މި އަންހެން ރެފްރީ އަށް ރެކޯޑަކަށް ފަހު ރެކޯޑެއް!

Apr 22, 2021, 5:20 AM
ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން ފްރަޕާޓް.-- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން ފްރަޕާޓް.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (އޭޕްރީލް 22) - މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމުގެ ފުރުސަތު ހޯދައި މަޝްހޫރު އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓް އިތުރު ރެކޯޑެއް ގާއިމްކޮށްފި އެވެ.

އޭނާ އަކީ ފިރިހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ރެފްރީގެ ޒިންމާ ނަގާނެ ފުރަތަމަ އަންހެން ރެފްރީ އެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި ވޯލްޑް ކަޕް ކޮލިފައިން (ޔޫރަޕް) އަދި ޔުރޯ ކޮލިފައިންގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ އެވެ. އަދި މި އަހަރުގެ ކްލަބް ވޯލްޑް ކަޕް މެޗެއްގައި ރެފްރީކަން ކޮށް އެ މުބާރާތުގައި ފުރަތަމަ ރެފްރީކަން ކުރި އަންހެން ރެފްރީގެ ޝަރަފް ވެސް ހޯދި އެވެ.

ޔުއެފާ އިން އެންމެ ފުރަތަމަ ފިރިހެން މެޗަކަށް އަންހެން ރެފްރީ އަކު ހަމަޖެއްސީ 2004 ވަނަ އަހަރު އެވެ. އެ ގޮތުން ސްވިޒަލެންޑުގެ އަންހެން ރެފްރީ ނިކޯލް ޕެޓީނިޔާޓް ވަނީ 2004 އިން 2009 އަށް ޔުއެފާ ކަޕް (ޔޫރޮޕާ ލީގު)ގެ ތިން ކޮލިފައިން މެޗެއްގައި އިންސާފުކޮށްފަ އެވެ.

އޭގެ ފަހުން މެދުކެނޑުމަކަށް ފަހު އަންހެން ރެފްރީ އަކު ފިރިހެން މެޗެއްގައި އިންސާފުކުރީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަރުމަނުގެ ފުރަތަމަ ޑިވިޝަނު މެޗެއްގަ އެވެ. ވާޑާ ބްރެމެން އާއި ހާތާ ބާލިން ކުޅުނު މެޗުގައި ރެފްރީކަން ކުރީ ޖަރުމަނުގެ އަންހެން ރެފްރީ ބިބިއާނާ ސްޓޭންހޯސް އެވެ.

މި ފަހުން އެންމެ ބޮޑަށް ފާހަގަވާ އަންހެން ރެފްރީ އަކީ އުމުރުން 37 އަހަރުގެ ފްރާންސަށް އުފަން ފްރަޕާޓް އެވެ. މީގެ ދެ ވަރަކަށް އަހަރު ކުރިން ފަށައިގެން ފްރަޕާޓް އަންނަނީ ފްރާންސް ފުރަތަމަ ޑިވިޝަން މެޗުތަކުގައި ވެސް ރެފްރީކަން ކުރަމުންނެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވާން ފެށީ 2019 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕްގައި ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުގައި ރެފްރީކަން ކުރި ފަހުންނެވެ. އޭގެ ފަހުން އޭނާ ވަނީ ފިރިހެން ފުޓްބޯޅައިގެ ޔޫރަޕްގެ ގިނަ މެޗުތަކެއްގައި އިންސާފުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox