މި ވަގުތަށް ސަސްޕެންޑް، ކްލަބްތައް ވަކިވާތީ ސުޕަ ލީގުގެ ފޯމެޓަށް ބަދަލުތަކެއް

Apr 21, 2021, 8:04 AM
ސުޕަ ލީގުގެ ޗެއާމަން އަދި ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް.-- ފޮޓޯ: އޭއެފްޕީ

ސުޕަ ލީގުގެ ޗެއާމަން އަދި ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 21) - އިނގިރޭސި ހުރިހާ ކްލަބްތަކުން ރަސްމީކޮށް ޔޫރަޕިއަން ސުޕަ ލީގުން ވަކިވެފައިވާއިރު، އިތުރު ކްލަބްތަކެއް ވެސް ލީގުން ވަކިވާން ނިންމާފައިވާތީ ސުޕަ ލީގުގެ ފޯމެޓަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

ފީފާ އާއި ޔުއެފާގެ އިންޒާރުތަކަށް ބެލުމެއް ނެތި މިދިޔަ އާދިއްތަ ދުވަހު ސުޕަ ލީގު އިއުލާނުކުރީ 12 ފައުންޑާ ކްލަބާ އެކު އެވެ. އެ ކްލަބްތަކަކީ ރެއާލް މެޑްރިޑް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާސް، ޔުވެންޓަސް، އޭސީ މިލާން އަދި އިންޓަ މިލާން އެެވެ.

ދެ ފެޑެރޭޝަނާއި އިނގިރޭސި ސަރުކާރާއި ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ރޭ އިނގިރޭސި ކްލަބްތަކުން ވަނީ ރަސްމީކޮށް ސުޕަ ލީގުން ވަކިވެފަ އެވެ. ބާސެލޯނާ، އެތުލެޓިކޯ، މިލާން އަދި އިންޓަ ސުޕަ ލީގުން ވަކިވިކަން ރަސްމީކޮށް މިއަދު އިއުލާނުކުރާނެ އެވެ.

Advertisement

ސުޕަ ލީގުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ލީގުން އަދިވެސް ގަބޫލުކުރަނީ ޔޫރަޕްގެ ފުޓްބޯޅަ އަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް އަދި ގަބޫލުކުރަން ޖެހޭ ކަމަށެވެ. ފުޓްބޯޅަ ޕިރަމިޑްގެ ތެރެއިން ވެސް ކްލަބްތަކަށް ހައްގުވާ މާލީ މަންފާ އިންސާފުވެރިކަމާ އެކީ ލިބެން ޖެހޭނެ ކަމަށެވެ.

މެޑްރިޑްގެ ކޯޓަކުން އިއްޔެ ވަނީ ސުޕަ ލީގުގެ މަސައްކަތް ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށާއި ޔުއެފާ އާއި ފީފާ އަށް އެކަން ނުހުއްޓުވޭނެ ކަމަށް ބުނެ އަމުރެއް ނެރެފަ އެވެ. ސުޕަ ލީގުން ބުނީ އެ އަމުރުން އެނގޭ ކަަމަކީ ސުޕަ ލީގު އުފައްދަން މަސައްކަތްކޮށްފައިވަނީ އެއްވެސް ގާނޫނަކާ ހިލާފުނުވެ ކަމަށާއި ގަވާއިދުތަކުގެ ތެރެއިން ކަން ސާފުވާ ކަމަށެެވެ.

"އެކަމަކު މެދުކެނޑުމެއްނެތި ކުރިމަތިކުރުވަމުން މި އަންނަ ޕްރެޝަރުގެ ސަބަބުން އިނގިރޭސި ކްލަބްތައް މި ވަނީ ވަކިވެފައި. އިތުރު ކްލަބްތައް ވެސް ވަކިވުމުގެ ފުރުސަތު އެބައޮތް. އެހެންވީމަ މި ހިސާބުން ވިސްނަންވީ މިކަން ދެން ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދަން. އެގޮތުން ދެން ދިރާސާކުރަންވީ ފޯމެޓަށް ގެނެވޭނެ ބަދަލުތަކަށް،" ސުޕަ ލީގުގެ ބަޔާނުގައިވެ އެވެ.

އެންމެ ފުރަތަމަ ރަސްމީކޮށް ސުޕަ ލީގުން ވަކިވީ ސިޓީ އެވެ. މިހާތަނަށް ރަސްމީކޮށާއި ނުރަސްމީކޮށް ލީގުން ވަކިވާން ނިންމި ކްލަބްތަކުގެ އަދަދު އުޅެނީ 10 ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މެޑްރިޑްގެ އޮފިޝަލުންނާ ހަވާލާދީ އިއްޔެ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފައުންޑަރު މެމްބަރުންގެ ގޮތުގައި ތިބި ކްލަބްތަކުގެ މެޖޯރިޓީ އޭގެއިން ވަކިވެއްޖެނަމަ މުބާރާތް ޖެހޭނީ ހުއްޓާލާށެވެ. އެ ހިސާބުން އެ ޕްރޮޖެކްޓަށް ނިމުން އައީ އެވެ.

ގިނަ ބަޔަކަށް ސުޕަ ލީގާ ދެކޮޅުވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގުން ވަކިވެ އަމިއްލަ ލީގެއް އުފައްދާއިރު އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަންގެ ފަންޑެއް ބޭނުންކުރާއިރު، މުސްތަގުބަލުގައި ފުޓްބޯޅައިގެ މާކެޓްގެ ބޮޑު ކޮންްޓްރޯލެއް އެމެރިކާގެ ވޯލް ސްޓްރީޓް އަށް ލިބިދާނެ މައްސަލައިގަ އެވެ. އަދި ފުޓްބޯޅަ ކޯޗުންގެ ކަންބޮޑުވުމަކީ ސަޕޯޓަރުން ހިތްހަމަނުޖެހޭ ލީގެއްގައި ކްލަބްތައް ކުޅޭއިރު، އެ ލީގުގެ ފޯމެޓްގައި ފައުންޑާ ކްލަބްތައް ރެލިގޭޓްނުވާ ގޮތަށް ގަވާއިދު އޮތުމަކީ ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް ކަމަށްވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox