ކޮލަމް: މައްސަލަތަކެއްގެ ތެރޭގައި ކޯލިޝަން ނުމެކެވި ނުމެދިރި!

ކެބިނެޓްގެ ބައްދަލުވުމެއްގައި ރައީސް އާއި މިނިސްޓަރުން: ސަރުކާރުގެ އެތެރޭގެ މައްސަލަތައް މަދެއް ނޫން - ފޮޓޯ: ރައީސް އޮފީސް

ކެބިނެޓްގެ ބައްދަލުވުމެއްގައި ރައީސް އާއި މިނިސްޓަރުން: ސަރުކާރުގެ އެތެރޭގެ މައްސަލަތައް މަދެއް ނޫން - ފޮޓޯ: ރައީސް އޮފީސް

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، "ރައީސްގެ އެ ވައުދު އެ ވަނީ ފުއްދަވާފައޭ،". އުހޫނ... ހަވާލުވެ ހުންނެވި މިނިސްޓަރު ވިދާޅުވީ "އަދި ކަމުދާވަރުގެ އެއްވެސް ބަދަލެއް ގެނެވިފައި ނެތޭ".

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މަޝްހޫރު ވައުދުފުޅު ކަމުގައިވާ އިންޓަނެޓް އަގުހެޔޮ ކުރުމާ ގުޅިގެން މި ފަހުން ސަރުކާރުގެ ވާހަކަ ހުރި ގޮތެވެ.

އޭގެ ދެތިން ދުވަސްކުރި އެވެ. ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލަކު ގުޅުއްވައި ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތް ނޭޅި ލަސްވަނީ އެ މިނިސްޓްރީއާ ހެދި ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވާހަކަ ފަތުރާ ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުން، ދެ މިނިސްޓްރީން ގުޅިގެން އެ ބިން ސާފުކުރުމުގެ މަސައްކަތް ކުރިޔަސް "ކޯޑިނޭޝަނެއް" ނެތެވެ.

އެ މައުލޫގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކަށް ގުޅުމުން އޭނާގެ ވާހަކަ ވެސް ހުރީ އަނެއް ކޮޅަށެވެ. އޭނާ ވިދާޅުވި ގޮތުން ހެރިޓޭޖް މިނިސްޓްރީން އުޅެނީ މަސައްކަތް ލަސްވާ ގޮތަށެވެ. ސަރުކާރުން ބޭނުންވެގެން ރޯދައަށް އަޅަން އުޅުނު އެ މިސްކިތްތަކެއް މި ވާހަކަތަކެއްގެ މެދުގައި ފިތި، އަދިވެސް އެޅޭ ގޮތެއް ނުވި އެވެ.

މިހެން އެތައް ކަމެއް ދެއްކިދާނެ އެވެ؛

ސަރުކާރުގެ ތެރޭގައި އެކަމަކު، ވަކިވަކިން މިހެން ހިނގާ ކަންތައްތަކުން ދޭހަކޮށްދޭ ކަމަކީ ކޯޑިނޭޝަން ނުވަތަ އެކުގައި މަސައްކަތް ކުރުމުގެ މައްސަލަތަކެއް އުޅޭ ކަމާއި ޖެއްސުން ކުރުން އޮތް މިންވަރެވެ. ނުވަތަ، ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން މިނިސްޓްރީތަކުގެ މެދުގައި ވެސް އޮތީ އެވެ. ކޯލިޝަން ކެބިނެޓަކަށްވުމުން އެއީ ވެދާނެ ކަމެކެވެ.

"އިންޓަނެޓްގެ އަގު ހެޔޮ ނުކުރީ އެމްޑީޕީގެ ވަޒީރެއް ނޫންވީމަ،" ޖުމްހޫރީ ޕާޓީގެ ތެރޭން ކެބިނެޓްގައި ހުންނެވި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވީ ވެސް އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ހުރިހާ ކަމެއް ނިންމައި 2019 ވަނަ އަހަރުގެ ތެރޭގައި ރައީސް އޮފީހަށް ފޮނުއްވެވިކަން ފާހަގަ ކުރައްވަމުންނެވެ.

ރައީސް އޮފީހުގެ އެމްޑީޕީގެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ މޭޒެއްގެ މަތީގައި އެކަމެއް އަދިވެސް އޮތީ އެވެ.

އިންޓަނެޓެއް ވެސް އެހެން ވެސް އެއްޗަކުން ހެވެއްވީއެއް ނޫނެވެ. މިކަމަކީ، ހުދު ރައީސް ސޯލިހަށް ވެސް އެނގިވަޑައިގަންނަވާ ކަމެކެވެ. މިނިސްޓްރީތަކުގެ ދެމެދުގައި އޮތް ވާދަވެރިކަމާއި ކޯޑިނޭޝަންގެ މައްސަލާގައި އެމަނިކުފާނު އަމިއްލަފުޅަށް ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"މިވީ ދުވަސްކޮޅުގެ ތެރޭގައި ވެސް މިނިސްޓްރީތަކުގެ މެދުގައި އޮތް ވާދަވެރިކަމާއި ގޮތް ދޫނުކުރުމުގެ ސިޔާސަތުގެ ސަބަބުން ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހުނު،" ތިމާވެށީގެ ހަފުލާއެއްގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް އޭގެ އެއް ހާދިސާއެއް ހިއްސާ ކުރައްވަމުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެއްވެސް ރަށަކުން އަދި ފަޅަކުން ވެލި ނުނެގޭ ގޮތަށް އުސޫލެއް ނެރެ އިއުލާންކުރުމާ އެކު، އެމަނިކުފާނަށް އޮފީހަށް ނުވަދެވެނީސް އެހެން މިނިސްޓްރީތަކުގެ ޝަކުވާތަކާއި ކޯލްތައް އައި ކަމަށެވެ.

"އެފަދަ ވާދަވެރިކަމުގެ ސަބަބުން ދިމާވާ ނަތީޖާ ތަޖުރިބާ ކުރެވޭ،"

އެ ވާހަކަފުޅެއް ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރު، 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު އޮތް މައްސަލަ އަދިވެސް އެ އޮތް ގޮތަށް ނޫނީ އެއަށް ވުރެ ބޮޑަށް އަދިވެސް އޮތީ އެވެ. ހައްލެއް ރައީސްއަށް ވެސް ނުހޯދުނު މި މައްސަލައިގެ ސަބަބުން މަޝްރޫއުތައް ހުއްޓި ނޫނީ ލަސްވާކަން ރައީސް ވެސް އެވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މިނިސްޓްރީތަކާ ދެމެދު މި އޮންނަ ވާދަވެރިކަމެއް ބޮޑުވާން ޖެހޭ މައިގަނޑު ސަބަބަކީ، ކޯލިޝަންގެ މެދުގައި ފިކުރު ތަފާތު ޕާޓީތަކެއް އޮތުމުން ކަމަށް ބުނެވިދާނެ އެވެ. އެމްޑީޕީއާ މުޅިން އެހެން ފިކުރެއްގެ އެމްއާރްއެމުން ކަމެއް ކުރިޔަ ދޭން އެމްޑީޕީ ބޭނުން ވެދާނެ ހެއްޔެވެ؟ އެމްޑީޕީއަކީ މާ ކަންކަން ވާ ބައެއް ކަމަށް ދައްކަން، އެމްއާރްއެމް، ޖުމްހޫރީ ޕާޓީ ނޫނީ އަދާލަތު ޕާޓީން ބޭނުން ވެދާނެ ހެއްޔެވެ؟

ކޮންމެ ޕާޓީއެއް ވެސް އިސް ކުރާނީ އެ ޕާޓީއެއްގެ އަމިއްލަ ސިޔާސީ މަސްލަހަތު ހެން ހީވެ އެވެ.

ތިރީސް އަހަރު ވެރިކަން ކުރެއްވި، ރައީސް މައުމޫން އުފައްދަވާފައިވާ އެމްއާރްއެމްގެ ހައިބަތު އަދި އެހާ ބިޔަ ނޫންނަމަވެސް، ސަރުކާރުގެ މުހިންމު ސިޔާސަތަކާ ގުޅިފައި އޮތް ހައުސިން މިނިސްޓްރީ ލިބުނެވެ. ކަމެއް ކުރިޔަ ނުދިންތާ، އެކިއެކި ޕްރެޝަރުތަކާހުރެ އެންމެ ފަހުން މިނިސްޓަރު ވެސް އެއްފަރާތްވީ އެވެ. އެހެން ވިޔަސް، ހައުސިންގެ މެންޑޭޓްގެ ތެރޭގައި އޮތް ބޯހިޔާވަހިކަމެއް ރައްޔިތުންނަށް އަދިވެސް ނުލިބޭއިރު އޭގެ ޒިންމާ އުފުލަން ޖެހުނީ އިސްތިއުފާ ދެއްވި އެމްއާރްއެމްގެ މިނިސްޓަރެވެ.

"ސަރުކާރުގެ ފުރަތަމަ އަހަރު ނިމި ދިޔައީ ރައީސް މައުމޫންގެ ފަރާތްޕުޅުން ވަޑައިގެން ހުންނެވި ބޭފުޅަކު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، އެއީ ދަންތުރައެއް، ދުވަސްކޮޅެއް ނެގި އެ ދަންތުރައިން އަރައިގަތުމަށް،" އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ ސަލާމަތް ކުރެއްވީ މިހެން ވިދާޅުވަމުންނެވެ.

"އިރާދަކުރައްވައިގެން ހައުސިން މިނިސްޓަރު ބަދަލުވެއްޖެ، މިހާރު ރައީސް ސޯލިހުގެ ހައުސިން މިނިސްޓަރަކަށް އެ ހުންނެވީ އެމްޑީޕީގެ ހައުސިން މިނިސްޓަރު."

އެކަމުގައި އެމްއާރްއެމުން ނަޝީދާ ދެކޮޅަށް، ޕާޓީގެ ދިފާއުގައި އާތިފާގެ ވޯކް ރެކޯޑްގެ ސަފުހާއެއް ނެރެ ދައްކާލި އެވެ.

ނަޝީދާއި މައުމޫންއާ ދެމެދު ހިނގި މި ކުޑަ ކަމުން ވެސް ވާގޮތް ވަރަށް ސާފުވެ އެވެ. އެކަމަކު، މިހެން ކިހާ ދުވަހަކު ހެއްޔެވެ؟

ސަރުކާރުގެ ތެރޭގައި ތިބި ސަރުކާރު ޕާޓީ އާއި އިދިކޮޅު ޕާޓީތަކާ ހުރެ، ހަމަ ހެޔޮ އެއް ކަމެއް ވެސް ނުވާއިރު އޭގެ ހިތި ސަރުކާރުގެ އަރު ތެރޭގައި، އިހަށް ދުވަހު ބޭއްވި ކައުންސިލް އިންތިހާބުން ވަނީ ލާފަ އެވެ.

އިންތިހާބަށްފަހު ރައީސް ސޯލިހު ވަނީ ބޯހިޔާވަހިކަން ފަދަ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަންކަން ހާސިލްކޮށް ދިނުމުގައި ސަރުކާރުން ލަސްކަމާއި އެކަމުގައި ފެއިލްވަމުންދާ ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ. އަދި، ސަރުކާރުގައި ބަދަލުކުރަން ޖެހޭ ކަންކަން ގިނަ ކަމަށް ފާހަގަ ކުރެއްވި އެވެ.

"މިފަހަރު ލިބުނު ނާކާމިޔާބީގައި އޮންނާނެ ސަރުކާރުން ބަދަލު ކުރަން ކެހޭ ކަންކަން ވެސް،"

އެމްޑީޕީގެ ރައީސް ނަޝީދު ވެސް ގެންދަވަނީ މާލެން އެ ޕާޓީ ބަލިވި ސަބަބު ހޯދައި ދިރާސާ ކުރައްވަމުންނެވެ. އެމަނިކުފާނު ނެރުއްވާނެ އެންމެ ބޮޑު މައްސަަލައަކީ ކޯލިޝަން ކަމާއި ސަރުކާރުގެ ތެރޭގައި މި އޮންނަ އެއް ބަޔަކު އަނެއް ބަޔަކާ ޖެއްސުން ކުރުން ކަމުގައި ބޮޑަށް ބެލެވެ އެވެ. އެއީ، އެމަނިކުފާނަކީ މި ކޯލިޝަނާ މާ ހިތްހަމަޖެހިވަޑައިގަންނަވާ ބޭފުޅަކަށް ނުވާތީ ވެސް މެ އެވެ.

ކޯލިޝަންގެ ބޭފުޅުންގެ އަތުގައި ހިއްޕަވައިގެން ރަށްރަށަށް ރައީސް ސޯލިހު ކެމްޕެއިންގައި ހިންގަވަމުން ގެންދެވިއިރު ވެސް އެކަހަލަ ސަރުކާރެއް ނުހިންގޭނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވި އެވެ.

"އަޅުގަނޑުމެންގެ ރަހުމަތްތެރިކަމާއި ލޯތްބާ، އިހުތިރާމަކުން ކޯލިޝަނެއް ނުދެމެހެއްޓޭޭނެ،" ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ނަޝީދު ވިދާޅުވެފައިވެ އެވެ.

އަބަދުވެސް ކޯލިޝަން ދަމަހައްޓަވާނެ ކަމުގެ ވާހަކަ ކުރިއަށް ނެރުއްވާ ރައީސް ސޯލިހަށް ވެސް ސަރުކާރުގައި ބަދަލު ކުރަން ޖެހޭ ކަންކަން ހުރިކަން އެނގިވަޑައިގެންފައިވާއިރު އެކަމަށް ކިހާ ދުވަހެއް ނޫނީ އަހަރެއް ނަގާނެ ކަމެއް އެމަނިކުފާނު އާންމުކޮށް ކަންކަން ނިންމަވާ ސްޕީޑުން ބުނަން ދައްޗެވެ. އެކަމަކު، އަވަސް ހައްލެއް ނެތްނަމަ، ދެން އޮތް އިންތިހާބެއްގައި ލާނެ ރަހަ އެއަށް ވުރެ ހިތިވާނެ އެވެ.

ޔަގީނަށް ވެސް ކޮންމެ ވެސް ކޮޅެއްގައި ޖައްސަން ޖެހެ އެވެ. ވަގުތު އެބަ ހިނގަ އެވެ. ދައުރު ނިމެން ގާތްވަނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox