ގްރީން ސްޓްރީޓްސްގެ ޓާގެޓަކީ ގަދަ ހަޔެއް، އިތުބާރު އެބައޮތް

Sep 30, 2025, 3:40 AM
ގްރީން ސްޓްރީޓްސްގެ ޓާގެޓަކީ ގަދަ ހަޔެއް، އިތުބާރު އެބައޮތް

ކްލަބް ގްރީން ސްޓްރީޓްސް އިން މި ފަަހަރުގެ ސީޒަނަށް ކަނޑައަޅާފައި އޮތް ޓާގެޓަކީ، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމު ތެރޭގައި ނިންމުން ކަމަށާއި އެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

މި ފަހަރުގެ ލީގުގައި ގްރީން ސްޓްރީޓްސް އިން ކުޅުނު ފުރަތަމަ މެޗުން ކްލަބް ވެލެންސިއާ އަތުން 2-1 އިން ބަލިވިއިރު، ދެ ވަނަ މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަތްދަށުވީ 1-0 އިންނެވެ. ތިން ވަަނަ މެޗުގައި، މާދަމާރޭ ކްލަބް އީގަލްސްއާ ކުޅުމުގެ ކުރިން ނިސްތާރު ބުނީ، ކުރިއަށް މި އޮތީ ގްރީން ސްޓްރީޓްސް މިހާރު އޮތް ހާލަތަށް ބަލާއިރު ވަރަށް މުހިންމު މެޗެއް ކަމަށެވެ.

ފުރަތަމަ ދެ މެޗުން ޕޮއިންޓްސް ނުލިބި އިނީމަ، އެއީ ހަމަ، އިތުރު ޕްރެޝަރެއް، އަޅުގަނޑު އެއްގޮތަކަށް ވެސް ދައްކަން ބޭނުންވާ ވާހަކައެއް ނޫން އެއީ ޓައިމް ނުލިބުނޭ، ޕްރެޕަރޭޝަނަށް (ތައްޔާރުވާން ވަގުތު ނުލިބުނޭ)، އެއީ ހަމަ ހުރިހާ ޓީމަކަށް ވެސް އޭތި އައި ކަންނޭނގެ، އެ ވާހަކަ މުހިންމެއް ނޫން، އެ އަށް ވުރެން ކުރިއަށް އޮތް މެޗަށް ތައްޔާރުވުން މުހިންމީ،" މި ހަފްތާގެ މެޗުތަކުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އިން މި ފަހަރުގެ ލީގަށް ނުކުތްއިރު، މިއީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން އެ ޓީމުން ފުޓްބޯޅައިގެ ވާދަވެރި މެޗުތަކަކަށް ނުކުތް ފުރަތަމަ ފަހަރެވެ. ނިސްތާރު ބުނީ، ގްރީން ސްޓްރީޓްސް އެންމެ ފަހުން، ލީގުގައި ވާދަކުރިއިރު ވެސް އޮތީ ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކެއްގެ ސަބަބުން ފީފާ އިން ދިން އަދަބެއްގެ ތެރޭގައި ކަމަށެވެ. އެކަމަކު، ކުރިން ހުރި މައްސަލަތަކުގެ ވާހަކަ ދައްކައިގެން ކުރިއަށް ނުދެވޭނެތީވެ، އެ ކަންކަން މިހާރު މާޒީ އަށް ދޫކޮށްލާފައިވާ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

"އެ ވާހަކައިގައި އެހާ ބޮޑަށް ހިފައިގެން އުޅުމަކީ، އަޅުގަނޑުމެންނަށް، ގްރީން ސްޓްރީޓްސް އަށް ލިބޭނެ ޑިސެޑްވާންޓޭޖެއް. (ފުޓްބޯޅަ އަށް އައި މި ބޮޑު) ބްރޭކް މި އައީ އެއްވެސް މީހެއް ބޭނުންވެގެނެއް ނޫން، އެ އަށް ވުރެން އަޅުގަނޑު ދައްކަން ބޭނުންވަނީ ކުރިއަށް އޮތްތަނުގައި، ރަނގަޅުވާނެ ކަމުގެ އުންމީދު އެބަފެނޭ. އެހެންވީމަ، އެ އަށް ކަންނޭނގެ ބޮޑަށް ފޯކަސް ކުރާނީ،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ އަމާޒަކީ މެޗަކަށް ފަހު، މެޗެއް ކަންކަން ރަނގަޅު ކުރަމުން ދިއުމެވެ. ނިސްތާރު ބުނީ، އެއީ ކޮންމެ ޓީމެއްގެ ވެސް އަދި އެ ހުންނަ ކޯޗެއްގެ ވެސް އަމާޒު ކަމަށާއި ލީގަށް ގްރީން ސްޓްރީޓްސްގެ ޓާގެޓަކީ ގަދަ ހައެއްގައި ނިންމުން ކަމަށެވެ.

"ގްރީން ސްޓްރީޓްސްގެ ސީޒަނުގެ ޓާގެޓަކީ، ޓޮޕް ސިކްސްގައި (ގަދަ ހަ ޓީމުގެ ތެރޭގައި) އިނުން. އިންޝާﷲ އަޅުގަނޑުމެން އޭތި އެޗީވްކުރާނެ،" ނިސްތާރު ބުންޏެވެ.

ކުރިން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާއި އއ. މާޅޮސް ޓީމަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިން ނިސްތާރު ބުނީ ގްރީން ސްޓްރީޓްސްގައި މި ވަގުތު އޮތް ސްކޮޑަކީ އޭނާ ހަވާލުވި އެންމެ ދަށް ސްކޮޑެއް ނޫން ކަމަށެެވެ. އަދި، އެ ކަމަށް ސުވާލެއް ކުރިމަތިވާ ފަރާތަކަށް މި ސީޒަން ނިމުމުން ޖަވާބު ދެވޭ ވަރުގެ ނަތީޖާތަކެއް އެ ޓީމުން ނެރޭނެ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

މި ވަގުތު ފުރަތަމަ ޑިވިޝަނުގައި އޮތް 10 ޓީމަށް ބަލާއިރު، ހުރި ޓީމުގައި އެންމެ ގިނަ ދުވަސްވީ ކޯޗަކީ ނިސްތާރު އެވެ. ގްރީން ސްޓްރީޓްސްގެ ކޯޗުކަމަށް 2020 ވަނަ އަހަރު ހަވާލުވި ނިސްތާރު އަންނަނީ އެ ކްލަބްގައި ޓީމެއް ޑިވެލޮޕްކުރަމުންނެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗުކަމަށް އޭނާ އައިއިރު ވެސް އެ ޓީމުގައި ކުޅުންތެރިންތަކެއް ޑިވެލޮޕްކޮށްގެން ޓީމެއް އެކުލަވާލާ ވާހަކަ ދެކެވުނު ކަމަށާއި އެކަން ކުރަން އޭނާ އަށް ވެސް ހިތްވަރަކަށް ވީ އެ ވިސްނުން ކްލަބްގައި ވެސް އޮތުމުން ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

"ކްލަބަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް އެ ގޮތަށް އޮތުމަކީ، ގިނަ ދުވަހު (އެކުގައި ކުޅުނު ކުޅުންތެރިންތަކެއް)، އެހެން ނަމަވެސް، އައި ފައިނޭންޝިއަލް ޗެލެންޖަސްއާ ހެދި ބައެއް ކުޅުންތެރިން ދިޔައީ. އެހެންވީމަ، އަޅުގަނޑަށް ވަރަށް އިތުބާރު ކުރެވޭ ކުޅުންތެރިން، ފަހުން ޖޮއިން ކުރި ކުދިން ވެސް ހަމަ ވަރަށް ރަނގަޅަށް އިންޓެގްރޭޓްވޭ، ހަަމަ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އީގަލްސް މެޗުން ފެށިގެން، ނިމިފައި އިން ދެ މެޗަށް ވުރެން ރަނގަޅުވާނެއޭ،" ނިސްތާރު ބުންޏެވެ.

މާދަމާރޭ އީގަލްސްއާ ކުޅޭ މެޗުން މޮޅުވާނެތޯ އެހުމުން، ނިސްތާރު ބުނީ، އެއްވެސް މެޗަކަށް ދާއިރު އެއީ މޮޅުނުވެވޭނެ މެޗެއް ގޮތަށް ނުދެކޭ ކަމަށެވެ. އަދި، ކޮންމެ ޓީމަކުން ވެސް ދަނޑުމައްޗަށް ނެރޭނީ 11 ކުޅުންތެރިން ކަމަށާއި ކޯޗެއްގެ ޒިންމާ އަކީ އިދިކޮޅު ޓީމެއްގެ ރަނގަޅު ކަންކަމާއި ބަލިފައިތައް ދެނެގަނެ، ފައިދާނަގައި މޮޅުވެވޭނެ ގޮތަށް ޓީމު ރޭވުން ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox