ސިނޯފާމް ޖެހި މީހަަކަށް ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒު ދީފި

Apr 22, 2021, 8:41 AM
މާލޭގައި މީހަކަށް ވެކްސިން ދެނީ. އެޗްޕީއޭ އިން ބުނީ ދެ ވައްތަރުގެ ވެކްސިން ޖެހުނު މީހާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގައި މީހަކަށް ވެކްސިން ދެނީ. އެޗްޕީއޭ އިން ބުނީ ދެ ވައްތަރުގެ ވެކްސިން ޖެހުނު މީހާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހަކަށް ދެ ވަނަ ޑޯޒުގެ ގޮތުގައި ކޮވިޝީލްޑް ވެކްސިން ދީފި އެވެ.

އޭނާގެ ވެކްސިން ކާޑު ސޯޝަލްމީޑިއާގައި އާއްމުވެ ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ)ން މިއަދު ވަނީ އެކަން ހިނގި ކަން ކަށަވަރުކޮށްދީފަ އެވެ.

އެމްއޭސީއެލްގައި މަސައްކަތް ކުރާ އެ މުވައްޒަފަށް ސިނޯފާމްގެ ފުރަތަމަ ޑޯޒު ޖެހީ މާޗް، 22 ގަ އެވެ. މި ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން ޖެހެނީ ހަތަރު ހަފުތާ ފަހުންނެވެ. މުއްދަތު ހަމަވެ ދެ ވަނަ ޑޯޒު ޖަހަން ރޭ ހުޅުމާލެ ހޮސްޕިޓަލަށް ދިއުމުން އޭނާގެ ގަޔަށް ޖެހީ ރާއްޖޭގައި ގިނަ ބަޔަކަށް ދެމުން އަންނަ ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒެވެ.

އެއެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ތަފާތު ދެ ވެކްސިނެއް ޖެހުނު މީހާގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށެވެ. އެޗްޕީއޭ އިން މަސައްކަތް ކުރަމުން އަންނަނީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ކަމަށް ވިދާޅުވި އެވެ.

ސޯޝަލްމީޑިއާގައި އާއްމުވާ ވެކްސިން ކާޑު: އެޗްޕީއޭ އިން ބުނީ ދެ ވައްތަރުގެ ވެކްސިން ޖެހުނު މީހާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް.
ސޯޝަލްމީޑިއާގައި އާއްމުވާ ވެކްސިން ކާޑު: އެޗްޕީއޭ އިން ބުނީ ދެ ވައްތަރުގެ ވެކްސިން ޖެހުނު މީހާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް.

ސޯޝަލްމީޑިއާގައި އާއްމުވާ ވެކްސިން ކާޑު: އެޗްޕީއޭ އިން ބުނީ ދެ ވައްތަރުގެ ވެކްސިން ޖެހުނު މީހާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް.

"މިކަން ވަރަށް ކައިރިން އަޅުގަނޑުމެން އެބަ ބަލަން، އުސޫލާ ހިލާފަށް ދިޔަ ކަމެއް،" ނާސިރު ވިދާޅުވި އެވެ.

މިކަމުގައި ޑަބްލިއުއެޗްއޯއާ ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާތަނަށް ހެދިފައިވާ ދިރާސާތަކަށް ބަލާއިރު ދެ ވައްތަރެއްގެ ވެކްސިން ޖެހުނަސް ގެއްލުމެއް ލިބޭކަން އެނގިފައި ނެތް ކަމަށް ނާސިރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox