މަގާމުގެ ގޮތުން ދަ ގްރާންޑޭ އަށް އަދި ޕްރެޝަރެެއް ނެތް: އިންމަ

ގްރާންޑޭގެ މެޗެއްގެ ތެރެއިން އިންމަ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ގްރާންޑޭގެ މެޗެއްގެ ތެރެއިން އިންމަ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލު މި ވަގުތަށް ބަލާއިރު، ދަ ގްރާންޑޭ އޮތް މަގާމުގެ ގޮތުން އަދި އެ ޓީމަށް އެހާ ބޮޑު ޕްރެޝަރެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ލީގު ފަށައިގެން ރަނގަޅު ފޯމެއްގައި އޮތް ދަ ގްރާންޑޭ އެންމެ ފަހުން ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން އެ ޓީމު މެޗަކުން މޮޅުވެފައިވަނީ ފަސް މެޗު ކުރިންނެވެ. ދަ ގްރާންޑޭ މި ވަގުތު އޮތީ 13 މެޗުން 16 ޕޮއިންޓާ އެކު ހަތަރެއްގަ އެވެ.

މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ދަ ގްރާންޑޭގެ ކުޅޭ މެޗުގެ ކުރިން އޮތް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުނީ ބޮޑު އަމާޒަކީ ކުރެވެން ހުރި މަސައްކަތެއް ކޮށްގެން ވިޔަސް ސަސް ބަލިކޮށް މޮޅަކާ އެކު ދެ ވަނަ ބުރު ނިންމާލުން ކަމަށެވެ.

Advertisement

"ބްރޭކެއް އައުމުގެ ކުރިން ކުޅޭ އެންމެ ފަހު މެޗު މިއީ. އެހެންވީމަ އެގޮތަށް ވެސް ވަރަށް މުހިއްމު. އޭގެ އިތުރުން ދެ ވަނަ ބުރުގެ ކުޅުން ފައްޓައިގެން އެހާ ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ. އެހެންވެ ރަނގަޅު ނަތީޖާއާ އެކު ދެ ވަނަ ބުރު ނިންމާލުން ވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ. (އެހެންވެއްޖެނަމަ) ކުޅުންތެރިންނަށް ލިބޭ އިތުބާރާ އެއްޗެހި ބޮޑުވާނެ،" އިންމަ ބުންޏެވެ.

އިންމަ ވަނީ އެ ޓީމަށް މި ވަގުތު ވަކިން ބޮޑު ޕްރެޝަރެއް ނެތް ސަބަބު ކިޔައިދީފަ އެވެ.

"ސަބަބަކީ ޕާފޯމަންސް ރަނގަޅުވަމުން އަންނާތީ. ފުރަތަމަ ބުރުގައި ވެސް ފުދޭ ވަރަކަށް ޕޮއިންޓް ހޯދާފައިވާ ޓީމަކަށްވާތީ. މިހާރު މި އޮތް ޕޮޒިޝަނުން ޕްރެޝަރެއް ނެތް،" މާޒިޔާގެ ހެޑް ކޯޗުކަން ދެ ފަހަރު އަދި ގައުމީ ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތްކުރި އިންމަ ބުންޏެވެ.

ދަ ގްރާންޑޭ އަށް މި ބުރު ދިމާވި އެއް ކަމަކީ ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލައިގެ ސަބަބުން ކުރިމަތިވި އެކި ކަންކަމެވެ. އިންމަ ވަނީ އެ ހުރި ކަންކަން ކުރިއަށް އޮތް މެޗުގެ ކުރިން ހައްލުވާނެ ކަމަށް ޓީމުގެ މެނޭޖްމަންޓުން ބުނެފައިވާ ކަމަށެވެ.

ސަސް ވެސް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުލިބި އޮތްއިރު، އެންމެ ފަހުން ފަސް މެޗުގެ ތެރެއިން އެ ޓީމަށް ލިބިފައިވަނީ އެންމެ މޮޅެކެެވެ. އެއީ މުޅި މުބާރާތުގައި އެ ޓީމު ހޯދި ދެ ވަނަ މޮޅެެވެ. ލީގުގައި އެންމެ މަދުން މޮޅުވި ޓީމަކީ މިހާރު ސަސް އެވެ.

"އަޅުގަނޑު އިދިކޮޅު ޓީމުގެ އެ ލެވަލް އެ އޮތް ހިސާބަށް ނުވިސްނަން. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ޓީމަށް މުހިއްމީ މިހާރު އޮތް ޕޮޒިޝަނުން އެހެން ޕޮޒިޝަނަކަށް (މަގާމަކަށް) ދިއުން،" އިންމަ ބުންޏެވެ.

ރޭ ޔުނައިޓެޑް ވިކްޓްރީން ވެލެންސިއާ ބަލިކުރުމުން ސަސް ވަނީ އެންމެ ފުލަށް ވެއްޓިފަ އެވެ. ގްރާންޑޭ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ސަސް އަލުން ހަތް ވަނަ އަށް އަރާނެ އެވެ. މި ވަގުތު ސަސް އާއި ޔުނައިޓެޑް ވިކްޓްރީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

ގްރާންޑޭ މޮޅުވެއްޖެނަމަ ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ ޕޮއިންޓުގެ ގޮތުން ހަމަކުރެވޭނެ އެވެ. ސަސް އަތުން ބޮޑު ތަފާތަކުން މޮޅުވެގެން ގްރާންޑޭ އަށް ތިން ވަނަ އަށް އެރޭނެ އެވެ. ސަސް އާއި ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox