ބޭނުންވިޔަސް ދެން ސުޕަ ލީގު ކުރިއަށްނުދާނެ: ޔުވެންޓަސް ރައީސް އަގްނެލީ

Apr 21, 2021, 11:32 AM
ޔުވެންޓަސްގެ ރައީސް އަގްނެލީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ރައީސް އަގްނެލީ.-- ފޮޓޯ: އޭއެފްޕީ

ޓިއުރިން (އޭޕްރީލް 21) - ޔޫރަޕިިއަން ސުޕަ ލީގު ކުރިއަށް ގެންދަން ބޭނުންވި ކަމުގައި ވިޔަސް ފައުންޑާ މެމްބަރުންގެ ތެރެއިން ގިނަ ކްލަބްތަކެއް ލީގުން ވަކިވެފައިވުމުން ދެން މި ލީގު އިތުރަށް ކުރިއަށް ނުދާނެ ކަމަށް ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވިދާޅުވެއްޖެ އެވެ.

ޔުއެފާ އާއި ފީފާގެ އިތުރުން ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ސުޕަ ލީގު މި ވަގުތަށް ސަސްޕެންޑްކޮށްފައިވާއިރު، ރޭ ޔުވެންޓަސްގެ ރައީސްކަމުން އަގްނެލީ އިސްތިއުފާދިން ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު ޔުވެންޓަސް އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ފައުންޑަ މެމްބަރުންގެ ތެރޭގައި ހިމެނޭ 12 ކްލަބްގެ ތެރެއިން ރަސްމީކޮށް އެ ލީގުން ވަކިވެފައިވަނީ ރޭ ރަސްމީކޮށް އެކަން އިއުލާނުކުރި އިންގްލެންޑްގެ ހަ ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް އަދި ޗެލްސީގެ އިތުރުން މިއަދު ރަސްމީކޮށް ސުޕަ ލީގުން ވަކިވިކަން އިއުލާނުކުރި އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ.

Advertisement

މި ވަގުތު ލީގުން ވަކިވިކަން ރަސްމީކޮށް އިއުލާނުނުކޮށް އޮތީ ބާސެލޯނާ އާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑް އެވެ. އެމެރިކާގެ ވޯލް ސްޓްރީޓްގެ ވިޔަފާރިތައް ފަހަތު އޮވެގެން ފަށަން އަމާޒުހިފާފައިވާ ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ.

ސުޕަ ލީގު ފަށަން ވެގެން ދާދި ފަހުން ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން އިސްތިއުފާ ދެއްވި އަގްނެލީ ވިދާޅުވީ މިހާރު އޮތްގޮތަށް ސުޕަ ލީގު ކުރިއަށްދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"އަހަރެން އަދިވެސް ގަބޫލުކުރަނީ ސުޕަ ލީގަކީ ވަރަށް ފުރިހަމަ ޕްރޮޖެކްޓެއް ކަމަށް. އެކަމަކު މިހާރު މި އޮތް ގޮތުން އަހަރެމެން ކިިހިނެއް މިކަން ކުރަނީ. ކްލަބްތަކުން ވަކިވެ ގޮސްފި. އަހަރެން ގަބޫލެއް ނުކުރަން މި ޕްރޮޖެކްޓް މިހާރު ކުރިއަށްދާ ކަމަށެއް،" އަގްނެލީ ވިދާޅުވި އެވެ.

އިންގްލެންޑްގެ ކްލަބްތަކުން ރޭ ސުޕަ ލީގުން ވަކިވުމާ އެކު އެ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން ފޯމެޓަކަށް ވިޔަސް އެ ލީގުގެ ކަންކަން ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ސުޕަ ލީގުގެ މައްސަލައިގައި އަގްނެލީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ކެފެރިން ވަނީ އަގްނެލީ އަކީ ދޮގު ހަދާ މީހެއްގެ އިތުރުން އޭނާ އަކީ "ހަރުފައެއް"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އަގްނެލީ ވިދާޅުވީ އޭނާ ސުޕަ ލީގަށް ތާއީދުކުރާ ގިނަ ސަބަބުތަކެއް އެބަހުރި ކަަމަށާއި އޭގެ އެންމެ ބޮޑު ކަމަކީ ކްލަބްތައް ޔުއެފާގެ އަޅުވެތިކަމެއްގެ ތެރޭގައި މުބާރާތް ކުޅެފައި ލިބޭ އާމްދަނީ ކުޑަވުން ކަމަށެވެ. އަދި ބޮޑެތި ކްލަބްތަކުން ކުރާ ހަރަދާ ނުބައްދަލު އަދަދެއްގެ ފައިސާއެއް މުބާރާތުން ދޭއިރު މިއީ ފުޓްބޯޅަ ކަހަލަ ބޮޑު ހޭދައެއް ކުރާ އިންޑަސްޓްރީގައި ހުރި މައްސަލަތައްކަން އަގްނެލީ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ބަލަމާ ޔޫރަޕްގެ އެންމެ އަގުބޮޑު މެޗަކީ ޗެމްޕިއަންސް ލީގުގެ ފައިނަލެއް ނޫން. އެންމެ އަގުބޮޑު މެޗަކީ އިނގިރޭސި ޕްލޭއޮފް މެޗު. އޭގެއިން އެބަ ލިބޭ 150 މިލިއަން ޑޮލަރު. މާލީ ގޮތުން ބަލާއިރު ޗެމްޕިއަންސް ލީގު ވެސް ޖެހޭ އޭގެ ހައިބަތާ އެއްވަރުވާން،" އަގްނެލީ ވިދާޅުވި އެވެ.

"އަހަރަމެންނަށް ފެންނަ ފެނުމުގައި 15 އަހަރާއި 24 އަހަރުގެ ދެމެދުގެ ކުދިން ފުޓްބޯޅަ އަށް ޝައުގުވެރިކަމެއް ނެތް. އެ މީހުންނަށް މާ ކަމުދޭ ޑިޖިޓަލް ގޭމެއް ކުޅެލަން ވެސް. މިއީ ފުޓްބޯޅަ އިންޑަސްޓްރީ ފަހަތަށް ދާކަމުގެ ހެކި،"

ސުޕަ ލީގުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވީ ރެއާލްގެ ރައީސް ޕެރޭޒް އެވެ. ޕެރޭޒް ވަނީ ސުޕަ ލީގުގެ މަސައްކަތް ނުހިއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރިން ވިދާޅުވެފަ އެވެ. އެކަމަކު ސުޕަ ލީގުން ޓީމުތައް ވަކިވި ފަހުން ޕެރޭޒް އަދި މީޑިއާ އަށް އިންޓަވިއުއެއް ނުދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox