ޕްރެޝަރު ބޮޑުވެ ޕްރިމިއާ ލީގުގެ ކްލަބްތައް ޔޫރަޕިއަން ސުޕަ ލީގުން ވަކިވެއްޖެ

Apr 20, 2021, 10:24 PM
ޕްރެޝަރު ބޮޑުވެ ޕްރިމިއާ ލީގުގެ ކްލަބްތައް ޔޫރަޕިއަން ސުޕަ ލީގުން ވަކިވެއްޖެ

ލަންޑަން (އޭޕްރީލް 21) - އިނގިރޭސި ސަރުކާރާއި ސަޕޯޓަރުން އަދި ޔުއެފާގެ ޕްރެޝަރު އިންތިހާ އަށް ބޮޑުވުމާ އެކު ޔޫރަޕިއަން ސުޕަ ލީގުން ރަސްމީކޮށް ވަކިވާން އިނގިރޭސި ހަ ކްލަބުން ނިންމައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ޔުއެފާ އާއި ފީފާ އިން އިންޒާރު ދެމުން ދަނިކޮށް ސުޕަ ލީގު އިއުލާނުކުރިއިރުގައި ފައުންޑަރުންގެ ގޮތުގައި ތިބި 12 ކްލަބްގެ ތެރޭގައި އިންގްލެންޑްގެ ހަ ކްލަބް ހިމެނެ އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް އެވެ.

ސުޕަ ލީގު ދޫކޮށްލިކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރި ކްލަބަކީ ސިޓީ އެވެ. އޭގެ ފަހުން ދެން އޮތް ފަސް ކްލަބުން ވެސް ކުރީ އެވެ. ސުޕަ ލީގުގެ ޗެއާމަނަކަށް ހުރި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މިއަދު ވަނީ އެގްރީމެންޓްގައި ސޮއިކޮށްފައިވާ އެއްވެސް ކްލަބަކަށް ދެން ފަހަތައް ޖެހެން ފަސޭހަނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު މެޑްރިޑްގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފައުންޑަރު މެމްބަރުންގެ ގޮތުގައި ތިބި ކްލަބްތަކުގެ މެޖޯރިޓީ އޭގެއިން ވަކިވެއްޖެނަމަ މުބާރާތް ޖެހޭނީ ހުއްޓާލާށެވެ. އެ ހިސާބުން އެ ޕްރޮޖެކްޓަށް ނިމުން އައީ އެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުން ރަސްމީކޮށް ސުޕަ ލީގުން ވަކިވިއިރު، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވެސް ވަރަށް އަވަހަށް ސުޕަ ލީގުން ވަކިވާނެ އެވެ. މިއާ އެކު ސުޕަ ލީގު ހުއްޓުމަކަށް އަންނާނެ އެވެ.

އާސެނަލްގެ ކުރީގެ ކޯޗު އަދި ފީފާގެ ގްލޯބަލް ޑިވެލޮޕްމަންޓްގެ ހެޑް އާސެން ވެންގާ މިރޭ ބީން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފުޓްބޯޅައިގެ އިތުރުން ކުޅިވަރުގެ ހުރިހާ އުސޫލަކާ ހިލާފަށް ހަދާފައިވާ މުބާރާތެއް ކުރިއަށް ނުދާނެކަން އޭނާ އަށް މާ ކުރިން ވެސް އެނގޭ ކަމަށެވެ. އަދި މި ލީގުގައި ބައިވެރިވި އިނގިރޭސި ކްލަބްތަކަށް ކޮންމެވެސް ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ވެންގާ ގަބޫލުކުރެ އެވެ.

ސުޕަ ލީގުގެ ކަންތައްތަކާ އެންމެ އިސްކޮށް އުޅުނު ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް މި އަހަރަށް ފަހު މަގާމުން ވަކިވާނެ އެވެ. އެކަން އެ ކްލަބުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

ސުޕަ ލީގާ ދެކޮޅަށް ކްލަބްތަކުގެ ސަޕޯޓަރުން އެ ޓީމުތަކުގެ ހޯމް ސްޓޭޑިއަމް ބޭރުގައި މިއަދު އަޑުއުފުލައި ބެނާ ހަރުކުރުމުގެ އިތުރުން މުޒާހަރާކުރި އެވެ. އަދި އިނގިރޭސި ސަރުކާރުން ވެސް ވަނީ ސުޕަ ލީގާ ދެކޮޅަށް ޕްރިމިއާ ލީގުން އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ. ސުޕަ ލީގުގައި ބައިވެރިވި އެއްވެސް ޓީމެއްގެ ކޯޗެއް އެ އަށް ތާއީދުކޮށް ވާހަކަ ދައްކާފައިނުވެ އެވެ. ސުޕަ ލީގުގައި ބައިވެރިނުވާން ކްލަބްތަކުން ނިންމި ނިންމުމަށް ކުޅުންތެރިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީން މަކަރު ހެދިކަމުގެ 100 އަށް ވުރެން ގިނަ މައްސަލަ ސާބިތުވި

މެންޗެސްޓާ ސިޓީން މާލީ ގަވާއިދުތަކާ ހިލާފުވެ، މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެރެއިން 100 އަށް ވުރެ ގިނަ މައްސަލަ އެ ކްލަބުގެ މައްޗަށް ވަނީ ސާބިތުވެފައި. މީގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި، މުސާރައިގެ ތަފްސީލު އޮޅުވާލުމުގެ އިތުރުން ތަހުގީގަށް އެއްބާރުލުން ނުދިން މައްސަލަތައް ހިމެނޭ

ނަބީ އޭޝިއަން ގޭމްސް ދެ ވަނަ ބުރަށް

އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގެ ފުރަތަމަ މެޗުގައި މޮންގޯލިއާގެ ކުޅުންތެރިޔާ ބަލިކޮށް، ރާއްޖޭގެ އައިމިނަތު ނަބީހާ ދެވަނަ ބުރުން ޖާގަ ހޯދައިފި. ނަބީހާގެ އިތުރުން ފާތިމަތު ނަބާހާ އާއި ނިބާލް އަހުމަދު ވެސް ދެ ވަނަ ބުރުގައި ވާދަކުރާއިރު، ޒަޔާން ޒަކީ ވަނީ ފުރަތަމަ ބުރުގެ މެޗުން ބަލިވެ މުބާރާތުން ކަޓާފައި.

ގާޑިއޯލާ އަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫން: ބޮނޫޗީ

2016 ވަނަ އަހަރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ކްލަބަށް ބަދަލުވުމަށް ދިން ފުރުސަތު ދޫކޮށްލުމަކީ ކެރިއަރުގައި ކުރި އެންމެ އުނދަގޫ ކަންތައް ކަމަށް އިޓަލީގެ ކުރީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނެފިއެވެ. އޭނާ ބުނިގޮތުގައި ގާޑިއޯލާގެ ހުށަހެޅުމަށް ނޫނެކޭ ބުނީ ޔުވެންޓަސްއާ އެކު ދެކެމުންދިޔަ ހުވަފެންތައް މާ ބޮޑުވުމުންނެވެ.

ރާއްޖެ އަށް ޝޮޓެއް ވެސް ނުޖެހި ޗައިނާ މޮޅުވުމަކީ ކާމިޔާބެއް: ކޯޗު

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ޗައިނާ ކާމިޔާބުކުރިއިރު، ރާއްޖެއަށް ޝޮޓެއް ފޮނުވާލުމުގެ ފުރުސަތު ނުދީ މެޗު ކޮންޓްރޯލް ކުރުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ޗައިނާގެ ކޯޗު ބުނެފި މި މެޗުގައި ޗައިނާގެ ވަން ޒިމިން ހެޓްރިކެއް ހެދިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ އަތުން ޗައިނާ ޖެހިޖެހިގެން މޮޅުވި ހަތް ވަނަ މެޗު

ކުރިން ރާއްޖޭގެ ފުޓްބޯޅަ އޮތް ލެވަލަށް ދާން ވަގުތު ނަގާނެ

ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް ފެންވަރަށް ގެންދިއުމަށް ވަގުތު ބޭނުންވާ ކަމަށާއި، މިހާރު ޓީމަށް ދިމާވެފައިވާ މައްސަލަތަކުގެ އަސްލަކީ ފާއިތުވި އަހަރުތަކުގައި ގައުމީ ޓީމަށް ދިމާވި ކަންތައްތައް ކަމަށް ކޯޗު އުރްބާނީ ބުނެފި. ރާއްޖޭގެ ފެންވަރު ރަނގަޅުކުރަން އޮތް އެންމެ ބޮޑު ފުރުސަތަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ވަރުގަދަ މެޗުތަކެއް ކުޅުން

ކްލޮޕާއި ޒަވީގެ ފުރަތަމަ މެޗު: ޖަރުމަނާއި ނެދަލެންޑްސް އެއްވަރު

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، މިއީ އެ ދެ ގައުމުގެ އާ ކޯޗުން ކަމަށްވާ ޔާގަން ކްލޮޕާއި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. ފީލިކްސް އެންމެޗާގެ ލަނޑުން ޖަރުމަނުން ލީޑު ނަގާފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ޖެހި ލަނޑުން ނެދަލެންޑްސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އިންޑިއާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: އަންޗެލޮޓީ

އިންޑިއާގެ އާބާދީ ބޮޑުވި ނަމަވެސް ފުޓްބޯޅައިގައި އެ ގައުމު ފަހަތުގައި އޮތީ ފުޓްބޯޅައިގެ ސަގާފަތެއް ނެތުމުން ކަމަށް ބްރެޒިލްގެ ކޯޗު އަންޗެލޮޓީ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި އިންޑިއާގެ ފުޓްބޯޅަ ކުރިއެރުވޭނީ އާ ޖީލުތަކެއް ބިނާކޮށް، ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށްގެން

Newsletter

Get the latest news delivered straight to your inbox