ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލަނީ

ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލަނީ

ތ. ގާދިއްފުއްޓާއި ލ. މާވަށުގެ ވޯޓު ފޮށިތަކެއްގެ ވޯޓު އަލުން ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އަލުން ވޯޓު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ، އެ ވޯޓު ފޮށިތަކަށް ދާއިރާ ނޫން ބަޔަކު، އޮޅިގެން ވޯޓުލާފައިވާކަން ސާބިތުވުމާ ގުޅިގެންނެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި، އަލުން ވޯޓުލާން ޖެހޭ ފޮށިތަކަށް ދާއިރާ ނޫން ބަޔަކު ވޯޓުލާފައިވާއިރު އެއީ ނަތީޖާ ބަދަލުވެދާނެ ފަދަ ކަމެއް ކަމަށެވެ. އެއީ، އެންމެ މަތިން ވޯޓު ހޯދި ކެންޑިޑޭޓުންގެ ފަރަގު ކުޑަވެ އެވެ.

Advertisement

ގާދިއްފުށީގައި އަލުން ވޯޓު ބާއްވަން ޖެހެނީ އެ ރަށުގައި ބެހެއްޓި އެއް ވޯޓު ފޮށީގަ އެވެ. އެ އިންތިހާބު ކުރިއަށް ދާނީ، ނަތީޖާއަށް ބަދަލު އައިސްދާނެ ގޮތަކަށް ނަތީޖާ ލިބިފައިވާ ދެ އަންހެން ކެންޑިޑޭޓުންގެ މެދުގަ އެވެ.

މާވަށުގައި އަލުން ވޯޓުލުމަށް ހަމަޖެހިފައިވަނީ އެހެން ދާއިރާއެއްގެ ދެ މީހަކު ވޯޓުލާފައިވާ ވޯޓު ފޮއްޓެއްގައި ކައުންސިލް ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ. އޭގެއިތުރުން ކައުންސިލް ދެ މެންބަރެއް ހޮވުމަށް ލާފައިވާ ވޯޓުގައި ވެސް ނަތީޖާ ބަދަލުވެދާނެފަދަ ފަރަގެއް އޮތުމުން އެ ދެ ކެންޑިޑޭޓުންގެ މެދުގައި ވެސް އިންތިހާބު އޮންނާނެ އެވެ.

މި ތިން އިންތިހާބު އޮންނާނެ ވަކި ދުވަހެއް ކަނޑަނާޅާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި، އަލުން ވޯޓުލުމަށް ބާއްވާ އިންތިހާބުގައި ވެސް ވޯޓު ލެވޭނީ އެ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު، އެ އިންތިހާބަކީ ޝަކުވާތައް ގިނަ އިންތިހާބަކަށް ވަނީ ވެފަ އެވެ. އެފަދަ ޝަކުވާތައް އިލެކްޝަން ކޮމިޝަނުން ބަލަމުންދާއިރު ބައެއް ފޮށިތަކުގެ ސެކިއުރިޓީ އުރަ ކެނޑުމަށް ވެސް ވަނީ ނިންމާފަ އެވެ.

ބާތިލް ވޯޓު ވެސް އިންތިހާބުގައި ގިނައިރު، އެ ގުނި ގޮތާމެދު އެމްޑީޕީން ވަނީ ކަންބޮޑުވެފަ އެވެ. އެ ޝަކުވާތައް ކޮމިޝަނަށް ވެސް އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox