އިންޑިއާ ޓީޓީ ތަރިންގެ ކޭމްޕެއް ރާއްޖެ އަށް

ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (ކ) އާއި އިންޑިއާ ޓީޓީ ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (ކ) އާއި އިންޑިއާ ޓީޓީ ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ޓޭބަލް ޓެނިސް ކުރިއަރުވަން އިންޑިއާ އިން ރާއްޖެ އަށް ކޮށްދޭ ކަންތައްތަކުގެ ތެރެއިން އިންޑިއާގެ އެންމެ މޮޅެތި ކުޅުންތެރިން މުސްތަގުބަލުގައި ރާއްޖޭގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރުމުގެ ވިސްނުން އެބަހުރި ކަމަށް އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ހުންނަަވައި "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ޑުޝްޔަންޓް ވިދާޅުވީ ޓީޓީން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަވެގެން ދިއުމަކީ ހަގީގަތުގައި މި ދެ ގައުމުގެ ގުޅުން އެހެނިހެން ގޮތްގޮތުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށެެވެ.

"ދާދި ފަހުން އިންޑިއާ އިން ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ބިނާކުރަން ދޭ ލޯން އެހީގެ ތެރެއިން އަހަރެމެންނަށް ޓޭބަލް ޓެނިސްގެ ތަރައްގީ އަށް ވެސް ކުރެވިދާނެ ކަންތައްތަކެއް އެބަހުރި. ހަގީގަތުގައި ޓޭބަލް ޓެނިސް އިން މި ދެ ގައުމުގެ ގުޅުން ބަދަހިވުމަކީ މި ކުޅިވަރުން ވެސް އިތުރު ފުރުސަތުތަކެއް މި ދެ ގައުމަށް ފަހިވެގެންދާނެ ކަމެއް،" ޑުޝްޔަންޓް ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު މަހުލޫފާއި ކޮމަންވެލްތު އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އާ އެކު ޔޫތު މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް މަޝްވަރާކުރެވުނު ކަމަށް ޑުޝްޔަންޓް ވިދާޅުވި އެވެ.

އިންޑިއާގެ ހަރްޔާނާ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން އަންނަ ޑުޝްޔަންޓް ވިދާޅުވީ ރާއްޖޭގެ ޓީޓީ ކުރިއެރުވުމުގެ ކަންތައްތައް ވީ އެންމެ ރަނގަޅަށް ކުރިއަށްގެންދިއުމުގެ ގޮތުން އިންޑިއާއާ އެކު ވަކި އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރަން އުއްމީދުކުރާ ކަމަށެވެ.

"ވާހަކަ ދެކެވުނީ ޕްރޮގްރާމެއް ކުރިއަށްގެންދަން. އުއްމީދަކީ ވަރަށް އަވަހަށް އެމްއޯޔޫއެއްގައި ސޮއިކުރެވޭނެ ކަމަށް. އެންމެ ބޮޑު ޓާގެޓަކީ 2028 ވަނަ އަހަރުގެ އޮލިމްޕިކްސްއާ ހަމައަށް ދާންވާއިރަށް ރާއްޖޭގައި އެތައް ސަތޭކަ ޓޭބަލް ޓެނިސް ކުޅުންތެރިންތަކެއް އުފެއްދުން،" ޑުޝްޔަންޓް ވިދާޅުވި އެވެ.

"އަހަރެން މިނިސްޓަރު ގާތުގައި ބުނިން. ރާއްޖޭގެ ޓީމެއް އެކޮޅަށް ފޮނުވައިގެން ދެން މީގެ އެހެން ކަންތައްތަކެއް ފައިނަލްކުރަން. މުސްތަގުބަލުގައި އަހަރެމެންގެ އެންމެ މޮޅު 20 ކުޅުންތެރިން ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމުގެ ވިސްނުން ވެސް އެބަހުރި،"

ޑުޝްޔަންޓް ވިދާޅުވީ ދާދި ފަހުން ދުނިޔޭގެ ޖޫނިއާ ރޭންކިންގެ އަށް ވަނައިގައި ހިމެނުނު ރާއްޖޭގެ ފާތިމަތު ދީމާ އަލީ ފަދަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން މުހިއްމު ކަމަށާއި އިންޑިއާ އާއި ރާއްޖޭގެ މެދުގައި ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމް މެދުވެރިކޮށް އެ ފުރުސަތުތައް ލިބިގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އަހަރެމެންނަށް ރޭވިގެންދާނެ ޕްރޮގްރާމެއް އަހަރެމެންގެ އެންމެ ރަނގަޅު ހަތަރު ފިިރިހެން އަދި އަންހެން ކުޅުންތެރިން ރަނގަޅު ކޯޗުންނާ އެކު މަހެއްހާ ދުވަހަށް ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައި. ރާއްޖޭގެ ކުޅުންތެރިންގެ ޓްރެއިނިން އަށް އިންޑިއާގެ ކޯޗުންނާއި ކުޅުންތެރިންގެ އެހީ ވެސް ވަރަށް ބޮޑަށް ލިބޭނެ މި ޕްރޮގްރާމްގެ ތެރެއިން،" ކޮމަންވެލްތު ޓޭބަލް ޓެނިސް ފެެޑެރޭޝަނުގައި ވެސް އިސް ރޯލެއް ފުރުއްވަމުން އަންނަ ޑުޝްޔަންޓް ވިދާޅުވި އެވެ.

ނުވަދިހަ ފަސް އަހަރުވީ އިންޑިއާގެ ޓީޓީ ފެޑެރޭޝަނުގެ ތާރީހުގައި އެ ފެޑެރޭޝަނުގެ ރައީސްކަމަށް އައި އެންމެ ޒުވާން ރައީސަކީ ޑުޝްޔަންޓް އެވެ. އޭނާ ވިދާޅުވީ ޓީޓީ ކުރިއަރުވަން ރާއްޖެއާ އެކު އިންޑިއާ އިން މި ގާއިމްކުރާ ގުޅުމުގެ ފައިދާ ހުރިހާ ގޮތަކުން ބެލިޔަސް މުހިއްމު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox