ވޮލީ ރެފްރީންނާއި ކޯޗުންގެ ކޮމިޝަންގެ އިންތިހާބު ހުކުރު ދުވަހު

Apr 20, 2021, 12:15 PM
ވޮލީ ރެފްރީންނާއި ކޯޗުންގެ ކޮމިޝަންގެ އިންތިހާބު ހުކުރު ދުވަހު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރެފްރީސް އަދި ކޯޗިން ކޮމިޝަންގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި, އަންނަ ހުކުރު ދުވަހު އިންތިހާބު ބާއްވަން ތާވަލުކޮށްފި އެވެ.

ވީއޭއެމް އިން މިއަދު ގެޒެޓްކުރި ދެ އިއުލާނެއްގައިވާ ގޮތުން ރެފްރީސް ކޮމިޝަނާއި ކޯޗިން ކޮމިޝަންގެ އިންތިހާބު ހުކުރު ދުވަހުގެ ރޭ ހެންވޭރު ބޯޅަ ގޭގެ ސެމިނާ ރޫމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެެވެ. އަދި ވީއޭއެމްގެ މި ދެ ކޮމިޝަނަށް ކުރިމަތިލަން ބޭނުންވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމް ފުރުމަށް ފަހު ވީއޭއެމް އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އިންތިހާބުގައު ވޯޓުލާން ރެފްރީންނާއި ކޯޗުންގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ މީހުން ދާދި ފަހުން ވަނީ ރީ ރަޖިސްޓްރީކޮށްފަ އެވެ. މި މަހު 15 ގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލިއިރު މުއްދަތު ހަމަވެފައިވަނީ އިއްޔެގެ ނިޔަލަށެވެ. އިއުލާންގެ ދަށުން ރީ ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ވަނަވަރު ހިމެނޭ ލިސްޓް ވަނީ އާންމުކޮށްފަ އެވެ. އެ ގޮތުން މި އިންތިހާބުތަކުގައި 71 ރެފްރީންނާއި 38 ކޯޗުން ވޯޓުލާނެ އެވެ.

އިންތިހާބާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަށް ބޭނުންވާ ފަރާތްތަކުން ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ލިޔުމަކުން ވީއޭއެމަށް ހުށަަހަޅަން ޖެހޭނެ ކަމަށް ވީއޭއެމްގެ އިއުލާނުގައިވެ އެވެ.

މި މަހު އެއް ވަނަ ދުވަހު ބޭއްވި ވީއޭއެމްގެ ރައީސަކު ހޮވަން ބޭއްވި އިންތިހާބު ކާމިޔާބުުކުރެއްވީ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މުހައްމަދު ރަނޭޝް އެވެ. ކުރީގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ)އާ ވާދަކޮށް ރަނޭ ކުރި ހޯދީ އިންތިހާބުގައި ވޯޓު ލި ހަ ކްލަބްގެ ވޯޓާ އެކު އެވެ. ވޯޓު ލުމުގެ ފުރުސަތު ލިބުނު ނަމަވެސް ތިން ކްލަބެއް އެ އިންތިހާބުގައި ވޯޓުނުލާން ނިންމި އެވެ. އެއީ އިއްލަ އަށް ތާއީދުކުރާ ކްލަބްތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox