މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރަން ޗައިނާ އާއި އެމެރިކާ އެއް ގަލަކަށް

ޗައިނާގެ ސިޓީއެއްގެ ވައި ތަގައްޔަރުވެފައި. ޗައިނާ އާއި އެމެރިކާއިން އެއްބަސްވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރަން އެކުގައި މަސައްކަތް ކުރުމަށް.-- ފޮޓޯ: ރޮއިޓާޒް

ޗައިނާގެ ސިޓީއެއްގެ ވައި ތަގައްޔަރުވެފައި. ޗައިނާ އާއި އެމެރިކާއިން އެއްބަސްވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރަން އެކުގައި މަސައްކަތް ކުރުމަށް.-- ފޮޓޯ: ރޮއިޓާޒް

މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރަން ޗައިނާ އާއި އެމެރިކާ އެކުގައި އެހެން ގައުމުތަކާ އެކު މަސައްކަތް ކުރަން އެއްބަސްވެއްޖެ އެވެ.

އެގޮތަށް އެއްބަސްވެފައި ވަނީ ޗައިނާގެ ކްލައިމެޓް މަންދޫބު ޝީ ޒެންހުއާ އާއި އެމެރިކާ ކްލައިމެޓް މަންދޫބު ޖޯން ކެރީ މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ.

ދެ ގައުމުން އެކުގައި މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔެ ހިމާޔަތް ކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ މާއްދާތައް ބޭރު ކުރުން މަދު ކުރަން އަޅާނެ ވަކި ފިޔަވަޅުތަކާ މެދު އެއްބަސްވެފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންދަވަނީ ވާޗުއަލްކޮށް ބާއްވާ ބައިނަލްއަގްވާމީ ކްލައިމެޓް ސަމިޓަކަށް ތައްޔާރުވަމުންނެވެ. ޗައިނާއިން އެ ބުނީ އެ ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވާނެ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ އެ ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމެއް ސާފެއް ނޫނެވެ.

"އެމެރިކާ އާއި ޗައިނާއިން މި އޮތީ އެކުގައި އެހެން ގައުމުތަކާ އެކު މޫސުމީ ކާރިސާ ހައްލު ކުރަން މަސައްކަތް ކުރަން ތައްޔާރަށް. މިއީ ސީރިއަސްކަމާ އެކު ހަލުވި ދުވެލީގައި ކުރަން ޖެހޭ މަސައްކަތެއް،" ދެ ގައުމުގެ ޖޮއިންޓް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ޕެރިސް އެއްބަސްވުމުގެ ދަށުން ދުނިޔެ ހޫނުވާ މިންވަރު ކޮންޓްރޯލް ކުރަން ކަނޑައެޅި ޓާގެޓުތަކަށް ވާސިލްވާން ހުއްޓުމެއް ނެތި ދެ ގައުމުން މަޝްވަރާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުން ކާބަން މަދު ހަކަތައާ ގާތަށް ގެންދިޔުމަށް ފައިސާ ފޯރުކޮށްދޭން ވެސް އެމެރިކާ އާއި ޗައިނާއިން ނިންމާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ކްލައިމެޓް ސައިންސްވެރިން އިންޒާރު ދީފައިވާ ގޮތުގައި ދުނިޔެ ހޫނުވާ މިންވަރު ބަހައްޓަން ޖެހެނީ ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox