ރާއްޖޭގައި 49 ޕަސެންޓު ކުދިން ބިޒްނެސް ސްޓްރީމް ކިޔަވާތީ ހަސަން ހަމީދު ކަންބޮޑުވެއްޖެ

އިސްކަންދަރު ސްކޫލުގެ ދަރިވަރަކު އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ތައްޔާރުވެގެން -- ފޮޓޯ: އަދަދު ފައިލް

އިސްކަންދަރު ސްކޫލުގެ ދަރިވަރަކު އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ތައްޔާރުވެގެން -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގެ ދަށު ސާނަވީ އިމްތިހާނުތަކުގައި 49 ޕަސެންޓު ކުދިން ބިޒްނެސް ސްޓްރީމް ކިޔަވާތީ ފަންނީ ތަޖުރިބާކާރު، ޑރ. ހަސަން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކްރިޓިކަލް ތިންކިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ހަސަން ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ފަދަ ގައުމެއްގައި ދަށު ސާނަވީ އިމްތިހާނުތަކުގައި ބިޒްނެސް ސްޓްރީމް ކިޔަވާ ކުދިންގެ އަދަދު 20 ޕަސެންޓަށް ވުރެ އިތުރުވުމަކީ ހާސްވާން ޖެހޭ ކަމެއް ކަމަށެވެ.

"ރާއްޖެ ފަދަ ގައުމެއްގައި 20 ޕަސެންޓަށް ވުރެ ބިޒްނެސް ސްޓްރީމް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާންޖެހޭ ކަމެކެވެ. އިނގިރޭސިވިލާތާއި ސިންގަޕޫރުގައި ވެސް މި ނިސްބަތް ފަސްބައިކުޅަ އެއްބަޔަށްވުރެ މަދެވެ،" ހަސަން ހަމީދު ލިޔުއްވާފައިވެ އެވެ.

އެ ޕޯސްޓާއެކު ހަސަން ހަމީދު ވަނީ ދަށު ސާނަވީ އިމްތިހާނުތަކުގައި އެކި ސްޓްރީމްތައް ކިޔަވާ ދަރިވަރުންގެ ނިސްބަތް ހޯދުމަށް އެދި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އޭނާ ހޯދަން އެދުނު މައުލޫމާތުގެ ޖަވާބު ހިއްސާ ކުރައްވައިފަ އެވެ.

އެ މައުލޫމާތުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ މެއި، ޖޫން އިމްތިހާނުގައި ބައިވެރިވި ކުދީންގެ ތެރެއިން ސައިންސް ސްޓްރީމް އިހުތިޔާރުކޮށްފައިވަނީ 50 ޕަސެންޓު ދަރިވަރުންނެވެ. އާޓްސް ސްޓްރީމް އިހުތިޔާރުކޮށްފައި ވަނީ އެންމެ ޕަސެންޓެއްގެ ކުދިންނެވެ.

އެ މައުލޫމާތުން އެނގޭ ގޮތުގައި، ބިޒްނެސް ސްޓްރީމް ކިޔަވާ ދަރިވަރުންގެ ތެރޭގައި ވެސް، ވިޔަފާރީގެ ހުނަރުތަކާއި ހިސާބުތައް ބަލަހައްޓާނެ ގޮތް ކިޔަވައިދޭ ބިޒްނެސް ސްޓަޑީސް އާޢި އެކައުންޓިން ކިޔަވާ ކުދިންގެ އަދަދު، އިގުތިސާދީ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ އިލްމު ކިޔަވައިދޭ އިކޮނިމިކްސް މާއްދާ ކިޔަވާ ކުދިންގެ އަދަދަށް ވުރެ ގިނަ އެވެ.

ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބިޒްނެސް ސްޓްރީމް ކިޔަވާ ދަރިވަރުންގެ އަދަދު އިންތިހާއަށް އިތުރުވުމުގެ ކަންބޮޑުވުން ހަސަން ހަމީދު ފާހަގަކުރައްވާފައިވާއިރު، ރާއްޖޭގައި މިހާރު ވެސް އިންޖިނިއަރިން އާއި ސިއްހީ އަދި، ތައުލީމީ ދާއިރާ ފަދަ ދާއިރާތަކުން ދިވެހީންނަށްވުރެ ބޮޑަށް ބަރޯސާ ވަނީ ބިދޭސީންނަށެވެ. 

އޭގެ އިތުރުން، ރާއްޖޭގެ އިގުތިސާދަށް އެންމެ ގިނަ ފައިސާ ވައްދައިދޭ، ފަތުރުވެރިކަމާއި މަސްވެރިކަމުގައި ވެސް މަސައްކަތްކުރާ ދިވެހީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނަތީޖާއެއްގެ ގޮތުން، ބިޒްނެސް އަދި، އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ އެތައް ޒުވާނުންނެއް އާދައިގެ އެޑްމިން ވަޒީފާތައް އަދާކުރަން މިހާރު ވެސް ދަނީ މަޖުބޫރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox