވި ގޮތެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.












