ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

Nov 5, 2026, 8:46 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ހޮންކޮންގުގެ ޑިމޮކްރަސީ ހަރަކާތުގެ އެންމެ އިސް އެކްޓިވިސްޓު، ޖޯޝުއާ ވޮންގް، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި 10 އަހަރަށް ޖަލަށްލުމަށް ކޯޓަކުން ހުކުމްކޮށްފި އެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވީ އެ ސިޓީގައި އަލަށް ތައާރަފުކުރި ގައުމީ ސަލާމަތާ ބެހޭ ހަރުކަށި ގާނޫނުގެ ދަށުންނެވެ.

ބެއިޖިންގެ ނުފޫޒު ހޮންކޮންގަށް ގަދަވަމުންދާތީ އެކަމާ ދެކޮޅަށް 2020 ވަނަ އަހަރު ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ތައާރަފުކުރި މި ގާނޫނުގެ ދަށުން، ވޮންގްގެ އިތުރުން އެތައް ސަތޭކަ އެކްޓިވިސްޓުންނާއި އާންމު ރައްޔިތުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނި ނަމަވެސް، ކަމާބެހޭ އިދާރާތަކުން ބުނަމުންދަނީ މިއީ ހަމަޖެހުން ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ގާނޫނެއް ކަމަށެވެ. އަދި މި ގާނޫނުގެ ސަބަބުން ހޮންކޮންގަށް ލިބިފައިވާ އަމިއްލަ އިސްތިގުލާލަށް އެއްވެސް އުނިކަމެއް ނާންނަ ކަމަށް ސަރުކާރުން ބުނެއެވެ.

ވޭތުވެދިޔަ ހަ އަހަރު ދުވަހު ޖަލުގައި ހޭދަކުރުމަށް ފަހު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގް، މި ހުކުމާއެކު އިތުރު 10 އަހަރު ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ.

މިދިޔަ މަހު 30 އަހަރު ފުރުނު ވޮންގް އަކީ ފުރާވަރު އުމުރުން ފެށިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުމުގެ ސަބަބުން މީގެ ކުރިން ވެސް އެތައް ފަހަރަކު ޖަލަށްލާފައިވާ މީހެކެވެ.

ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ކުށުގައި މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ވޮންގް، އަންނަ އަހަރުގެ ކުރީކޮޅު މިނިވަންވާން އޮތް ނަމަވެސް، އޭނާގެ މައްޗަށް މި ފަހުން ކުރި ދައުވާތަކަށް މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

ބުރާސްފަތި ދުވަހު ފަނޑިޔާރު ވިދާޅުވި ގޮތުގައި، އަލަށް އިއްވި 10 އަހަރުގެ ހުކުމުގެ ތެރެއިން ދެ މަހާއި ދެ ދުވަސް ހިނގާނީ މިހާރު އޭނާ ތަންފީޒު ކުރަމުންދާ ހުކުމާ އެކުގަ އެވެ.

ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ވޮންގް ވަނީ އަމިއްލައަށް އަރުވާލެވިގެން އުޅޭ އެކްޓިވިސްޓް ނޭތަން ލޯ ފަދަ އެހެން ފަރާތްތަކާ ގުޅިގެން، ބޭރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި ވަކާލާތުކޮށްފަ އެވެ.

ކޯޓަށް ހުށަހެޅި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ހަރަކާތްތައް ހިންގާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ވޮންގް އާއި ލޯ އަކީ މިހާރު އުވާލާފައިވާ ޑިމޮކްރަސީއަށް ވަކާލާތުކުރާ ސިޔާސީ ޕާޓީއެއް ކަމަށްވާ "ޑެމޯސިސްޓޯ" އުފެއްދި ދެ ބާނީންނެވެ.

ވޮންގްގެ މައްޗަށް ކުރި މި ހުކުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ، މިއީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އިސް ފަރާތްތަކަށް އޮތް ބިރުވެރިކަން ހާމަވާ ކަމެއް ކަމަށާއި، އެފަދަ މީހުން ވީހާވެސް ގިނަ ދުވަހު ޖަލުގައި ބޭތިއްބުމަށް ސަރުކާރުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން މިކަމުން އެނގޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox