ޔުވެންޓަސް އިން ނަޕޯލީ ބަލިކުރިއިރު، މިލާނާއި ރޯމާ އެއްވަރު

Jan 26, 2026, 2:06 AM
ޔުވެންޓަސް އިން ނަޕޯލީ ބަލިކުރިއިރު، މިލާނާއި ރޯމާ އެއްވަރު

ޓިއުރިން (ޖެނުއަރީ 26) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އިން 3-0 އިން ނަޕޯލީ ބަލިކުރިއިރު، އޭސީ މިލާނާއި ރޯމާ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނަށް މި ނަތީޖާތަކަށް ފަހު ފަސް ޕޮއިންޓުގެ ލީޑެއް ލިބިފައިވާއިރު، އިންޓަގެ އޮތީ 22 މެޗުން 52 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް މިލާނަށް 22 މެޗުން 47 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ރޯމާ އަށް ވަނީ ހަތަރު ވަނައިގައި އޮތް ނަޕޯލީއާ އެއްވަރަށް 22 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. އަދި، ރޭގެ މޮޅާ އެކު، ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް 22 މެޗުން ވަނީ 42 ޕޮއިންޓް ލިބިފަ އެވެ.

ޔުވެންޓަސްގެ އަލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުން ފުރަތަަމަ ހާފު ވެސް ނިންމާލީ ލީޑުގަ އެވެ. ކުރިން ޔުވެންޓަސް އަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭ މިހާރު ހަވާލުވެހުރި ނަޕޯލީ ކޮޅަށް ޔުވެންޓަސްގެ ފުރަތަމަ ގޯލު ރޭ ޖަހައިދިނީ، 22 ވަނަ މިނިޓްގައި ކެނަޑާގެ ފޯވާޑް، ޖޮނަތަން ޑޭވިޑް އެވެ. މިއީ، ޔުވެންޓަސްގެ އިޓަލީ މިޑްފީލްޑަރު، މެނުއަލް ލޮކަޓެއްލީ ދިން ބޯޅައަކުން ޑޭވިޑް ޖެހި ގޯލެކެވެ.

މެޗުގައި ޔުވެންޓަސް އިން ގިނަ ވަގުތު އެއް ލަނޑުގެ ލީޑެއްގައި އޮތްއިރު، ތިން ޕޮއިންޓް ކަށަވަރުކުރަން ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހު ވަގުތުގަ އެވެ. އެ ގޮތުން، 77 ވަނަ މިނިޓްގައި، ތުރުކީގެ ވިންގް، ކެނާން ޔިލްޑިޒް، ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖެހިިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ހުއްޓައި، ފަހު ލަނޑު ޖެހީ، ފިލިޕް ކޮސްޓިޗް އެވެ.

ރޯމާ ދަނޑުގައި މިލާނުން ލޫކަ މޮޑްރިޗް ދިން ބޯޅައަކުން ކޯނި ޑި ވިންޓާ ޖެހި ގޯލުން ދެ ވަނަ ހާފުގައި ލީޑުނެގި އެވެ. މޮޑްރިޗްގެ ހުރަހުން ޑި ވިންޓާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އެކަމަކު، މިލާނަށް ލީޑުގައި މެޗު ނިންމައިލެވޭ ގޮތެއްނުވި އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ރޯމާ އިން މެޗުގައި ޕޮއިންޓެއް ހޯދީ 74 ވަަނަ މިނިޓްގައި ލޮރެންޒޯ ޕެލެގްރީނީ ވައްދާލި ޕެނަލްޓީންނެވެ. މިއީ، މިލާނުގެ ޑޭވިޑް ބާޓެސާޖީ އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ކަށަވަރުކޮށްފައި ދިން ޕެނަލްޓީއެކެވެ.

މިލާނަށް އަލުން ލީޑުނަގައިދޭން ޖަރުމަނުގެ ފޯވާޑް، ނިކްލަސް ފުލްކްރޫގް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox