މުހިއްމު ދެ ކޮމިޝަނުގެ ޗެއާމަނުންނަށް ޝުއައިބް އާއި ތުއްތުކޯ

ރެފްރީސް ކޮމިޝަންގެ ޗެއާމަން ތުއްތުކޯ (ވ) އާއި ކޯޗާސް ކޮމިޝަންގެ ޗެއާމަން ޝުއައިބް.- ފޮޓޯ: ވީއޭއެމް

ރެފްރީސް ކޮމިޝަންގެ ޗެއާމަން ތުއްތުކޯ (ވ) އާއި ކޯޗާސް ކޮމިޝަންގެ ޗެއާމަން ޝުއައިބް.- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަނުގެ ކޯޗާސް ކޮމިޝަނުގެ ޗެއާމަނަކަށް އަރަމުން އަންނަ ކޯޗު ޝުއައިބް އަހުމަދު އަދި ރެފްރީޒް ކޮމިޝަނުގެ ޗެއާމަނަކަށް އަހުމަދު ނަޝީދު (ތުއްތުކޯ) ރޭ އިންތިހާބުކޮށްފި އެވެ.

ދެ ކޮމިޝަނަށް ކުރިމަތިލެއްވީ ޝުއައިބް އާއި ތުއްތުކޯ ކަމަށްވާތީ ކުރިއަށްދިޔައީ ފެންނަ ނުފެންނަ ވޯޓެކެވެ. ކޯޗާސް ކޮމިޝަންގެ ވޯޓުގައި ބައިވެރިވި 20 ކޯޗުންގެ ފުރިހަމަ އަގުލަބިއްޔަތުން ކޯޗު ޝުއައިބް ވަނީ އެ ކޮމިޝަނުގެ ޗެއާ އަކަށް ހޮވިވަޑައިގެންފަ އެވެ. އަދި ތުއްތުކޯ އަށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރެފްރީސް ކޮމިޝަންގެ ޗެއާމަން ކަން ލިބުނީ ވޯޓުގައި ބައިވެރިވި 65 ރެފްރީންގެ ތެރެއިން 56 ވޯޓު ހޯދައިގެންނެވެ. ތުއްތުކޯ އަށް އެ މަގާމު ދޭން ނުފެންނަ ކަމަށް ފަސް ވޯޓު ލިބުނެވެ.

ކޯޗާސް ކޮމިޝަންގެ ހަ މެމްބަރުންގެ ގޮތުގައި ހޮވުނީ ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ކާމިޔާބީތަކެއް ހޯދާފައިވާ އަހުމަދު އަދީލް (ބޭބެ)، ދިވެހި ސިފައިންގެ ކްލަބްގެ ކޯޗު މުމްތާޒް އަލީ (މުންތޭ)، ޕޮލިސް ކްލަބްގެ ކޯޗުކަމުން ދާދި ފަހުން ފެނުނު ފަތުހުﷲ ވަހީދު (ފައްލޯ)، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)، މުހައްމަދު ހަމީދު އަދި ހުސެއިން ޝަރީފް އެވެ.

ރެފްރީސް ކޮމިޝަންގެ ހަ ޖާގަ އަށް 11 ރެފްރީން ކުރިމަތިލި އެވެ. ހޮވުނު ރެފްރީންނަކީ އާދަމް ސިޔާދު، މުހައްމަދު އުނެއިސް، އަބްދުﷲ ޒުހުރީ، މުހައްމަދު އަނީސް، އަހުމަދު ސަލީމް (ކުނޑި) އަދި މުހައްމަދު ޝާމިން އެވެ.

ރޭ ހެންވޭރު ބޯޅަ ގޭގައި ބޭއްވި އިންތިހާބުގައި ވޯޓުލާން ރެފްރީންނާއި ކޯޗުންގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ މީހުން ވަނީ ރީ ރަޖިސްޓްރީކޮށްފަ އެވެ. މި މަހު 15 ގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލިއިރު މުއްދަތު ހަމަވިއިރު 71 ރެފްރީންނާއި 38 ކޯޗުން ވަނީ ރަޖިސްޓްރީވެފަ އެވެ. ވޯޓުގައި ބައިވެރިވީ 65 ރެފްރީންނާއި 20 ކޯޗުންނެވެ.

ވީއޭއެމްގެ ރައީސަކަށް މި މަހު އެއް ވަަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވާ އިންތިހާބުވެވަޑައިގަތީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ރަނޭޝް (ރަނޭ) އެވެ. ވީއޭއެމްގެ އިސް އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެސޯސިއޭޝަންގެ އެކި މަގާމުތަކަށް މީހުން ކަނޑައެޅި އޭވީސީ އާއި އެފްއައިވީބީ އަށް ފޮނުވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox