މާފުށީގައި ބަލި ފެތުރެނީ، އެކަމަކު ހާލަތު ގޯހެއް ނޫން

މާފުށީގެ އިމާރާތެއް: ރަށު ތެރޭގައި ރޯގާ ފެތުރެމުންދިޔަ ނަމަވެސް ހާލަތު ގޯސް ނޫން ކަމަށް ހެލްތު ސެންޓަރުން ބުނޭ -- ފޮޓޯ: ކާނި ބީޗް

މާފުށީގެ އިމާރާތެއް: ރަށު ތެރޭގައި ރޯގާ ފެތުރެމުންދިޔަ ނަމަވެސް ހާލަތު ގޯސް ނޫން ކަމަށް ހެލްތު ސެންޓަރުން ބުނޭ -- ފޮޓޯ: ކާނި ބީޗް

ކ. މާފުށީގައި ކޮވިޑް-19 ފެތުރެމުންދިޔަ ނަމަވެސް ރަށުގެ ހާލަތު ގޯސް ނޫން ކަމަށް މާފުށީ ހެލްތު ސެންޓަރުގެ މެނޭޖަރު ސަލްމާން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީގައި އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ރަށަށް ދިވެހިން އަރައި ފޭބުން މަނާކޮށްފަ އެވެ. ނަމަވެސް ޓޫރިސްޓުންނަށް ރަށަށް އަރައި ފޭބުން މަނައެއް ނޫނެވެ.

މާފުށިން މިހާތަނަށް 15 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ބަލިޖެހިފައި ވަނީ ރަށުގެ މީހުންނާއި ރަށުގައި މަސައްކަތް ކުރާ ރަށުން ބޭރު ބިދޭސީ ތިން މީހަކަށެވެ.

"މިހާރު އަޅުގަނޑުމެން މި ކުރަމުންދާ ކަމަކީ ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސް ކުރުން. މިހާތަނަށް އަދި އެ މަސައްކަތް ދަނީ ރަނގަޅަށް،" ސަލްމާން ވިދާޅުވި އެވެ.

މާފުށި ހެލްތު ސެންޓަރުން ބުނީ ރަށު ތެރޭގައި ކޮންމެވެސް ވަރަކަށް ރޯގާގެ އަލާމާތްތައް ވެސް ފެންނަމުންދާ ކަމަށެވެ.

"ރަށު ތެރޭގައި ބައެއް މީހުން އެބަ އުޅޭ ރޯގާ ޖެހިގެން. ހެލްތު ސެންޓަރަށް އަންނަ އެންމެން އަޅުގަނޑުމެން ޓެސްޓު ކުރަމުން މި ދަނީ. އަދި އެހާ ހާލަތު ގޯހެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މާފުށީގައި ބަލި ފެތުރެން ދިމާވި ސަބަބު ހޯދިފައެއް ނުވެ އެވެ. ބަލި ފެތުރުނީ އިންޑިއާއިން އައި ފަތުރުވެރިންތަކެއްގެ ގައިން ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެ އެވެ. ނަމަވެސް އެއީ ދޮގެއް ކަމަށް ހެލްތު ސެންޓަރުން ބުނެ އެވެ.

"ހުރިހާ ފަތުރުވެރިން ވެސް މި އަންނަނީ ނެގަޓިވް ރިސަލްޓެއް ލިބުނީމަ. އެހެންވީމަ ހަގީގަތުގައި ނޭނގޭ ބަލި ފެތުރެން ދިމާވި ސަބަބެއް،" ސަލްމާން ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގެ 26،600 ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 71 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ. މިހާތަނަށް 280،000 ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ އެއް ޑޯޒު މަދުވެގެން ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox